
ޑިޖިޓަލް އައިޑީކާޑު (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)
50،000އަށް ވުރެ ގިނަ މީހުން ޑިޖިޓަލް އައިޑީ ތަޖުރިބާކޮށްފި
ދައުލަތުން ފޯރުކޮށްދޭ ގިނަ ހިދުމަތްތަކެއްގައި ބޭނުންކުރެވޭ ގޮތަށް ތަރައްގީކުރަމުން އަންނަ ޑިޖިޓަލް އައިޑީ ތަޖުރިބާކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލި ފަހުން މިހާތަނަށް 50،000އަށް ވުރެ ގިނަ މީހުން އެ އެޕް އިންސްޓޯލްކޮށްފައިވާ ކަމަށް ނޭޝަނަލް ސެންޓާ ފޯ އިންފޮމޭޝަން ޓެކްނޮލަޖީ (އެންސީއައިޓީ) އިން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ޑިޖިޓަލް އައިޑީ ތައާރަފުކުރުމުގެ ކުރިން އެ ހިދުމަތް ތަޖުރިބާކުރުމުގެ ފުރުސަތު އެންޑްރޮއިޑް އަދި އައިއޯއެސް ބޭނުން ކުރާ މީހުންނަށް ވެސް ހުޅުވާލީ މިދިޔަ 31 މޭގަ އެވެ.
ޑިޖިޓަލް އައިޑީ ތަޖުރިބާ ކުރުމަށް އީފާސް އެޕްލިކޭޝަން ފޯނަށް އިންސްޓޯލުކުރަން ޖެހެ އެވެ.
ތަފްސީލް - އެންސީއައިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޑިޖިޓަލް އައިޑީ ތަޖުރިބާކުރަން އާއްމުންނަށް ހުޅުވާލިތާ ތިން މަސްދުވަހުގެ ތެރޭގައި:
-
52،432 މީހުން ބޭނުންކުރަން ފަށާފައިވޭ
-
198،841 ފަހަރު ބޭނުންކޮށްފައިވޭ
-
49 ޕޯޓަލް މެދުވެރިކޮށް އެ ހިދުމަތް ހޯދާފައިވޭ
އީފާސް މޯބައިލް އެންމެ ގިނައިން ބޭނުންކޮށްފައިވާ ޕޯޓަލްތައް:
-
ގެދޮރުވެރިން ޕޯޓަލް
-
ޓްރާންސްޕޯޓް މިނިސްޓްރީ
-
ސިމްސް ޕޯޓަލް
-
ގަވް.އެމްވީ މެސެޖު
-
އެސްޑީއެފްސީ ކަސްޓަމާ ޕޯޓަލް
-
އައިޖީއެމްްއެޗް ޕޯޓަލް
-
ކިޔެވެނި ޕޯޓަލް
-
އުރީދޫ
-
ޖޮބް ސެންޓާ
-
ސިވިލް ސާވިސް ވިއުގަ އޮންލައިން ޕޯޓަލް
ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި އެންސީއައިޓީން ވަނީ:
-
އީފާސް ބޭނުންކުރާ 68އަށް ވުރެ ގިނަ ޕޯޓަލް އަދި އެޕްލިކޭޝަންތަކުގައި އީފާސް މޯބައިލް ބޭނުންކޮށްގެން ޔޫސާނޭމް، ޕާސްވޯޑް އަދި އޯޓީޕީ ނުޖަހައި ކިއުއާރު ކޯޑު ސްކޭންކޮށްލައިގެން 'ސްކޭން ޓު ލޮގިން' ކުރެވޭގޮތް ހަދާފަ
-
އިފާސް މޯބައިލްގައި ހިމެނޭ ގައުމީ ޑިޖިޓަލް އައިޑެންޓިޓީ ކާޑު، ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގަ އާއި ސިއްހީ ހިދުމަތްތަކުގައި ބޭނުންކުރެވޭ ގޮތަށް ހަދާފައި
-
އެތެރޭގެ އުދުހުމުގައި އެއާލައިން ޓިކެޓް ގަތުމަށާއި އެއާލައިންއަށް ޗެކިންކުރުމަށާ އަދި ސެކިއުރިޓީ ޗެކްޕޮއިންޓުތަކުން، ކާކުކަން ދެނެގަތުމަށްޓަކާ ބޭނުންކުރެވޭނެ
-
ހޮސްޕިޓަލްތަކާ ހެލްތު ސެންޓަރުތައް ފަދަ އާސަންދައިގެ ހިދުމަތް ފޯރުކޮށްދޭ ހުރިހާ ތަންތަނުގައި ޑިޖިޓަލް އައިޑެންޓިޓީ ކާޑު ދައްކައިގެން ހިދުމަތް ލިބޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައި
ކޮމެންޓް (1)
މުހައްމަދު