މާމެންދޫ މަގުހެދުމުގެ މަސައްކަތް އާރުޑީސީ އާ ހަވާލުކުރުން (ފޮޓޯ/ޕްލޭނިން މިނިސްޓްރީ)

މަގު ހެދުން

މާމެންދޫ މަގުތަކުގައި ތާރުއަޅަން އާރުޑީސީއާ ހަވާލުކޮށްފި

މި އެއްބަސްވުމުގެ ދަށުން މާމެންދޫގައި 5.47 ކިލޯމީޓަރުގެ މަގުގައި ތާރު އަޅައި މަގުތަކުގައި ފެން ހިންދާ ނިޒާމް ގާއިމްކުރާނެ

ގއ. މާމެންދޫ މަގުތަކުގައިި ތާރުއަޅަން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރު އަހުމަދު ޝިހާދެވެ.

ތަފްސީލް - މި އެއްބަސްވުމުގެ ދަށުން މާމެންދޫގައި 5.47 ކިލޯމީޓަރުގެ މަގުގައި ތާރު އަޅައި މަގުތަކުގައި ފެން ހިންދާ ނިޒާމް ގާއިމްކުރާނެ ކަމަށް ދެ ފަރާތުން އެއްބަސްވެފައިވެ އެވެ. އަދި އެ ރަށުގެ މަގުތަކުގައި މަގުބައްތި ޖެހުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

  • މަސައްކަތް އާރުޑީސީއާ ހަވާލުކުރީ 138.6 މިލިއަން ރުފިޔާ އަށް

  • މަސައްކަތް ނިންމަން ހަވާލުކުރީ 730 ދުވަސްގެ ތެރޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް