އާ އެއާލައިނެއް އުފެއްދުމަށް އެމްއެފްއެމްސީ އާއި އައިލެންޑް އޭވިއޭޝަންގެ ވެރިން މިއަދު ސޮއި ކުރައްވަނީ

އެމްއެފްއެމްސީ އާއި އައިލެންޑް އޭވިއޭޝަން ގުޅިގެން އާ އެއާލައިނެއް އުފައްދަނީ

އެމްއޯޔޫގައި ސޮއިކުރުމަށް ފަހު އެމްއެފްއެމްސީ އިން ބުނީ މިއީ ދުނިޔޭގެ ފެންވަރުގެ އެއާލައިނަކަށް ވާނެ ކަމަށް

މޯލްޑިވްސް ފަންޑް މެނޭޖްމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އާއި އައިލެންޑް އޭވިއޭޝަން ގުޅިގެން، އާ އެއާލައިނެއް އުފައްދަން ނިންމައި އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - އިކޮނޮމިކް ޑިވެލޮޕްމެންޓް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ:

  • އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު 

  • އެމްއެފްއެމްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން މަނިކު

އެމްއެފްއެމްސީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއީ "ސްޓްރެޓެޖިކް ކޮލަބްރޭޝަން'ގައި ދެ ކުންފުނި ގުޅިގެން ކުރިއަށް އެޅި ފިޔަވަޅެއް ކަމަށެވެ. މިކަން އެ ކުންފުނިން ސިފަކުރީ "ބައިނަލްއަގްވާމީ ވައިގެ އުދުހުންތަކަށް އިންގިލާބެއް ގެންނާނެ ދަތުރެއް"ގެ ގޮތުގަ އެވެ.

އެމްއެފްއެމްސީ އިން ބުނިގޮތުގައި:

  • ދުނިޔޭގެ ފެންވަރުގެ ބައިނަލްއަގްވާމީ މި އެއާލައިންގެ ދަތުރުތައް ބޮޑަށް އަމާޒުކުރަނީ، ރާއްޖޭގެ ޓޫރިޒަމްގެ މުހިއްމު ސަރަހައްދުތަކަށް

  • އެގޮތުން ޗައިނާ އާއި ރަޝިއާ އާއި ޔޫރަޕްގެ ގައުމުތަކަށް ދަތުރުތައް ކުރާނެ ކަމަށް ބުނި

އައިލެންޑް އޭވިއޭޝަނަކީ ގައުމީ އެއާލައިން މޯލްޑިވިއަން ވެސް ހިންގަމުން އަންނަ ކުންފުންޏެކެވެ. އެކަމަކު މާލީ ގޮތުން އެ ކުންފުންޏަށް ކުރިމަތިވެފައިވާ މައްސަލަތަކުން އަދިވެސް އަރައެއް ނުގަނެވެ އެވެ.

އެމްއެފްއެމްސީއަކީ މިހާތަނަށް ވައިގެ ދަތުރުފަތުރުގައި އެއްވެސް ވަރަކަށް ހަރަކާތްތެރިވެފައިވާ އަދި މާލީ އެފަދަ ގާބިލްކަމެއް ހުރި ކަން ވެސް އެނގިފައި ނެތް ކުންފުންޏެކެވެ.

އެކަމަކު ބަޔާނުގައި ބުނީ ދެ ކުންފުނި ގުޅިިގެން މި ނުކުތީ ދުނިޔޭގެ ފެންވަރުގެ ބައިނަލްއަގުވާމީ އެއާލައިނެއް އުފެއްދުމުގެ ދަތުރަށް ކަމަށެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުންގެ އަދަދު ގިނަވަމުން އަންނަ އިރު އެކަމަށް އެހީތެރިވެދޭނެ ބަޔަކަށް އާ އެއާލައިން ވާނެ ކަމަށް ވެސް ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް