ޑިޖިޓަލް އައިޑީ ކާޑު. (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

ޑިޖިޓަލް އައިޑީ ތަޖުރިބާކުރުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފި

ޑިޖިޓަލް އައިޑީ ކާޑު ހިމެނޭ ގޮތަށް ރާއްޖޭގެ ޓެކްނޮލޮޖީ ސިނާއަތް ތަރައްގީކުރަން ވޯލްޑް ބޭންކުން ވަނީ މިދިޔަ އަހަރު 10 މިލިއަން ޑޮލަރު ދީފައި

ދައުލަތުން ފޯރުކޮށްދޭ ގިނަ ހިދުމަތްތަކެއްގައި ބޭނުންކުރެވޭ ގޮތަށް ތަރައްގީކުރަމުން އަންނަ ޑިޖިޓަލް އައިޑީ ކާޑު ތަޖުރިބާކުރުމުގެ ފުރުސަތު އާންމުންނަށް މިއަދު ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - ޑިޖިޓަލް އައިޑީ ކާޑު ތައާރަފުކުރުމުގެ ކުރިން އެ ހިދުމަތް ތަޖުރިބާކުރުމުގެ ފުރުސަތު އެންޑްރޮއިޑް އަދި އައިއޯއެސް ބޭނުން ކުރާ މީހުންނަށް ވެސް ވަނީ ހުޅުވާލައިފަ އެވެ.

މީގެ ކުރިން އެ ހިދުމަތް ތަޖުރިބާ ކުރުމުގެ ފުރުސަތު ދިނީ އެކަމަށް ހުޅުވާލި ފުރުސަތުގައި ރަޖިސްޓްރީ ކުރި، އެންޑްރޮއިޑް ބޭނުންކުރާ 500 މީހުންނަށް އެކަންޏެވެ. ނަމަވެސް، މިއަދު އައިއޯއެސް ވެސް ހިމެނޭ ގޮތަށް މި ހިދުމަތް އާންމުކޮށް ހުޅުވާލާފަ އެވެ.

ތަފްސީލް - އައިޑީކާޑުގެ އިތުރުން މި ޑިޖިޓަލް އައިޑީގައި ހިމެނެނީ:

  • އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް 

  • ކައިވެނީގެ ސެޓްފިކެޓް 

  • އާއިލީ މެމްބަރުންގެ މައުލޫމާތު

  • އެ މީހަކު ޝާމިލުވާ ވިޔަފާރިއެއް އޮތް ނަމަ އެ މައުލޫމާތު 

  • ސިވިލް ސާވިސްގައި ވަޒީފާ އަދާކުރާ ނަމަ އެ މައުލޫމާތު 

  • އާސަންދައިގެ މައުލޫމާތު

ގުޅުން ހުރި ކަމެއް - ޑިޖިޓަލް އައިޑީ ކާޑު ހިމެނޭ ގޮތަށް ރާއްޖޭގެ ޓެކްނޮލޮޖީ ސިނާއަތް ތަރައްގީކުރަން ވޯލްޑް ބޭންކުން ވަނީ މިދިޔަ އަހަރު 10 މިލިއަން ޑޮލަރު ދީފަ އެވެ.

އެނގުން މުހިންމު - މީގެ ކުރިން ސަރުކާރުން ބުނެފައިވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ޑިޖިޓަލް އައިޑީ ތައާރަފުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނަމަވެސް، މި އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވީ ޑިޖިޓަލް އައިޑީ އާއި 'ވަން-ގަވް ' ހިދުމަތް މި އަހަރުގެ ތެރޭގައި ތައާރަފްކުރުމުން:

  • އައިޑީ ކާޑާއި އެކި ލިޔުންތަކުގެ ކޮޕީ ތަކުރާރުކޮށް ސަރުކާރަށް ހުށަހަޅަން ނުޖެހޭނެ

  • ކިޔޫގައި ނުޖެހި މިނިސްޓްރީތަކާއި އިދާރާތަކުުގެ ހިދުމަތް ލިބޭނެ

  • އާންމުންނަށް ހިދުމަތް ދޭ ބައެއް ތަންތަން އޮންލައިން ވެގެން ދާނެ

  • އޮންލައިންކޮށް ހިދުމަތް ހޯދަން ދަތި މީހުންނަށް ފިޒިކަލް އެކްސްޕީރިއަންސް ސެންޓަރުތައް ހަދާނެ

ކޮމެންޓް (1)

ވަވްވަވް

1 ޖޫން 2023
ހާދަހާ ވާ ރީތި ފޮތިކޮޅެކޭ ފޮޓޯގަ މި ފެންނަނީ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް