އިޝްތިހާރު

ފުވައްމުލަކުގައި ރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވާހަކަ ދައްކަވަނީ (ފޮޓޯ/ ޕީޕީއެމް)

މުއިއްޒު ގައްދުއަށް ދެއްވީ ގަމާއި ސާފިން ޓޫރިޒަމްގެ އުންމީދު

ގދ. މާާވާރުލު އެއާޕޯޓް އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތަރައްގީކުރި ހިސާބުގައި ކަމަށާއި އެ އެއާޕޯޓް އިތުރަށް ތަރައްގީކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި
27 އޯގަސްޓު 2023

ގދ. ގައްދޫ ކައިރީގައި އޮންނަ ފަޅުރަށެއް ކަމަށްވާ ގަން ގައްދޫގެ ރައްޔިތުންނާ ހަވާލުކުރައްވައި އެ ރަށަކީ ސާފިން ޓޫރިޒަމްގެ މަންޒިލަކަށް ހެއްދެވުމަށް، ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވައުދުވެވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - ގައްދުއަށް ވަޑައިގެން އެ ރަށުގައި ތިބި ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ، އޭނާ ވެރިކަން ކުރައްވާނީ ރައްޔިތުން ބޭނުންވާ ކަންކަން އަޑުއަހައިގެން، ރައްޔިތުންނާ ކައިރިން ކަމަށް ވިދާޅުވެ އެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، އޭނާގެ ސަރުކާރުގެ މައިގަނޑު އަމާޒަކަށް ވާނީ އަމިއްލަ ފައިމައްޗަށް ތެދުވެގެން އުޅޭ ފުދުންތެރި ރައްޔިތުންތަކެއް ބިނާކުރުމާއި ބޯހިޔާވަހިކަން ބޭނުންވާ އެންމެންނަށް ފޯރުކޮށް ދިނުމެވެ.

ތަފްސީލް - އެ އަމާޒަށް ވާސިލްވުމަށް ގައްދުއަށް ކޮށްދެއްވާނޭ ކަންކަމުގެ ލިސްޓެއް މުއިއްޒު އެ ރަށުގެ ރައްޔިތުންނަށް ވިދާޅުވެދެއްވި އެވެ. އޭގެ ތެރޭގައި ހިނެނެނީ:

  • ގަމަކީ ގައްދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސައި އެ ރަށަކީ ގައްދޫގެ ރައްޔިތުންނަށް އިގްތިސާދީ އެކި މަސައްކަތް ކުރެވޭ ނަފާ ލިިބޭނޭ ތަނަކަށް ހައިދޭނަން

  • ގދ. މާާވާރުލު އެއާޕޯޓް އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތަރައްގީކުރި ހިސާބުގައި؛ އެ އެއާޕޯޓް އިތުރަށް ތަރައްގީކޮށްދޭނަން

  • ގައްދު އަކީ ސާފިންގައި ފާހަގަކޮށްލެވޭ ރަށެއް؛ ގައްދޫގައި ސާފިން ޓޫރިޒަމް ފުޅާކޮށް ނަފާ އިތުރުކޮށްދޭނަން

  • ގައްދޫ ހިމެނޭ ސަރަހައްދުގައި އިތުރު ރިސޯޓްތައް ތަރައްގީކޮށް ޓޫރިޒަމް ފުޅާކުރާނަން

"ގަން އިގްތިސާދީ މަސައްކަތަށް ލިބޭއިރު އަދި އެއާޕޯޓް ތަރައްގީ ކުރާއިރު މި ހުރިހާ ކަމެއް ބެލެންސް ވާނީ، އިގްތިސާދީ ނަފާ ހޯދޭނީ ވަޒީފާ އުފެއްދޭނީ މި ރަށުގެ ކައިރީ މިހިރަ ރަށްރަށްރަށުގައި ވެސް ރިސޯޓް ހަދައިގެން ޓޫރިޒަމް ފުޅާ ކުރެވިގެން. އެކަން އަޅުގަނޑުމެން ކޮށްދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ހައުސިސް މިނިސްޓަރުކަން ކުރެއްވި ޔާމީންގެ ސަރުކާރުގައި ގައްދޫގައި ބޯހިޔާވިކަމާއި އުމްރާނީ ތަރައްގީގެ ގިނަ ކަންކަން ކޮށްދީފައިވާކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ އަންނަ މަހުގެ 9 އަކީ ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައްތައްކޮށްދޭނެ ސަރުކާރެއް އިންތިހާބު ކުރަން ޖެހޭ ދުވަސް ކަމަށެވެ. އަދި ޕީޕީއެމް-ޕީއެންސީ އޮތީ ވަރުބަލި ކަމެއް ނެތި ރައްޔިތުންނަށް ހިދުމަތްކޮށް ދިނުމުގެ ރޫހުގައި ކަމަށް މުއިއްޒު ވިދާޅުވި އެވެ. 

"ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންގެ އުންމީދުތައް ހާސިލްކުރުމުގައި ރެ އާއި ދުވާލު އަޅުގަނޑު ދެމި ހުންނާނީ. ޕީޕީއެމް-ޕީއެންސީ މި އޮތީ އެ ގޮތަށް،" މުއިއްޒު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް