އިމާމަކު މިމްބަރުގައި ހުތުބާ ވިދާޅުވަނީ (ފޮޓޯ/ރައީސް އޮފީސް)

އިމާމުވެ ހުކުރު ނަމާދުކުރާ ހުރިހާ ހަތީބުން ޖުއްބާ ލާން ޖެހޭ ގޮތަށް ހަމަޖައްސައިފި

އިސްލާމިކް މިނިސްޓްރީން އަހަރަކު އެއް ފަހަރު އިމާމުންނަށް ޖުއްބާ އާއި ތާކިހާ ދޭނެ ކަމަށް އެ މިނިސްޓްރީ އިން ބުނި

އިމާމުވެ ހުކުރު ނަމާދުކުރާ ހުރިހާ ހަތީބުން ޖުއްބާ ލައިގެން ނަމާދު ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ވީ ކިހިނެއް؟ - އިސްލާމިކް މިނިސްޓްރީ އިން ބުނީ ހުކުރު ނަމާދުގެ ހަތީބުން ޖުއްބާ ލައިގެން ނަމާދުކުރާ ގޮތަށް ނިންމައި އެގޮތަށް އަމަލު ކުރަން ފެށީ މިއަދު ކަމަށެވެ.

ތަފްސީލް - މިނިސްޓްރީ އިން ބުނީ އެގޮތަށް ނިންމީ ހުކުރު ކުރާ ހުރިހާ ހަތީބުންނަކީ ވެސް އެއްގޮތަކަށް، އެއް މިންގަނޑަކަށް ހެދުން އަޅާ ބަޔަކަށް ހެދުމަށް ކަމަށެވެ. މީގެ އިތުރުން އިމާމުންނާއި ހަތީބުންގެ ހައިބަތު ދެމެހެއްޓުމަކީ ވެސް އެގޮތަށް ނިންމި ސަބަބެއް ކަމަށް ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި:

  • މިވަގުތު އެގޮތަށް އަމަލު ކުރަނީ ހަމައެކަނި މާލެ ސަރަހައްދުގައި

  • ނަމަވެސް ކުރިއަށް އޮތްތަނުގައި ރަށްރަށުގައި ވެސް އަމަލު ކުރަން ފަށާނެ 

  • ޖުއްބާ ލައިގެން ހުކުރު ނަމާދު ކުރުމަކީ އިސްލާމީ ގިނަ ގައުމުތަކުގައި ކުރަމުން އަންނަ ކަމެއް

  • ކޮންމެ އަހަރަކު މިނިސްޓްރީގެ ފަރާތުން ހަތީބުންނަށް ޖުއްބާ އާއި ތާކިހާ ދޭނެ

  • މާލެ ސަރަހައްދުގައި އިމާމުވެ ހުކުރުކުރާ ހަތީބުންނަށް އެކަމަށް ވަކި އެލަވެންސެއް ވަނީ ކަނޑައަޅާފައި

މިނިސްޓްރީ އިން ބުނީ އިމާމުވެ ހުކުރު ކުރާ ހުރިހާ ހަތީބުން ޖުއްބާ ލައިގެން އެކަން ކުރުމަކީ މީގެ ކުރިން ވެސް ރާއްޖޭގައި އަމަލުކުރި ގޮތެއް ކަމަށެވެ. އެކަމަކު މިހާތަނަށް ވަކި އުސޫލެއްގެ ދަށުން ހެދުން އެޅުމުގެ މިންގަނޑު ހިފަހައްޓާފައިނުވާ ކަމަށް ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް