ވިލާ އިންޓަނޭޝަނަލް ސްކޫލުގެ ވެރިން. އެ ސްކޫލަށް ވަނުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި (ފޮޓޯ/ވިލާ އިންޓަނޭޝަނަލް ހައި)

އޭލެވެލް ކިޔަވަން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

އެޑިއުކޭޝަން މިނިސްޓްރީ އިން ކަނޑައަޅާފައިވާ މިންގަނޑަށް އޯލެވެލް އިން ފާސްވެފައިވާ ދަރިވަރުންނަށް، ހިލޭ އޭލެވެލް އަށް ކިޔެވުމުގެ ފުރުސަތު އޮންނާނެ

އޭލެވެލް އަށް ކިޔަވަން ބޭނުންވާ ދަރިވަރުން ވިލާ އިންޓަނޭޝަނަލް ހައި ސްކޫލަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ވީ ކިހިނެއް؟ - އެ ސްކޫލުން ބުނީ އެޑިއުކޭޝަން މިނިސްޓްރީ އިން ކަނޑައަޅާފައިވާ މިންގަނޑަށް އޯލެވެލް އިން ފާސްވެފައިވާ ދަރިވަރުންނަށް، ހިލޭ އޭލެވެލް އަށް ކިޔެވުމުގެ ފުރުސަތު އެ ސްކޫލުން ފަހިކޮށްދޭނެ ކަމަށެވެ.

  • އެޑިއުކޭޝަންގެ މިންގަނޑަކީ އޯލެވެލް އިމްތިހާނާއި އެސްއެސްއީ އިމްތިހާނުގެ ދިވެހި ނުވަތަ އިސްލާމު ހިމެނޭހެން 5 މާއްދާ އިން ފާސްވެފައިވުން. ފާސްވި ކަމަށް ބެެލެވޭނީ C އަށް ވުރެ މަތިން ފާސްވުން

ތަފްސީލް - ވިލާ ހައި ސްކޫލުން ބުނީ އިއްޔެ އިން ފެށިގެން މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް އެ ސްކޫލަށް ވަނުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

  • ސްކޫލަށް ވަނުމަށް އެދޭފޯމު ސްކޫލު އޮފީހުންނާއި ވެބްސައިޓުން ލިބޭނެ

  • އޮންލައިންކޮށް ވެސް އެޕްލައިކުރެވޭނެ

  • ޖާގަ ލިބޭ ދަރިވަރުންގެ ލިސްޓު މި މަހުގެ 31ގައި ސްކޫލު ވެބްސައިޓުގައި އާންމު ކުރާނެ

  • މި ހަފްތާ ބަންދުގައި ގްރޭޑު 10 ނިންމާފައި ތިބި ދަރިވަރުންނަށް އަދި ސާނަވީ މަރުހަލާގައި ކިޔަވާ ދަރިވަރުންނަށް ހާއްސަ ހަރަކާތެއް ވީއައިއެޗްއެސްޑޭ 2023ގެ ނަމުގައި އޮންނާނެ

އެނގުން މުހިއްމު - އެޑިއުކޭޝަން މިނިސްޓްރީގެ މާލީ އެހީގެ ދަށުން ހިލޭ މަތީ ސާނަވީ އަށް ކިޔެވުމުގެ ފުރުސަތު ލިބޭ ދަރިވަރުން ދިވެހި އަދި އިސްލާމުގެ އިތުރުން އެޑެކްސެލް ނުވަތަ ކެމްބްރިޖް އިންޓަރނޭޝަނަލް އެގްޒޭމިނޭޝަންސްގެ ތިން މާއްދާ ކިޔަވަން ޖެހެ އެވެ.

ބުނީ ކީކޭ؟ - ވިލާ ހައިސްކޫލުން ބުނީ އެ ސްކޫލުގައި ކިޔަވާ ދަރިވަރުން ގްރެޖުއޭޓު ވާއިރު ތިބޭނީ ޔުނިވާސިޓީ ތައުލީމަށް ފައްކާވެފައި ކަމަށާއި އެ ސްކޫލަކީ ތަފާތު ފެންވަރުގެ ކުދީންނަށް ޖާގަ ދީގެން، ޔުނިވާސިޓީތަކުން ޖާގަ ލިބޭ މިންވަރަށް ފާސްވާ %70 އިން މަތީގައި ހިފަހައްޓަމުންދާ ސްކޫލެއް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް