29 އޮގަސްޓް 2023: ބ. ތުޅާދޫ އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކުމުގެ މަޝްރޫއު އަމަލީ ގޮތުން ފެށުން (ފޮޓޯ/ޕްލޭނިން މިނިސްޓްރީ)

ތުޅާދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ފަށައިފި

ތުޅާދޫ އެއާޕޯޓް އެޅުމަށް ޓަކައި 44.70 ހެކްޓަރުގެ ބިން ހިއްކާނެ

ބ. ތުޅާދޫގައި އެއާޕޯޓު ހަދަން ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

ތަފްސީލު - އެ މަޝްރޫއު ކުރިއަށް ގެންދަނީ ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާާލުކޮށްގެންނެވެ.

ތުޅާދޫގެ އިތުރުން ށ. ބިލަތްފައްސާއި ތ. ވިލުފުށީގެ ބިން ހިއްކުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 42.4 މިލިއަން ޑޮލަރު (653 މިލިއަން ރުފިޔާ)ގެ އަގަކަށެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ބުނީ، ތުޅާދޫ އެއާޕޯޓު އަޅަން 44.70 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ. ނަމަވެސް އެ މަސައްކަތް ނިމޭނެ ދުވަހެއް އެ މިނިސްޓްރީން ނުބުނެ އެވެ.

އެނގުން މުހިއްމު - ރާއްޖޭގެ ދަތުރުފަތުރުގެ ސިނާއަތް ހަރުދަނާކޮށް ކުރި އެރުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން މީހުން ދިރިއުޅޭ ރަށަކުން ފުރައިގެން 20-30 މިނެޓުން ދެވޭ ސަރަހައްދުގައި އެއާޕޯޓު ތަރައްގީކުރުމަކީ ސަރުކާރުގެ ސިޔާސަތެވެ.  

ކޮމެންޓް (1)

އަޑިކޮންނަ

30 އޯގަސްޓު 2023
މިއީތަ މިހާރު އެންމެ ސްޕީޑްގައި ބިންހިއްކާ އެންމެ ފަހުގެ ޑްރެޖަރުތައް ހުންނަގޮތަކީ ހާދަ ފާސްޓްކޮށް ހިއްކާލާނޭދޯ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް