މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންތަކެއް: ކޮމަންވެލްތު ސްކޮލަޝިޕަށް މިހާރު ވަނީ ހުޅުވާލާފައި (ފޮޓޯ/ ހަޔާ އެޑިއުކޭޝަން)

މަތީ ތައުލީމު

ކޮމަންވެލްތު ސްކޮލަޝިޕަށް ފޯމު ހުށަހަޅަން ފުރުސަތު ހުޅުވާލައިފި

ކޯސް ހުޅުވާލާފައިވަނީ މާސްޓާސް ޑިގްރީއަށް ކިޔެވުމަށް
14 ސެޕްޓެމްބަރު 2023

އިނގިރޭސިވިލާތުގައި މަތީ ތައުލީމް ހާސިލް ކުރުމަށް، ކޮމަންވެލްތު ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ބުނި ގޮތުގައި، އަންނަ އަހަރު ކިޔެވުމަށް ހުޅުވާލާފައިވަނީ މާސްޓާސް ޑިގްރީގެ ދެ ކޯހެވެ.

ތަފްސީލު - ސްކޮލަޝިޕްގެ ޝަރުތުތައް:

  • ހުށަހަޅާ ކޯހަކާ ގުޅޭ ދާއިރާއަކުން ބެޗްލާސް ޑިގްރީ ހާސިލުކޮށްފައިވުން

  • ކޮމަންވެލްތު ސްކޮލަޝިޕް ކޮމިޝަން (ސީއެސްސީ)ގެ ވެބްސައިޓުގައި ކޯހާ ގުޅޭ ގޮތުން އިތުރު ޝަރުތެއްވާ ނަމަ، އެ ފުރިހަމަވެފައިވުން

  • މަތީ ތައުލީމް ހާސިލް ކުރުމަށް ސަރުކާރުން ދޫކޮށްފައިވާ ލޯނެއް ނަގާފައިވާ ނަމަ، ގަވައިދުން އެ ދައްކަމުން ގެންދިޔުން

  • އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަށް ވުރެ މަތީ ކޯހަކަށްވުން އަދި އެ ފެންވަރުގެ ކޯހެއް ދައުލަތުގެ ހަރަދުގައި މިހާރު ފުރިހަމަ ކުރަމުން ނުދިޔުން

ހަޔާ އެޑިއުކޭޝަނުން ބުނި ގޮތުގައި، ކޯހުގެ ފުރުސަތު ދިނުމުގައި އެންމެ ފުރަތަމަ އިސްކަން ދޭނީ، އެކަޑަމިކް މެރިޓް ޕޮއިންޓް އިން އެންމެ މަތިން ލިބޭ މީހަކަށެވެ. އަދި ޕޮއިންޓުން އެއްވަރު ވެއްޖެ ނަމަ، ދެން ބަލާނީ މަތީ ސެޓްފިކެޓް ހާސިލް ކުރުމަށް ފަހު، ރާއްޖެއަށް ހިދުމަތްކޮށްފައިވާ މުއްދަތަށް ކަމަށް ވެސް އިއުލާނުގައި ބުންޏެވެ.

ކޯހަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ސަރުކާރުން ނޮމިނޭޓް ކުރާ ކެންޑިޑޭޓުންގެ ތެރެއިން ފުރުސަތު ދޭނީ، ސްކޮލަޝިޕް އިންތިޒާމް ކުރާ ފަރާތްތަކުން ކަމަށް ހަޔާ އެޑިއުކޭޝަނުން ބުނެ އެވެ.

އެ ތަނުން ބުނި ގޮތުގައި:

އިތުރު އާޓިކަލް

އިތުރު އާޓިކަލް