ޝައިހް އުސްމާން އަބްދުﷲ. އޭނާގެ ހިދުމަތް ގިނަ އަހަރުތަކެއް ވާންދެން ދިވެހިންނަށް ލިބުނު

މަރު

ދީނީ އިލްމުވެރިޔާ އުސްމާން އަބްދުﷲ އަވަހާރަވެއްޖެ

މެދުކެނޑުމެއް ނެތި ގިނަ އަހަރުތަކެއް ވާންދެން ދީނީ ރޮނގުން އުސްމާން ހިދުމަތް ކުރެއްވި

ރާއްޖޭގައި ދީނީ ތައުލީމް ދެއްވުމާއި ނަސޭހަތް ދެއްވުމުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި އިލްމުވެރިޔާ އުސްމާން އަބްދުﷲ މިއަދު އަވަހާރަ ވެއްޖެ އެވެ.

ވީ ކިހިނެއްް؟ - އެނގިފައިވާ ގޮތުގައި، އުސްމާން އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

ތަފްސީލް - އުސްމާނަކީ އެކި ދުވަސްވަރު، ދީނީ ގޮތުން ވެސް ސަރުކާރަށް ގިނަ ހިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. އަދި ގިނަ ގިނައިން ޓީވީ އާއި ރޭޑިއޯގެ ޕްރޮގްރާމްތަކަށް އަރުއްވައި ދީނީ ގޮތުން މީހުން ހޭލުންތެރި ކުރައްވަން މަސައްކަތް ކުރެއްވި އެވެ. ހަޔާތުގެ ފަހު ދުވަސްވަރު ވެސް އުސްމާންގެ މި ފަދަ ގިނަ ޕްރޮގްރާމްތަކެއް ފެނުނެވެ.

ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ދުވަސްވަރު މަޝްހޫރު ތޮއިބާ ސްކޫލް މާލޭގައި އުފެއްދެވި ތިން ބޭފުޅުންގެ ތެރޭގައި ވެސް އުސްމާން ހިމެނިވަޑައިގެންނަވަ އެވެ.

އެންމެ ފަހުން އޭނާގެ ހިދުމަތް ދައުލަތަށް ލިބުނީ، ޒަކާތާ ގުޅޭ ގޮތުން ދިމާވާ އެކި މައްސަލަތައް ހައްލުކުރުމަށް އިސްލާމިކް މިނިސްޓްރީން އުފެއްދި ޒަކާތު ކޮމެޓީއަށް ލަފާ އަރުވާ ބޭފުޅެއްގެ ގޮތުގަ އެވެ.

ކޮމެންޓް (1)

އޯކޭ

21 އޯގަސްޓު 2023
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ‎. މާތްﷲ ޝެއިހްގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި.! . آمیـــــن.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް