އޯލަ އެޕް އަޕްގްރޭޑުތަކާ އެކު ވަނީ ލޯންޗުކޮށްފައި.

ކުޑަކުދިން

ކުޑަކުދިންގެ ވާހަކަ ހިމެނޭ 'އޯލަ' އެޕް އަޕްގްރޭޑުތަކާ އެކު ލޯންޗުކޮށްފި

އެންޑްރޮއިޑް އަދި އައިއޯއެސް ފޯނު އަދި ޓެބްލެޓުން ކިޔޭ ދިވެހި ވާހަކަ އާއި ލަވަ އަދި ވީޑިއޯ ކުޑަކުދިންނަށް ހާއްސަ އަދި ފަސޭހަ އިންޓަފޭސްއެއްގައި ފެންނާނެ
2 ސެޕްޓެމްބަރު 2023

ބޮޑެތި އަޕްގްރޭޑުތަކާ އެކު، އޯލަ އެޕް ރޭ އަލުން ލޯންޗުކޮށްފި އެވެ.

އެނގުން މުހިއްމު - ކުޑަކުދިންގެ ހިތުގައި ދިވެހި ބަހަށް ލޯބި ޖައްސައި ދިވެހި ބަސް އުނގެނުމަށް ޝައުގުވެރިކަން އިތުރުކުރުމަށް އޯލަ މީޑިއާ ޕްރައިވެޓް ލިމިޓެޑުން ބޮޑެތި އަޕްގްރޭޑުތަކާ އެކު ރޭ ވަނީ ލޯންޗުކޮށްފަ އެވެ.

ތަފްސީލް - މިއާ އެކު، އެންޑްރޮއިޑް އަދި އައިއޯއެސް ފޯނު އަދި ޓެބްލެޓުން ކިޔޭ ދިވެހި ވާހަކަ އާއި ލަވަ އަދި ވީޑިއޯ، ކުޑަކުދިންނަށް ހާއްސަ އަދި ފަސޭހަ އިންޓަފޭސްއެއްގައި ފެންނާނެ އެވެ.

އަލަށް ގެނައި އަޕްގްރޭޑުތަކުގެ ތެރޭގައި ހިމެނެނީ:

  • ރާއްޖޭން ބޭރުގެ ފޯނު ނަންބަރުތަކުން އެޕަށް ރެޖިސްޓާ ކުރެވޭނެ

  • ޕިން ޖަހައިގެން ބެލެނިވެރިންނަށް ހުޅުވޭ ވަކި ލޮގްއިންއެއް ހެދޭނެ

  • މި އެޕްގައި ކުޑަކުދިންނާއި ބެލެނިވެރިންނަށް ހާއްސަ ހޭލުންތެރިކުރުމުގެ ވިޑިއޯ، ޕޮޑްކާސްޓް، ބުކްލެޓް އަދި ފްލަޔާސް ހިމެނޭ

  • ކުރިއަށް އޮތް ތަނުގައި އެކި ދާއިރާތަކުން ތަޖުރިބާކާރުންގެ އިރުޝާދުތަކާއި މައުލޫމާތު ހިމެނޭ ކޮންޓެންޓު ފޯރުކޮށްދޭނެ

އޯލަަ އެޕްގެ ހިލޭ ވާޝަންގެ އިތުރުން، ޕްރިމިއަމް ވާޝަންްއެއް ތައާރަފުކުރުމަށް ވަނީ ނިންމައިފަ އެވެ. އިތުރު ކޮންޓެންޓާ އެކު ލޯންޗުކުރަން ހަމަޖެހިފައިވާ ޕްރިމިއަމް ވާޝަން 'ކިޔަމާ'އަށް ސަބްސްކަރައިބް ކުރުމުން ކޮންމެ މަހަކު މަދުވެގެން ތިން އާ ކޮންޓެންޓު ފޯރުކޮށްދޭނެ އެވެ.

  • އޯލައެޕްގެ ހިލޭ ވާޝަން 'އަޖުމަ' އަބަދުވެސް އާންމުންނަށް ލިބޭނެ

  • ފަށާއިރު ހުންނާނީ 9 އަހަރުން ދަށުގެ ކުދިންނަށް ހާއްސަ ކޮންޓެންޓު

އިތުރު އާޓިކަލް

އިތުރު އާޓިކަލް