ބޮޑުތަކުރުފާނު ޒިޔާރަތް ރީތިކޮށްލައި، ގިނަ ދުވަހަށް ރައްކާތެރިކޮށް ދެމިހުންނާނެ ގޮތް ހަދައިފައި

ބޮޑުތަކުރުފާނު ޒިޔާރަތް ރީތިކޮށްލައި ގިނަ ދުވަހަށް ދެމިހުންނަ ގޮތް ހަދައިފި

އެ ތަން މަރާމާތުކުރުމުގެ މަސައްކަތް ފެށީ މި އަހަރުގެ ތެރޭގައި

ދިވެހިންގެ ގައުމީ ބަތަލު ބޮޑުތަކުރުފާނުގެ ޒިޔާރަތް މަރާމާތުކޮށް، ގިނަ ދުވަހަށް ދެމި ހުންނާނެ ގޮތް ހަދައިފި އެވެ.

ވީ ކިހިނެއް؟ - ބިހުރޯޒް ކަމަނާ މިސްކިތު ގޯތިތެރޭގައި ހުންނަ ބޮޑުތަކުރުފާނުގެ ޒިޔާރަތަށް މި ފަހުން ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފަ އެވެ. އަދި ތަން ވީރާނާވަމުންދާ ކަމުގެ ނިޝާންތައް ވެސް ފެންނަން ހުއްޓެވެ.

ބޮޑުތަކުރުފާނު ޒިޔާރަތް ރީތިކޮށްލައި، ގިނަ ދުވަހަށް ރައްކާތެރިކޮށް ދެމިހުންނާނެ ގޮތް ހަދައިފައި

އެހެންވެ، ހެރިޓޭޖް މިނިސްޓްރީން ވަނީ އެތަނުގެ މަރާމާތުތައްކޮށް، އާބާތުރަ ފިލުވައި އަދި ރައްކާތެރިކަމާ އެކު، ގިނަ ދުވަަހަށް ހުންނާނެ ގޮތް ހެދުމަށް މަސައްކަތްތަކެއް ފަށައިފަ އެވެ.

ތަފްސީލް - ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން ކުރެއްވި ޓުވީޓެއްގައި ވަނީ، އެ މަސައްކަތް މިހާރު ނިންމާލާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ތަނުގެ އާބާތުރަ ފިލުވައި ރައްކާތެރިކަމާ އެކު، ގިނަ ދުވަހަށް ދެމިހުންނަ ގޮތް މިހާރު ވަނީ ހަދައިފަ އެވެ.

އެނގުން މުހިއްމު - ބިހުރޯޒް ކަމަނާ މިސްކިތުގެ ގޯތިތެރޭގައި ހުންނަ އެ ޒިޔާރަތަކީ، އައްސުލްތޯން ގާޒީ މުހައްމަދު ތަކުރުފާނު އަލްއައުޒަމް ނުވަތަ ބޮޑު ތަކުރުފާނު ފަސްދާނުވަޑުވާފައިވާ ތަނެވެ. ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކޮށްދެއްވި ބޮޑުތަކުރުފާނު، 11 އަހަރާއި ހަ މަސްދުވަހު ރަސްކަން ކުރެއްވި އެވެ.

އަވަހާރަވީ 18 އޮގަސްޓް 1585 ގައެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް