ފަޅުރަށެއްގައި މީގެ ކުރިން ފުރޮޅާލާފައި އޮތް ވެލާތަކެއް. ވެލާ ހިފުމަކީ ރާއްޖޭގައި މަނާކޮށްފައިވާ ކަމެއް

ވެލާ

ބ. އަތޮޅުގައި ވެލާ ފެޅި މީހުންގެ ޖޫރިމަނާ ކުޑަކުރަން ނިންމައިފި

އީޕީއޭ އިން ނިންމީ ކޮންމެ މީހެއްގެ ޖޫރިމަނާ 198،000ރ. އިން 33،000ރ.އަށް ކުޑަ ކުރަން
7 ސެޕްޓެމްބަރު 2023
1

ބ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި މިދިޔަ ޖެނުއަރީ މަހު ވެލާތަކެއް ފެޅި ހަތް މީހުންގެ ތެރެއިން ކޮންމެ މީހަކު 198،000ރ. އިން ޖޫރިމަނާ ކުރުމަށް މިދިޔަ ޖޫން މަހު ނިންމި ނިންމުން އިސްލާހުކޮށް، ކޮންމެ މީހަކަށް ކުރި ޖޫރިމަނާ ކުޑަކުރަން އެންވަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މި ހާދިސާގައި އެ ރަށަށް ފުލުހުން އެރި އިރު، އެ މީހުން ތިިބީ ވެލާ ފަޅައިގެން ކައްކާށެވެ. އެގޮތުން:

  • ޕޮލިސް ރިޕޯޓާއި އެ ރަށަށް ދިޔަ ފުލުހުން ދީފައިވާ ބަޔާންތަކުންނާއި އެ ތަނުން ފެނުނު ހެކިތަކާއި އަދި ސީންގައި ވެލާތަކަށް ގޯނާކުރުމުގައި ބައިވެރިވި ފަރާތްތަކާ ސުވާލުކުރުމުން އެކަން ކުރިކަން ތަހުގީގަށް ފާހަގަކުރެވިފައިވޭ

  • އީޕީއޭގެ ބ. އަތޮޅު ބަޔޯސްފިއާ ރިޒާވް އޮފީހުގެ ޓީމެއް އެ ތަނަށް ގޮސް އެއްކުރި މައުލޫމާތުން ވެސް، އެ މީހުން ވެލާ މަރާލަައި ކެއްކުމުގައި ބައިވެރިވިކަން ފާހަގަކުރެވިފައިވޭ

  • އެހެންވެ އީޕީއޭ އިން ނިންމީ ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް ރައްކާތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދުގެ ދަށުން، 30،000ރ. އާއި 50،000ރ.އާ ދެމެދުގެ އަދަދުތަކުން ޖޫރިމަނާކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާތީ، ރައްކާތެރިކޮށްފައިވާ ހަ ދިރޭއެއްޗަކަށް ގޯނާކޮށް މަރާލުމާ ގުޅިގެން، އެ ކުށުގައި ބައިވެރިވި ކޮންމެ މީހަކު 198،000ރ. އިން ޖޫރިމަނާކުރުމަށް

އެނގުން މުހިއްމު - ވެލާ މަރައި ކެއްކި މައްސަލައިގައި ޖޫރިމަނާކުރި މީހުންނަކީ:

  • 1-

    އަލީ އާދަމް، ދިރިމާގެ/ ބ.ކެންދޫ

  • 2-

    ހަސަން ޒަރީރު، ދިރިމާގެ/ބ. ކެންދޫ

  • 3-

    އަބްދުﷲ ޝާހީ، ދިލާސާގެ/ ބ. ކެންދޫ

  • 4-

    އަހުމަދު ނާއިޝް، ދިލާސާގެ/ ބ. ކެންދޫ

  • 5-

    ހޫދު ފަހުދު އިދްރީސް، މުސަންމާގެ/ ބ.ކެންދޫ

  • 6-

    އަންވަރު އަބްދުއްރަހްމާން، އަމަން/ބ. ކެންދޫ

  • 7-

    ތަސްމީން އަހުމަދު، ނޫރާނީ ވިލާ/ އދ. ދިގުރަށް

ތަފްސީލް - އީޕީއޭ އިން މިއަދު ބުނީ، އެ މީހުންގެ ޖޫރިމަނާ އިސްލާހުކުރުމަށް ނިންމީ، ތަބީއީ ގޮތުގައި ހިމާޔަތްކުރެވިގައިވާ ދިރޭ އެއްޗަކަށް ގޯނާކޮށްފި ނަމަ، ޖޫރިމަނާކުރެވޭނީ 30،000ރ. އާއި 50،000ރ.އާ ދެމެދުގެ އަދަދަކުން ކަމަށް ގަވާއިދުގައި ބަޔާންކުރި ނަމަވެސް، ގޯނާކުރި އަދަދަށް ބަލައި ޖޫރިމަނާކުރެވޭ އަދަދު އިތުރުކުރުމުގެ އުސޫލެއް ކަނޑައަޅާފައިވާތީ، ގަވާއިދުގައި ކަނޑައަޅާފައިވާ އަދަދަށް ވުރެ ބޮޑުކޮށް ޖޫރިމަނާ ނުކުރެވޭނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ލަފާދީފައިވާތީ އެވެ.

  • އޭޖީގެ ލަފާއަށް އެދުނީ، ޖޫރިމަނާއާ ގުޅިގެން އެ މީހުންގެ ފަރާތުން އެންވަޔަރަމެންޓް މިނިސްޓްރީއަށް ފޮނުވި ސިޓީތަކާ ގުޅިގެން، އެ ޖޫރިމަނާ އިސްލާހުކުރުމަށް މިނިސްޓްރީން އެ އޭޖެންސީއަށް އެންގުމުން

އެހެންވެ، އީޕީއޭ އިން ނިންމީ، ކޮންމެ މީހަކު 33،000ރ. އިން ޖޫރިމަނާކުރުމަށެވެ. އަދި އެ ޖޫރިމަނާއަށްވާ ފައިސާ އިއްޔެ އިން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ އޭޖެންސީއަށް ދެއްކުމަށް އަންގާފައިވެ އެވެ.

ކޮމެންޓް (1)

އެހެންތޯ

7 ސެޕްޓެމްބަރު 2023
މިހާރު މިއެގުނީ ހަމަކާންވީކަން ކުރެވޭނެ އެއްވެސް ކަމެއްނެއްކަން! މާދަން ބުނާނެ މާފުކޮށްފީމީ. މީތޯ އަޅުގަނޱުމެން ބޭނުންވާގޮތަކީ؟ ފަރުތައްވެސް ހަލާކު ކުރަނީ ފޮތުގަ ޖުރިމައިނާ ހަބޭސް ގިއަރު މަތިކުރެވޭތޯބަލާ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް