
ކުމުންދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/އެމްޑީޕީ)
ކޯނީ ރިޕޯޓު ސަރުކާރަކު ނެތް؛ މައްސަލަ ބަލަން ފުލުހަށް ވާނީ ހުށަހަޅާފައި: ރައީސް
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން 2012ގައި ބަދަލުވި ގޮތް ބެލުމަށް އެކުލަވާލި ކޮމިޝަން އޮން ނޭޝަނަލް އިންކުއަރީ (ކޯނީ)ގެ ރިޕޯޓު ސަރުކާރުގައި ނެތް ކަމަށާއި، އެހެންވެ އެ މައްސަލަ ފުުލުހަށް ހުށަހަޅާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މިހާރު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ނޭކުރެންދުއަށް ވަޑައިގެން ރައްޔިތުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އެ ރިޕޯޓު ވީ ތަނެއް މިހާރު ނޭނގޭ ކަމަށެވެ.
ބުނީ ކީކޭ؟ - ރައީސް ވިދާޅުވީ އެ ރިޕޯޓު ސަރުކާރުގައި ނެތް މައްސަލަ ބެލުމަށް އެ މައްސަލަ މިހާރު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
"މިއީ ދައުލަތުގެ ކޮން ކަހަލަ ބޮޑު ސިއްރެއްތޯ؟ މިއަދަކު އެ އެއް ނެތް. އެކަން ބަލައި ތަހުގީގު ކުރީމާ އެނގޭނީ އެ ކަމުގައި ޒިންމާ ވާމީހުން،" މައްސަލަ ބެލުމަށް ފުލުހަށް ހުށަހަޅައި މައްސަލަ ބަލަމުން އަންނަކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ އެހެން ކެންޑިޑޭޓުންނާ މެދު ވިސްނަންވީ އެފަދަ ސަބަބުތަކާ ހުރެ ކަމަށެވެ.
ކޯނީ ރިޕޯޓު ގެއްލިގެން އެ މައްސަލަ ފުލުހަށް ރިޕޯޓުކޮށް ބަލަމުންދާ ކަމަށް ރައީސް ވިދާޅުވުމުން އެ މައްސަލަ ހުށަހެޅީ ކޮންއިރަކުތޯ އާއި މައްސަލަ ގޮސްފައިވާ ހިސާބު ބެލުމަށް ފުލުހުންނާ ސުވާލު ކުރުމުން އަދި ޖަވާބެއް ނުލިބެ އެވެ.
އެނގުން މުހިންމު - ކޯނީ ރިޕޯޓަކީ ދައުލަތުގެެ ސިއްރެއްގެ ގޮތުގައި ކަނޑައަޅައި އެ ރިޕޯޓް އެއްކޮށް އާންމުކޮށްފައެއް ނުވެ އެވެ. އެ ރިޕޯޓަށް އެކި ފަރާތްތަކުން ދިން ބަޔާންތައް އެ މީހުންގެ ޒާތީ މައުލޫމާތުގެ ސިއްރު ހިފެހެއްޓުމަށް އޭރު ނައްތާލިޔަސްް، ރިޕޯޓް ނައްތާލާފައެއް ނުވެ އެވެ.
ކޮމެންޓް