މި މަހު މާލެއަށް އުދަ އަރައި ގެއަކަށް ލޮނުގަނޑު ވަދެފައި (ދައުރު ފޮޓޯ/ހުސައިން ސުނޭން)

މޫސުން

އުދަ އަރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް އެލާޓު ނެރެފި

އުދަ އަރާނެ ކަމަށް ލަފާކޮށް އެލާޓް ނެރެފައިވާތީ، ފުލުހުން ވެސް ވަނީ ގޮނޑުދޮށާ ކައިރި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ސަމާލުވުމަށް އިލްތިމާސްކޮށްފައި
20 އޯގަސްޓު 2023

އެކި ރަށްރަށަށް އުދަ އަރާނެ ކަމަށް ލަފާކޮށް، މެޓް އޮފީހުން ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު އެލާޓު ނެރެފި އެވެ.

ވީ ކިހިނެއް؟ - އުދައަރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވައިޓް އެލާޓް ނެރުނީ ކ. އަތޮޅުން ފެށިގެން އައްޑު އަށެވެ.

ތަފްސީލް - އެ އޮފީހުން ބުނީ އެ އެލާޓް ނެރެފައިވަނީ މިއަދު މެންދުރު ފަހު 2 އިން ހަވީރު 5އަށް ކަމަށެވެ.

އުދަ އަރާނެ ކަމަށް ލަފާކޮށް އެލާޓް ނެރެފައިވާތީ، ފުލުހުން ވެސް ވަނީ ގޮނޑުދޮށާ ކައިރި ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

އެނގުން މުހިންމު - މި މަހު މާލެ ސަރަހައްދަށް ވަރަށް ބޮޑަށް ވަނީ އުދަ އަރައިފަ އެވެ. ލޮނުގަނޑު ރަށުތެރެއަށް އަރައި މާލޭގެ ބައެއް ގޭގެއަށް ވެސް ވަނީ ލޮނުގެ އަސަރު ކޮށްފަ އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) ވަނީ، އުދަ އަރާނެ ކަމަށް ލަފާކޮށްފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް މީގެ ކުރިން އިލްތިމާސްކޮށްފަ އެވެ.

އުދައިގެ ސަބަބުން މުދަލަށާއި ގެދޮރަށް ލިބިދާނެ ގެއްލުމުން ރައްކާތެރިވުމަށް ދުރާލާ އެޅިދާނެ ފިޔަވަޅުތައް:

  • އުދައިގެ ސަބަބުން ފެންބޮޑުވެދާނެ ކަމަށް ރައްކާތެރިވުން

  • ގެއަށް ފެން ނުވަންނާނެހެން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން؛ ވެލި ބަސްތާ ފަދަ ތަކެތި ޖެހުން

  • ފެންބޮޑުވެއްޖެ ހާލަތެއްގައި ގެއްލުން ލިބިދާނެ މުދާ ފެން ނުޖެހޭ ފަދަ އުސް ތަންތަނަށް ބަދަލު ކުރުން؛ އުސް ތަންތަނަށް ބަދަލު ނުކުރެވޭ ތަކެތި، ފެން ނުޖެހޭ ފަދަ ތަނަކަށް ބަދަލު ކުރުން

  • ބަނދަރު ސަރަހައްދުގައި އެއްގަމު އުޅަނދު ޕާކު ނުކުރުން

  • ބަނދަރުގައި އަޅާފައިވާ އޮޑިދޯނިފަހަރުގެ ވާ ކަނޑައިގެން ނުދާނެހެން އައްސާފައި ބެހެއްޓުން

  • ބްރިޖުން ދަތުރުކުރާ މީހުން، ހާއްސަކޮށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދަތުރުކުރާއިރު ސަމާލުވުން

  • ކުރިމަތިވެދާނެ އާންމު ސިއްހީ މައްސަލައަކުން ސަލާމަތްވުމަށް، އުދައާ އެކު ރަށުތެރެއަށް ފެތުރޭ ކުނިބުނި އަވަހަށް ސާފުކުރުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް