ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒު އިންތިހާބުގެ ނަތީޖާއަށް ފަހު ޕީޕީއެމް އޮފީސް ސަރަހައްދުގައި (ދައުރު ފޮޓޯ/ސުނެއިން)
ވަގުތީ ނަތީޖާ: މުއިއްޒު ލައްކައަކަށް ވުރެ ގިނަ ވޯޓް ހޯއްދަވައިފި
މިއީ އުންމީދުކުރި ވަރުގެ ނަތީޖާއެއް: މުއިއްޒު
އިންތިހާބުގެ ކާމިޔާބީއަށް ފަހު މުއިއްޒު ވިދާޅުވީ އިންތިހާބުގެ ނަތީޖާއާ މެދު ހިތް ހަމަ ޖެހޭ ކަމަށާއި މިއީ އުންމީދު ކުރި ނަތީޖާއެއް ކަމަށް. އޭނާ ވިދާޅުވީ ދެވަނަ ބުރުގައި އަދި ވަކި ބަޔަކާ ކޯލިޝަން ހަދަން ނުނިންމާ ކަމަށާއި އެކަމާ މެދު ލީޑަޝިޕްގައި މަޝްވަރާކޮށް ގޮތެއް ނިންމާނެ ކަމަށް.
މުއިއްޒު ލައްކައަކަށް ވުރެ ގިނަ ވޯޓް ހޯއްދަވައިފި
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރެއްގައި ލައްކައަކަށް ވުރެ ގިނަ ވޯޓް ހޯއްދެވި ފުރަތަމަ ކެންޑިޑޭޓަކަށް ޕީޕީއެމް-ޕީއެންސީއިން ވާދަކުރެއްވި ޑރ. މުހައްމަދު މުއިއްޒު ވެއްޖެ. ދައުރުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން 570 ވޯޓް ފޮށީގެ ނަތީޖާއަށް ބަލާއިރު މުއިއްޒު މިހާރު ވެސް ވަނީ 100،730 ވޯޓް ހޯއްދަވާފައި. އެއީ މިހާތަނަށް ގުނުނު ވޯޓްގެ %46.11.
ނަތީޖާތައް ބެއްލެވުމަށް - https://dhauru.com/elections/vote23/results
މުއިއްޒު ކުރީގައި އޮވެ ދެވަނަ ބުރަކަށް
އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެރިކަން ކުރާ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް 11،133 ވޯޓުން ކުރި ހޯއްދަވައި ދެވަނަ ބުރަކަށް ދާނޭކަން މިހާރު ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކައިފި. ދައުރަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި 490 ފޮށީގެ ނަތީޖާ ލިބުނުއިރު:
-
މުއިއްޒު ވަނީ 82،017 ވޯޓް ހައްދަވާފައި (%45.77)
-
ރައީސް ސޯލިހު 70،884 ވޯޓް ހޯއްދަވާފައި (%39.56)
ތިން ވަނަ އަށް ގޮސްފައި ވަނީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް. މިހާތަނަށް ސާފުވި ނަތީޖާތަކުން އޭނާ ވަނީ 12،448 (%6.82) ވޯޓް ހޯއްދަވާފައި.
މި ނަތީޖާތަކުން މިހާރު ގާތްގަނޑަކަށް ޔަގީން ކުރެވޭ ގޮތުގައި ދެވަނަ ބުރަކަށް ދާނެ. އެއީ އެއްވެސް ކެންޑިޑޭޓަކަށް ވޯޓްގެ %50 ނުހޯއް ދެވޭނެތީ. އެހެންވެ، ދެވަނަ ބުރުގައި ވާދަކުރައްވާނީ މުއިއްޒާއި ރައީސް ސޯލިހު.
މިއީ އެންމެ މަދުން ވޯޓުލީ ރިޔާސީ އިންތިހާބު: އީސީ
މި އަހަރުގެ އިންތިހާބުގައި ވޯޓުލީ މީހުންގެ ނިސްބަތަކީ އެންމެ ގިނަވެގެން ވެސް %75 ކަމަށް އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޒަކަރިއްޔާ ހަސަން ދެންމެއަކު ވިދާޅުވެއްޖެ އެވެ. މިއީ ރިޔާސީ އިންތިހާބުތަކުގެ ތާރީހުގައި ވެސް މިހާ މަދު އަދަދެއްގެ މީހުން ވޯޓުލީ ފަހަރު ކަމަށް އޭނާ ވިދާޅުވި. މި އިންތިހާބުގައި ޖުމްލަ 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނު.
Results as of 5:40pm.
— Dhauru (@Dhaurunews) September 9, 2023
Follow the latest results: https://t.co/4RcPZ5JKF5 pic.twitter.com/soiPjAMGS1
Counting is underway after Maldivians voted in the presidential election held on Saturday.
— Dhauru (@Dhaurunews) September 9, 2023
Follow the latest results of the election here: https://t.co/4RcPZ5JKF5 pic.twitter.com/2HMe9PxqIr
އައްޑޫ ހިތަދޫގެ ވޯޓް ފޮށިތައް ގުނަނީ
އައްޑޫ ހިތަދޫގައި ބަހައްޓާފައިވާ ހުރިހާ ވޯޓް ފޮށިތަކެއް ބަންދުކޮށް ގުނަން ފަށައިފި.
މަޖީދިއްޔާ ސްކޫލުގައި ބަހައްޓާފައި ހުރި ހުރިހާ ފޮއްޓެއް ބަންދުކޮށް، ވޯޓު ގުނަން ތައްޔާރުވެއްޖެ.
ދައުރުގެ ނަތީޖާ ވަގުތުން
ދައުރުން އިންތިހާބުގެ ވަގުތީ ނަތީޖާ ވަގުތުން ފެންނާނެ. މި ލިންކް ބަލައިލާ https://dhauru.com/elections/vote23/results
Maldivians voted on Saturday for their next leader. We’ll be bringing the latest results of the election as it unfolds: https://t.co/4RcPZ5JKF5 pic.twitter.com/dMsACyKltm
— Dhauru (@Dhaurunews) September 9, 2023
ޖަމާލުއްދީން ސްކޫލްގައި ބެހެއްޓި ބައެއް ފޮށިތަކުގައި މިހާރު ވަނީ ވޯޓް ގުނަން ފަށާފައި.
ދަރަމަވަންތަ ސްކޫލުގެ ކިއު 4 ޖެހުމާ އެކު ބަންދުކުރުމުން ހަމަނުޖެހުން ހިނގައިފި.
އީސީގެ އޮފިޝަލުން ބުނަނީ ކިއު ބަންދުވިއިރު ބޭރުގައި ކިއު ނެތް ކަމަށް. އަދި ސްކޫލުން ބޭރުގައި ތިބުމަކީ ކިއުގައި ޖެހުމެއް ނޫން ކަމަށް. މިހާރު މީހުންނަށް ނުވަދެވޭ ގޮތަށް ސްކޫލުގެ ދޮރާށި ވަނީ ބަންދުކޮށްފައި.
އެތެރެއަށް މީހުން ވަންނަން މަސައްކަތް ކުރާތީ، ވޯޓުލީ މީހުން ނެރެމުންދަނީ ފުލުހުންގެ އެހީތެރިކަމާ އެކު.
ދޮރާށި ދޮށުގައި ގިނަ ބަޔަކު ހިތްހަމަނުޖެހުން ފާޅުކުރަމުން އެބަދޭ.
ކިޔު ބަންދުކުރި ފަހުން ކިޔުއަށް މީހުން އަރައިގެން ހަމަނުޖެހުން
ވޯޓްލުމުގެ ކަންކަން ހިނގާ އަމީނިއްޔާ ސްކޫލް އަދި ބިލަބޮންގް ސްކޫލް ކައިރީގައި ބައެއް ހަމަނުޖެހުންތައް އަންނަނީ ހިނގަމުން. މައްސަލައަކަށް ވަނީ ކިޔު ބަންދުކޮށްފައި ވަނިކޮށް ބަޔަކު ކިޔުއާ ގުޅުނު ކަމަށް ބުނެ. އެގޮތުން އަމީނިއްޔާ ކައިރީ މާރާމާރީއެއް ވެސް ވަނީ ހިނގާފައި.
ބައެއް މަރުކަޒުތަކުގައި ވޯޓް ގުނަން ތައްޔާރުވަނީ
ބައެއް ވޯޓްލާ މަރުކަޒުތަކުގައި ވޯޓްލުން އެއްކޮށް ނިމި ފޮށިވެސް ބަންދުކޮށް ވޯޓް ގުނުމުގައި އަމަލުކުރާނޭ ގޮތްތައް އޮބްޒާވަރުންނާއި މޮނީޓަރުންނަށް އީސީގެ އޮފިޝަލުން އަންނަނީ މިހާރު ކިޔައިދެމުން.
ކިޔު ބަންދުކޮށްފި؛ މުއްދަތު އިތުރެއް ނުކުރާނެ
4 ޖެހުމާ އެކު ވޯޓް ކިޔުތައް ބަންދުކޮށްފި. އީސީއިން ވަނީ ވޯޓް ކިޔުއަށް އަރަން އޮތް ވަގުތު އިތުރު ނުކުރާނޭ ކަމަށް ބުނެފައި. 4 ޖެހިއިރު ކިޔުގައި ތިބި މީހުން ނިމެންދެން ވޯޓްލުން ކުރިއަށް ދާނެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ:
އިންތިހާބު ވޯޓުލުން ހަވީރު 4:00 ގައި ނިމޭނެ. 4 ގެ ކުރިން ކިއޫގައި ތިބި މީހުންނަށް ވޯޓުލުމުގެ ފުރުސަތު ލިބޭނެ. 4 ގެ ފަހުން ކިޔޫ އަށް ނޭރޭނެ. ވޯޓުލުމުގެ ވަގުތު އިލެކްޝަންސް ކޮމިޝަނުން އިތުރު ނުކުރާނެ.
ވޯޓް ކިޔު ބަންދުކުރަން މަދު މިނެޓް ކޮޅެއް
ވޯޓް ކިޔު ބަންދުކުރަން 15 މިނެޓް ދެން އޮތްއިރު ގިނަ ބަޔަކު ވޯޓްލާން ނިކުންނަ މަންޒަރު އެބަ ފެނޭ. އެގޮތުން ގިނަ ވޯޓް ސެންޓަރުތަކެއް ހުރި އަމީނީ މަގުގައި ވަރަށް ބާރު ބޮޑު. އެ ސަރަހައްދުގައި ހުރި ވޯޓިން ސްޓޭޝަންތަކުގައި ވަނީ މިހާރު ކިޔުތައް ވެސް ދިގުވެފައި.
2 ޖެހުމާ ހަމައަށް ވޯޓްލީ %58.42 މީހުން
މިއަދުގެ 2 ޖެހުމާ ހަމައަށް ވޯޓްލާފައިވަނީ 164،981 މީހުން ކަމަށް އިލެކްޝަންސްއިން ދެންމެ ހާމަކޮށްފި. އެއީ ވޯޓްލުމުގެ ހައްގު ލިބިގެންވާ މީހުންގެ %58.42. އެއީ މިދިޔަ 2018 ވަނަ އަހަރުގެ އިންތިހާބާ އަޅާބަލާއިރު މަދު އަދަދެއް.
ހުޅުމާލޭ ދެވަނަ ފޭސްގެ ވޯޓްލުމުގެ އިންތިޒާމްތަކާ މެދު ޝަކުވާ
ހުޅުމާލޭ ދެވަނަ ފޭސްގައި މިފަހަރު ފުރަތަމަ ފަހަރަށް ވޯޓްލާއިރު ވޯޓްލުން ކުރިއަށް ދަނީ ހިޔާ ފްލެޓް ސަރަހައްދުގައި ހުރި ކާމިލް ދީދީ ޕްރީން ސްކޫލްގައި. އެތަނުގެ އިންތިޒާމްތައް ހުރި ގޮތުން ވަރަށް ކިޔު ދިގު އަދި ގިނަ ބަޔަކު ވަނީ ވޯޓްލާން ކޮޅަށް ތިބެން ޖެހިފައި. އޭގެ ތެރޭގައި ދުވަސްވީ މީހުން ވެސް އެބަ ތިބި. އަދި އެތަނުގައި ހުރި ވޯޓް ފޮށިތަކުގެ ތަފްސީލްތައް ރަނގަޅަށް ފެންނާނެހެން ބަހައްޓާފައި ނެތުމުން މީހުންނަށް ދަނީ އޮޅުން އަރަމުން.
6 މީހަކު ހައްޔަރުކޮށް 4 މީހުން ދޫކޮށްލައިފި
ފުލުހުން ބުނީ، ވޯޓާ ގުޅުންހުރި އެކި ކަންކަމުގައި 6 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ކަމަށް، އެކަމަކު އޭގެ ތެރެއިން 4 މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށް. ފުލުހުންގެ ބެލުމުގެ ދަށުގައި ބާކީ ތިބި ދެ މީހުންގެ ކަންކަން އިތުރަށް ބަލަމުންދާ ކަމަށް ވެސް ބުނެފައިވޭ.
މެންދުރު ފަހު 1 ޖެހުމާ ހަމައަށް ވޯޓުލީ 135،422 މީހުން ނުވަތަ ވޯޓުލެވޭ އާބާދީގެ %47.95 ކަމަށް އީސީން ބުނެފި.
ރިޔާސީ އިންތިޚާބު 2023 ގެ 13:00 އާ ހަމައަށް ވޯޓުލާފައިވާ މީހުންގެ ނިސްބަތް pic.twitter.com/Ha4RJTyxqB
— Elections Commission (@ElectionsMv) September 9, 2023
ޖަލުގައި ވޯޓްލުން އަމާންކަމާ އެކު ކުރިއަށް
ޖަލު ކޮމިޝަނަރު އަހުމަދު މުހައްމަދު ފުޅު (ދޮނާ) ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަލުތަކުގައި ވޯޓްލުމުގެ ކަންކަން އަމާންކަމާއި އޮމާންކަމާ އެކު ކުރިއަށްދާ ކަމަށް.
ރިޔާސީ އިންތިޙާބުގެ ވޯޓުލުމުގެ ކަންކަން ޖަލުތަކުގައި ކުރިއަށްދަނީ ވަރަށް އަމާންކަމާއިއެކު، މިހާތަނަށް ގިނަ އަދަދެއްގެ ޤައިދީންނާއި ބަންދުމީހުން ވޯޓް ލާފައިވާކަން ފާހަކަގަކުރަން.#operationunlock#ElectionMV2023 pic.twitter.com/AlfCmBow8m
— Ahmed Mohamed (@ahumadhumohamed) September 9, 2023
އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ: ރަސްދޫގައި ދެ އޮބްޒާވަރުން ވަކި ކުރީ ސިޔާސީ ހަރަކާތެއްގައި ބައިވެރިވި ކަމަށް، ކޮމިޝަނުން ބެލި ބެލުމުން ފާހަގަކުރެވުމުން. އެ ރަށުގައި މައްސަލަ ޖެހި، ވޯޓުލުން މެދުކަނޑާލަން ޖެހުނީ އެކަމުގެ ސަބަބުން.
މިހާތަނަށް ލިބުނީ 14 ޝަކުވާ: އީސީ
އީސީގެ ޕްރެސް ކޮންފަރެންސް: ކޮމްޕްލެއިންޓްސް ބިއުރޯއަށް 14 ޝަކުވާއެއް މިހާތަނަށް ހުށަހަޅާފައިވޭ. އޭގެ ތެރޭގައި ފޮޓޯ/ވީޑިއޯ ނަގާ ކަމުގެ ޝަކުވާ އާއި ބޫތު ހުންނަ ގޮތުން ފާހަގަ ފެންނަ ކަމުގެ ޝަކުވާ ހިމެނޭ.
އީސީގެ ޕްރެސް ކޮންފަރެންސް: ވޯޓު ބޫތު ހުންނަ ގޮތުން ވޯޓުގެ ސިއްރުކަން ގެއްލޭ ކަމުގެ ޝަކުވާ ލިބޭ ކަމަށް ހަބީބު ވިދާޅުވި. އޭނާ ވިދާޅުވީ ބޫތު ބަހައްޓާ ގޮތް ބަދަލުކުރީ އިންތިހާބަށް ލަފާ ދޭ ކޮމެޓީގެ އިއްތިފާގުން ކަމަށް. ބައެއް މަރުކަޒުތަކުގެ ޖާގަ ކުޑަކަމުން ފާހަގަ ބަލަން އުޅެފި ނަމަ، ފެންނާނެ ކަމަށާއި، ނަމަވެސް އެ ގޮތަށް މީހަކު ވޯޓުލާ ގޮތް ބަލަން އުޅުމަކީ ކުށެއް ކަމަށް ހަބީބު ވިދާޅުވި.
މެންދުރު 12 ޖެހުމާ ހަމައަށް ވޯޓުލީ 112،250 މީހުން ނުވަތަ ވޯޓުލެވޭ އާބާދީގެ %39.75 ކަމަށް އީސީން ބުނެފި.
އިލެކްޝަންސް ކޮމިޝަނުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް ފަށައިފި. މި ނޫސްވެރިންގެ ބައްދަލުވުމުގައި، އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ވޯޓުލުން ކުރިއަށް ދަނީ އަމާންކަމާ އެކު. ނަމަވެސް، ތުޅާދޫގައި ވޯޓުލާން ދިޔަ މީހަކު ފޮޓޯ ނެގި ކަމުގެ މައްސަލައެއް ފެންމަތިވި ކަމަށް.
Polling in Maldives presidential began at 8am and will go on until 4pm across the archipelago, and five countries, which are home to substantial Maldivian communities. Incumbent President Ibrahim Mohamed Solih faces stiff competition from seven other candidates.
— Dhauru (@Dhaurunews) September 9, 2023
More:… pic.twitter.com/mGfdDdKYIr
އއ. ރަސްދޫގައި ޖެހުނު މައްސަލަ ހައްލުކޮށް، ވޯޓުލުން އަލުން ފަށައިފި. ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ ޕީޕީއެމްގެ އިންތިހާބީ އޮފިޝަލުން 'އުސޫލާ ހިލާފަށް' ބޭރު ކުރި ކަމަށް ބުނެ، ޕީޕީއެމް ސަޕޯޓަރުން ގޮސް އެ ރަށުގައި ވޯޓުލުން ހުއްޓުވި.
އެ މީހަކު ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ފޮށި އީސީގެ ވެބްސައިޓުން ބަލާލެވޭނެ އެވެ. އޭގެ އިތުރުން،
— Dhauru (@Dhaurunews) September 9, 2023
އެސްއެމްއެސްކޮށްގެން - ވީއާރު (ސްޕޭސް) އައިޑީ ކާޑު ނަންބަރު؛ ފޮނުވާނީ 1414އަށް.
އިތުރަށް ކިޔާލަން: https://t.co/vbyr0NSe6M pic.twitter.com/sCUN70zMun
ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވަނީ ވޯޓުލައްވާފައި.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވޯޓުލައްވައިފި. އެ މަނިކުފާނު ވޯޓުލެއްވީ އަމީނިއްޔާ ސްކޫލަށް.
ހުޅުމާލޭގެ ކާމިލް ދީދީ ޕްރީސްކޫލުގައި ހުރި ވޯޓު ފޮއްޓަކަށް ވޯޓު ލާން ދިޔަ މީހެއްގެ ނަން ލިސްޓުގައި ނެތް ކަމަށް ބުނެ އަޑުގަދަކުރަން ފެށުމުން ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސްފައިވޭ. ފުލުހުން ބުނަނީ އޭނާ މިހާރު ދޫކޮށްލާފައިވާ ކަމަށް.
ބައެއް ތަންތަނުގައި ކިޔޫ ދިގުވެ ޝަކުވާ
ވޯޓްލާ ބައެއް މަރުކަޒުތަކުގައި ކިޔޫތައް ވަރަށް ދިގު. ގިނައިރު ކިޔޫގައި ތިބެން ޖެހޭތީ އެކަމުގެ ސަބަބުން ދުވަސްވީ މީހުންނާއި ބައެއް އާންމުންގެ ޝަކުވާތައް އެބަހުރި. ކިޔު ދިގުވާ ސަބަބު އީސީއިން އަދި ސާފެއް ނުވޭ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވޯޓުލައްވައިފި. އެ މަނިކުފާނު ވޯޓުލެއްވީ އިސްކަންދަރު ސްކޫލުގައި ބަަހައްޓާފައި ހުރި ފޮއްޓަކަށް.
އިންތިހާބުގެ ކަންކަން ޖުމްލަކޮށް ރަނގަޅު: ޓްރާންސްޕޭރެންސީ
ވޯޓުލުން ފެށިގެން ކުރިއަށްދާ ގޮތަށް ބަލައި މިހާތަނަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް)ގެ އޮބްޒާވަރުންނަށް ފާހަގަކުރެވޭ ކަންކަމާ ބެހޭ ގޮތުން އެ ޖަމިއްޔާއިން ނޫސްބަޔާނެއް ނެރެފި. ޓްރާންސްޕޭރެންސީން ބުނެފައިވާ ގޮތުގައި ޖުމްލަ ގޮތެއްގައި ވޯޓު ލުމުގެ ކަންކަން ކުރިއަށް ދަނީ ރަނގަޅަށް. އެގޮތުން:
-
ހުރިހާ މަރުކަޒެއްގައި 9 ޖަހަންވާއިރަށް ވޯޓުލުން ފެށިފައިވޭ؛ %86 މަރުކަޒުތަކުގައި ފަށަން ކަނޑައަޅާފައިވާ ގަޑީގެ 10 މިނެޓު ތެރޭ ވަނީ ވޯޓުލުން ފެށިފައި
-
ހުރިހާ ވޯޓުލާ މަރުކަޒެއްގައި ހެން ހާޒިރުވެ ތިބެން ޖެހޭ އޮފިޝަލުން ތިބީ ހާޒިރުވެ
-
ވޯޓުލުމަށް ބޭނުންވާ ތަކެތި ހުރިހާ މަރުކަޒެއްގައި ހަމައަށް ހުރި؛ ވޯޓު ލުން ފެށުމުގެ ކުރިން ވޯޓު ކަރުދާސް ގުނާ ހަމަަކޮށް، ވޯޓު ފޮށިތައް ހުސްކަން ޔަގީން ކުރެވުނު
-
ކެންޑިޑޭޓުންގެ މަންދޫބުން ހުރިހާ މަރުކަޒުތަކެއްގައި ހާޒިރުވެ ތިބި
-
96% މަރުކަޒުތަކުގައި ފުލުހުން ހަރަކާތްތެރިވަމުން ދިޔައީ ވޯޓުލާ ސަރަހައްދުން ބޭރުގައި
-
97% ވޯޓު ފޮށި ތައްޔާރު ކޮށްފައިވަނީ ވޯޓުގެ ސިއްރުކަން ކަށަވަރުވާ ގޮތަށް
ޓްރާންސްޕޭރެންސީން ބުނި ގޮތުގައި ވޯޓުގެ ސިއްރުކަން ކަށަވަރު ނުވާ ކަމަށް މިހާތަނަށް % 3 ވޯޓު މަރުކަޒުން ރިޕޯޓު ކުރެވިފައިވޭ؛ އެ ފޮށިތައް ޓްރާންސްޕޭރެންސީން ގާތުން ބަލަމުންދާ ކަމަށް އެ ޖަމިއްޔާ އިން ބުނި
ރާއްޖޭގެ އެކި ކަންކޮޅުތަކާއި ޖަލުތަކުގެ އިތުރުން ލަންކާ އަދި މެލޭޝިއާގައި ޓްރާންސްޕޭރެންސީގެ 400 އެއްހާ އޮބްޒާވަރުން އަންނަނީ ހަރަކާތްތެރިވަމުން.
'އެމްޑީޕީއިން ފައިސާއެއް ނުބަހާނެ'
އެމްޑީޕީއިން ވޯޓަށް ނުފޫޒު ފޯރުވުމަށް ފައިސާ ބަހާ ކަމަށް ނޫސްވެރިއަކު ސުވާލު ކުރެއްވުމުން ރައީސް ސޯލިހު ވިދާޅުވީ އެފަދަ ކަމެއް އެމްޑީޕީއިން ނުކުރާނޭ ކަމަށާއި އެ ތުހުމަތަކީ ދޮގެއް ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް.
'މިއީ ދުވަހަކު ނުބޭއްވޭހާ އޮމާން އިންތިހާބެއް'
ވޯޓްލެއްވުމަށް ފަހު މީޑިއާތަކާ ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ މިފަހަރުގެ ރިޔާސީ އިންތިހާބަކީ ރާއްޖޭގައި މިއިން ދުވަހަކު ނުބާއްވާ ވަރުގެ ސުލްހަވެރި އޮމާން އަދި މިނިވަންކަމާ އެކު ބޭއްވޭ އިންތިހާބެއް ކަމަށް. އަދި ހުރިހާ ފަރާތްތަކުން ވެސް އިންތިހާބުގައި ވޯޓްލާން ނުކުމެ ފަރުދީ ހައްގު ސުލްހަވެރިކަމާއި އޮމާންކަމާ އެކު އަދާކުރެއްވުމަށް ރައީސް ގޮވާލެއްވި.
މިއީ ދުވަހަކު ނުބޭއްވޭހާ އަމާން އޮމާންކަމާ އެކު ކުރިއަށްދާ އިންތިހާބެއް
ރައީސް ސޯލިހު ވޯޓް ލައްވައިފި
ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ފަޜާތުން ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު 10:45 އެހާކަން ހާއިރު ވޯޓު ލައްވައިފި. އެ މަނިކުފާނު ވޯޓު ލެއްވީ ޅ. ހިންނަވަރު މީހުން މާލޭގައި ވޯޓް ލުމަށް ކަނޑައަޅާފައިވާ ޖަމާލުއްދީން ސްކޫލަށް.
ރަސްދޫ ފޮއްޓަކަށް ވޯޓުލުން ހުއްޓުވައިފި
ރަސްދޫ ވޯޓު ފޮއްޓެއްކައިރީގައި ތިބި އިދިކޮޅު ޕީޕީއެމްގެ މަންދޫބުން، "އުސޫލާ ހިލާފަށް" އެ ތަނުން ދުރަށް ޖެއްސި ކަމަށް ތުހުމަތުކޮށް، އެ ރަށު ވޯޓު ފޮއްޓަކަށް ވޯޓުލުން ޕީޕީއެމް އިން ހުއްޓުވައިފި.
ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ކަލާފާނު ސްކޫލުގައި ހުރި ވޯޓުލެއްވުން.
— Dhauru (@Dhaurunews) September 9, 2023
އިތުރަށް ކިޔާލަން: https://t.co/iJ58IpAjVf pic.twitter.com/qodUWzcgXA
އެމްއެންޕީގެ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވެސް ވަނީ ވޯޓުލައްވާފައި.
އޮބްޒާވްކުރުމުގެ ކަންކަން ކުރިއަށް ދަނީ ވަރަށް އޮމާންކޮށް: އީޔޫ
އީޔޫ ވަފްދުގެ ޗީފް އޮބްޒާވަރު ނާޗޯ ސަންޗޭޒް އަމޯ ވަނީ މާފަންނު މަދަރުސާގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އިންތިހާބު އޮބްޒާވް ކުރުމުގެ މަސައްކަތާ ގުޅޭ ގޮތުން ވާހަކަދައްކަވާފައި. އޭނާ ވިދާޅުވި ގޮތުގައި:
-
މާލެ ސަރަހައްދާއި ރާއްޖޭގެ އެކި އަތޮޅުތަކުގައި އީޔޫގެ ޖުމްލަ 40 އޮބްޒާވަރުން މިއަދު ހަރަކާތްތެރިވަމުން އެބަދޭ
-
މިހާތަނަށް އޮބްޒާވް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ ވަރަށް އޮމާންކޮށް، އެއްވެސް މައްސަލައެއް ކުރިމަތި ނުވެ
-
ވީހާ ވެސް ރަނގަޅަށް އިންތިހާބުގެ ކަންކަން ކުރިއަށް ދާ ގޮތް ދެނެގަތުމަށްޓަކައި ކޮންމެ އިންތިހާބީ މަރުކަޒެއްގައި އޮބްޒާވަރުން މަދުވެގެން 30 މިނެޓު ހޭދަކުރާނެ
-
40 މެމްބަރުންގެ ބޮޑު ޓީމަކުން ރާއްޖޭގެ ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އިންތިހާބާ ގުޅޭ ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޗީފް އޮބްޒާވަރު ވިދާޅުވީ، އެހާ ގިނަ އަދަދެއްގެ އޮބްޒާވަރުން ހަރަކާތްތެރިވަމުން އައުމަކީ އީޔޫގެ "ކޮމިޓްމަންޓް" ދައްކުވައިދޭ ކަމެއް ކަމަށާއި އެއީ ރާއްޖޭގެ އިންތިހާބާ ގުޅިގެން ހުރި ކަންބޮޑުވުންތައް ދައްކުވައިދޭ އަދަދެއް ނޫން ކަމަށް
-
އިންތިހާބާ ގުޅިގެން މިހާތަނަށް ފާހަގަކުރެވިފައިވާ އެއްވެސް ކަމަކާ ގުޅިގެން ވާހަކަ ދައްކަން އުޒުރުވެރިވެވަޑައިގެން ޗީފް އޮބްޒާވަރު ވިދާޅުވީ އީޔޫގެ ވަފުދަށް ފާހަގަކުރެވޭ ކަންކަން ހާމަކުރާނީ ހޯމަ ދުވަހު 2 ޖަހާއިރު ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަމަށް
10 ޖެހުމާ ހަމައަށް ވޯޓުލީ %12.81 މީހުން: އީސީ
މިއަދު ހެނދުނު 10 ޖެހުމާ ހަމައަށް 36،163 މީހުން ނުވަތަ
އަމިއްލަ ގޮތުން ވާދަކުރައްވާ ފާރިސް މައުމޫން ވޯޓުލައްވަން އަމީނިއްޔާ ސްކޫލަށް ވަޑައިގެންފި.
ކެމެރާ ޒޫމްކޮށްގެން ވޯޓުކަރުދާސް ފޮޓޯ ނެގުމުގެ މައްސަލަތަކެއް
މޮނީޓަރު ފާސް އޮތް ފަރާތްތަކުން ކެމެރާ ޒޫމްކޮށްގެން ވޯޓުކަރުދާސް ފޮޓޯ ނެގުމަކީ ގާނޫނީ ކުށެއް ކަމަށާއި މިކަން މިގޮތަށް ކުރާ ނަމަ، ފާސް އަތުލުމަށް ފަހު ވޯޓުލާ މަރުކަޒުން ބޭރުކުރާނޭ ކަމަށް ބުނެ، ކޮމިޝަނުން ދާދި ދެންމެއަކު އިންޒާރު ދީފި.
ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ވޯޓުލެއްވުމަށް ކަލާފާނު ސްކޫލަށް ވަޑައިގެންފި.
ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވޯޓުލެއްވުމަށް ކަލާފާނު ސްކޫލަށް ހިންގަވާފައި ވަޑައިގަންނަވަނީ. އޭނާއާ އެކު، ޑިމޮކްރެޓްސްގެ ބާނީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަޑައިގަންނަވާ.
— Dhauru (@Dhaurunews) September 9, 2023
ލައިވް: https://t.co/iJ58IpAjVf pic.twitter.com/AGc8Pc4KB8
ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވޯޓުލެއްވުމަށް ކަލާފާނު ސްކޫލަށް ހިންގަވާފައި ވަޑައިގަންނަވަނީ. އޭނާއާ އެކު، ޑިމޮކްރެޓްސްގެ ބާނީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަޑައިގަންނަވާ.
ވޯޓު ލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން، މައި އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަނީ ހަވީރު ވަންދެން މަޑުނުކޮށް، ވީހާ ވެސް އަވަހަކަށް ވޯޓުލުމަށް އެންމެންގެ ކިބައިން އެދިވަޑައިގެންފައި.
— Dhauru (@Dhaurunews) September 9, 2023
ލައިވް: https://t.co/iJ58IpAjVf pic.twitter.com/RnUYNQFnOa
ވޯޓު ލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން، މައި އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވަނީ ހަވީރު ވަންދެން މަޑުނުކޮށް، ވީހާ ވެސް އަވަހަކަށް ވޯޓުލުމަށް އެންމެންގެ ކިބައިން އެދިވަޑައިގެންފައި.
"4 ޖަހާއިރު އެއީ ވޯޓު ފޮށި [ކިޔުއަށް އެރުމުގެ ފުރުސަތު] ބަންދުކުރާ ގަޑި. އެހެންވީމަ، އެއަށް ވުރެ ކުރިއަށް ވީހާ ވެސް އަވަހަކަށް، ހެނދުނު ހެނދުނާ ވަޑައިގެން، ހުރިހާ ބޭފުޅުން ވެސް އެ ބޭފުޅަކު އިހުތިޔާރު ކުރައްވާ ކެންޑިޑޭޓަކަށް ވޯޓު ލެއްވުމަކީ ގާނޫނީ ގޮތުން އެ ބޭފުޅެއްގެ ވާޖިބެއް އަދި ހައްގެއް،" ތާޖުއްދީން ސްކޫލުގެ ދޮރުމަތީގައި ހުންނަވައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވި.
މައި އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ތާޖުއްދީން ސްކޫލުގައި ހުރި ފޮއްޓަށް ވޯޓުލައްވައިފި. އޭނާ ތާޖުއްދީނަށް ވަޑައިގެންނެވީ، އައިޖީއެމްއެޗު ކައިރީގައި ހުންނަ އޭނާގެ ގެ، މ. ދިމްޔާތުން ހިންގަވާފައި.
— Dhauru (@Dhaurunews) September 9, 2023
އިތުރަށް ކިޔާލަން: https://t.co/iJ58IpAjVf pic.twitter.com/nM8dLhHeBW
މައި އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވޯޓުލައްވައިފި.
ލަންޑަނާއި އަބޫ ދާބީ ފިޔަވައި ވޯޓުލާ ހުރިހާ މަރުކަޒެއްގައި ވެސް ވޯޓުލުން ފެށިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނޭ.
މައި އިދިކޮޅު ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވޯޓުލެއްވުމަށް ތާޖުއްދީން ސްކޫލަށް އިރުކޮޅަކުން ވަޑައިގަންނަވާނެ ކަމަށް ޕީޕީއެމުން ބުނޭ. އޭނާ ތާޖުއްދީނަށް ވަޑައިގަންނަވަނީ، އައިޖީއެމްއެޗު ކައިރީގައި ހުންނަ އޭނާގެ ގެ، މ. ދިމްޔާތުން ހިންގަވާފައި.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވޯޓުލައްވަން ވަޑައިގަންނަވާނީ 10 އާއި 10:30އާ ދެމެދު ކަމަށް އެމްޑީޕީން ބުނެފި. އެ މަނިކުފާނު ވޯޓުލައްވާނީ ޖަމާލުއްދީން ސްކޫލުގައި ބަހައްޓާފައި ހުރި ޅ. އަތޮޅު ފޮއްޓަށް.
އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވޯޓުލައްވައިފި.
— Dhauru (@Dhaurunews) September 9, 2023
އިތުރަށް ކިޔާލަން: https://t.co/iJ58IpAjVf pic.twitter.com/VFnOCnzcvV
އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވޯޓުލައްވައިފި.
މާލޭގައި ވޯޓުލާ ބައެއް މަރުކަޒުތަކުގައި ބޮޑު ކިއޫއެއް އެބައޮތް. އޭގެ ތެރޭގައި ސޯޝަލް ސެންޓަރު އަދި މަޖީދިއްޔާ ސްކޫލު ފަދަ ތަންތަން ހިމެނޭ.
— Dhauru (@Dhaurunews) September 9, 2023
ލައިވް: https://t.co/iJ58IpAjVf pic.twitter.com/HNor46ebTd
މާލޭގައި ވޯޓުލާ ބައެއް މަރުކަޒުތަކުގައި ބޮޑު ކިއޫއެއް އެބައޮތް. އޭގެ ތެރޭގައި ސޯޝަލް ސެންޓަރު އަދި މަޖީދިއްޔާ ސްކޫލު ފަދަ ތަންތަން ހިމެނޭ.
More than a quarter of a million people are voting on Saturday for the next leader of the Maldives in a closely contested election.
— Dhauru (@Dhaurunews) September 9, 2023
Follow our live coverage: https://t.co/iJ58IpAjVf pic.twitter.com/aY845GvZnU
މާލޭގައި ބަހައްޓާފައި ހުރި ގިނަ ވޯޓު ފޮށިތަކަށް ވޯޓުލުން ވަނީ ފެށިފައި.
ސޯޝަލް ސެންޓަރުގައި ބޮޑު ކިއޫއެއް އެބައޮތް. އެ ތަނުގައި މާފަންނުގެ އެކި ދާއިރާތަކުގެ ވޯޓު ފޮށިތައް އެބަހުރި.
— Dhauru (@Dhaurunews) September 9, 2023
ލައިވް: https://t.co/iJ58IpAjVf pic.twitter.com/zF8K6hETVv
ސޯޝަލް ސެންޓަރުގައި ބޮޑު ކިއޫއެއް އެބައޮތް. އެ ތަނުގައި މާފަންނުގެ އެކި ދާއިރާތަކުގެ ވޯޓު ފޮށިތައް އެބަހުރި.
އަމީނިއްޔާ ސްކޫލުގައި ހުރި ތ. އަތޮޅު އަދި ވ. އަތޮޅު ފޮށިތަކަށް ވެސް ވޯޓުލުން ފެށިއްޖެ.
މަޖީދިއްޔާ ސްކޫލުގައި ހުރި ހުރިހާ ވޯޓު ފޮށްޓަކަށް ވޯޓުލުން ފެށިއްޖެ. އެ ތަނުގައި ހުރި ވޯޓު ފޮށިތަކަކީ:
-
1-
ހެންވޭރު އުތުރު 5 ފޮށި
-
2-
ހެންވޭރު ހުޅަނގު 1 ފޮށި
-
3-
މާލޭ ދަފްތަރު 1 ފޮށި
-
4-
ހއ. އަތޮޅު 1 ފޮށި
އާ ގާނޫނުއަސާސީގެ ދަށުން ހަތަރު ވަނަ އިންތިހާބު
މިއީ އާ ގާނޫނުއަސާސީގެ ދަށުން ރާއްޖޭގައި ބާއްވާ ހަތަރު ވަނަ ރިޔާސީ އިންތިހާބު. ކުރީގެ ތިން އިންތިހާބުގެ ތެރެއިން އެންމެ ފަހުން އޮތް 2018ގެ އިންތިހާބު ފިޔަވައި އަނެއް ދެ އިންތިހާބު ނިމުނީ ދެ ވަނަ ބުރަކަށް ގޮސްގެން. އެންމެ ފަހުގެ އިންތިހާބު ފުރަތަމަ ބުރުން ނިމުމުގެ ސަބަބަކީ އެންމެ ދެ ކެންޑިޑޭޓުން، ރައީސް އަބްދުﷲ ޔާމީން އާއި އިބްރާހިމް މުހައްމަދު ސޯލިހު ވާދަކުރެއްވުން.
ހަނދާންތައް އާކޮށްލުމަށްޓަކައި ތިރީގައި މި ހިމަނާލަނީ ކުރީގެ ތިން އިންތިހާބުގެ ނަތީޖާ.
2008ގެ އިންތިހާބު
ފުރަތަމަ ބުރު 8 އޮކްޓޯބަރު 2008
-
1-
ގާސިމް އިބްރާހިމް، 27،056، %15
-
2-
ރައީސް މައުމޫން އަބްދުލްގައްޔޫމް، 71،731، %40
-
3-
ޑރ. ހަސަން ސައީދު، 29،633، %16
-
4-
މުހައްމަދު ނަޝީދު، 44،293، %25
-
5-
އުމަރު ނަސީރު، 2،472، %1
-
6-
އިބްރާހިމް އިސްމާއިލް، 1،382، %0.78
ދެވަނަ ބުރު، 28 އޮކްޓޯބަރު 2008
-
1-
މުހައްމަދު ނަޝީދު، 97،22، %54
-
2-
ރައީސް މައުމޫން އަބްދުލްގައްޔޫމް، 82،121، %45
2013ގެ އިންތިހާބު
ފުރަތަމަ ބުރު (ސުޕްރީމް ކޯޓުން ކެންސަލްކުރި)، 7 ސެޕްޓެމްބަރު 2013
-
1-
ގާސިމް އިބްރާހިމް، 50،422، %24
-
2-
ރައީސް މުހައްމަދު ވަހީދު، 10،750، %5
-
3-
އަބްދުﷲ ޔާމީން، 53،099، %25
-
4-
މުހައްމަދު ނަޝީދު، 95،224، %45
ދެވަނަ ފަހަރަށް ފުރަތަމަ ބުރު، 9 ނޮވެމްބަރު 2013
-
1-
ގާސިމް އިބްރާހިމް، 48،131، %23
-
2-
އަބްދުﷲ ޔާމީން، 61،278، %29
-
3-
މުހައްމަދު ނަޝީދު، 96،764، %46
ދެވަނަ ބުރު، 16 ނޮވެމްބަރު 2013
-
1-
އަބްދުﷲ ޔާމީން، 111،203، %51
-
2-
މުހައްމަދު ނަޝީދު، 105،181، %48
2018ގެ އިންތިހާބު
23 ސެޕްޓެމްބަރު 2018
-
1-
އިބްރާހިމް މުހައްމަދު ސޯލިހު، 134،146، %58
-
2-
ރައީސް އަބްދުﷲ ޔާމީން، 95،623، %42
ވޯޓުލުން ފަށައިފި
ވޯޓުލާ ގިނަ މަރުކަޒުތަކުގައި ވޯޓުލުން ފަށައިފި. ވޯޓުލުން ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މިއަދު ހެނދުނު 8 އިން ހަވީރު 4އަށް. ހަވީރު 4ގައި ކިއޫ ބަންދުކުރާއިރު، ކިއޫގައި ތިބޭ އެންމެން ވޯޓުލާ ނިމެންދެން އެ ވޯޓު ފޮށްޓަކަށް ވޯޓުލުން ކުރިއަށް ގެންދާނެ.
ޖަމާލުއްދީން ސްކޫލުގައި ހުރި ފުވައްމުލަކު ފޮށި ކައިރީގައި ބޮޑު ކިއޫއެއް އެބައޮތް. ނަމަވެސް، އެ ސްކޫލުގައި ހުރި އެހެން ދާއިރާތަކުގެ ފޮށިތައް ކައިރީ އަދި މާ ގިނަ ބަޔަކު ނެތް.
އިސްކަންދަރު، އަމީނިއްޔާ އަދި ސީއެޗްއެސްސީގައި ގާއިމްކޮށްފައިވާ ވޯޓުލާ މަރުކަޒުގައި އަދި މާ ގިނަ ބަޔަކު ނެތް.
ވޯޓުލާ ގިނަ މަރުކަޒުތަކުގައި މިހާރު އަންނަނީ ވޯޓުލުން ފަށަން ތައްޔާރުވަމުން. އެގޮތުން، އޮބްޒާވަރުންނާއި މޮނީޓަރުންގެ ކުރިމަތީގައި ވޯޓު ކަރުދާސް ސެކިއުރިޓީ އުރައިން ކަނޑައި ގުނުން ފަދަ ކަންކަން މިހާރު ކުރިއަށް އެބަދޭ.
-
ރިޔާސީ އިންތިހާބު - އެނގެން ޖެހޭ މުހިއްމު ކަންތައްތައް
އިންތިހާބުގެ ވޯޓުލުން މިއަދު 8 ޖަހާއިރު ފަށާނެ. ވޯޓުލާ ބައެއް މަރުކަޒުތަކުގައި މިހާރު ވެސް މީހުން ކިއޫގައި އެބަތިބި.
— Dhauru (@Dhaurunews) September 9, 2023
ލައިވް: https://t.co/iJ58IpAjVf pic.twitter.com/bvmAdO4pf7
އިންތިހާބުގެ ވޯޓުލުން މިއަދު 8 ޖަހާއިރު ފަށާނެ. ވޯޓުލާ ބައެއް މަރުކަޒުތަކުގައި މިހާރު ވެސް މީހުން ކިއޫގައި އެބަތިބި.
ރާއްޖޭގެ ގިނަ ބަޔަކު އެންމެ އިންތިޒާރުކޮށްގެން ތިބި ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 8ގައި ފެށޭނެ އެވެ. ޖުމްލަ 282،395 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބޭ މި އިންތިހާބުގައި މުޅިން އަލަށް 27،000އަށް ވުރެ ގިނަ މީހުން ވޯޓުލާނެ އެވެ.