ރާއްޖޭގެ ތިމާވެށީގެ އެންމެ ނާޒުކު އެއް މާހައުލަކީ ކުޅި،ފާ ޗަސްބިން (ފޮޓޯ/ ވިޒިޓްކެނދިކުޅުދޫ)

ކުޅި، ފާ ޗަސްބިމާ ގުޅޭ ދިރާސާއަކާއި ތަމްރީންތަކެއް ފަށަނީ

ކުޅި، ފާ، ޗަސްބިމުން ނަފާ ހޯދާ އަންހެނުންނަށް ހާއްސަކޮށްގެން މި ޕްރޮޖެކްޓް ކުރިއަށް ގެންދަނީ މޯލްޑިވްސް ވެޓްލޭންޑްސް ފައުންޑޭޝަނުން
9 އޯގަސްޓު 2023

ރާއްޖޭގެ ވެށީގެ އެންމެ ނާޒުކު އެއް މާހައުލު ކަމުގައިވާ ކުޅި، ފާ ޗަސްބިމުން ނަފާ ހޯދާ އަންހެނުންނަށް ހާއްސަ ޕްރޮޖެކްޓެއް މޯލްޑިވްސް ވެޓްލޭންޑްސް ފައުންޑޭޝަނުން ކުރިއަށް ގެންދަން ނިންމައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑެތި ކަނޑޫފާތައް ހިމެނޭ، އުތުރުގެ ހަތަރު އަތޮޅު ކަމަށް ވާ ހއ. ހދ. ށ. އަދި ނ. އަށް ހާއްސަކޮށްގެން މި  ކުރިއަށް ގެންދަނީ ކުޅި، ފާ އަދި ޗަސްބިމުގެ މާހައުލުތަކުން ނަފާ ހޯދާ ނުވަތަ ނުރަސްމީކޮށް އާމްދަނީ ހޯދާ އަންހެނުން ގެ ދިރިއުޅުން ބާރުވެރިކުރަން އަމާޒުކޮށްގެންނެވެ.

ނ. ކެނދިކުޅުދޫ ކުޅިއެއް ހުރަސްކޮށް ބްރިޖެއް ހަދާފައި: ރާއްޖޭގެ ކުޅިތަކަކީ ގުދުރަތީ ވަރަށް ބޮޑު ވަސީލަތެއް (ފޮޓޯ/ފޭސްބުކް/ވިޒިޓް ކެނދިކުޅުދޫ)

ދެ އަހަރު ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮޖްކެޓް ހިންގަނީ ރާއްޖޭގެ ކުޅި، ފާ އަދި ޗަސްބިމުގެ މާހައުލު ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ޖަމިއްޔާއެއް ކަމުގައި މޯލްޑިވްސް ވެޓްލޭންޑްސް ފައުންޑޭޝަނުން ކެނެޑާ ފަންޑް ފޯ ލޯކަލް އިނީޝިއޭޓިވްސް (ސީއެފްއެލްއައި)ގެ މާލީ އެހީތެރިކަން ހޯދައިގެންނެވެ.

މޯލްޑިވްސް ވެޓްލޭންޑްސް ފައުންޑޭޝަނުގެ ރައީސާ އައިޝަތު ފަރުހަތު އަލީ ވިދާޅުވީ ކުޅި، ފާ އަދި ޗަސްބިމުގެ މާހައުލުތަކުން އިގުތިސާދީ ނަފާ ހޯދާ ގިނަ އަންހެނުން ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގައި އުޅޭ ކަމަށެވެ.

މޯލްޑިވްސް ވެޓްލޭންޑް ފައުންޑޭޝަނުން ކުޅި، ފާ، ޗަސްބިންތަކާ ގުޅޭ މައުލޫމާތު ދޭން ބޭއްވި އިވެންޓެއްގެ ތެރެއިން

މިފަދަ މާހައުލުތަކަށް އިންސާނުންގެ އަމަލުތަކުގެ ސަބަބުންނާއި  މޫސުމީ ބަދަލުތަކުން ބޮޑެތި ނުރައްކާތަކާ ކުރިމަތިވަމުންދާ ދުވަސްވަރެއްގައި، މިފަދަ 'ސޯޝިއޯ-އިކޮނޮމިކް' ދިރާސާއެއް ކޮށްފައި އޮތުމަކީ، މެންގްރޫވް ރިސޯސް ބޭނުންކުރާ އަންހެނުންނަށް ދެމެހެއްޓެނިވި ގޮތުގައި އާމްދަނީ ހޯދުމުގެ ފުރުސަތު ތަނަވަސް ވާނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. 

މޯލްޑިވްސް ވެޓްލޭންޑްސް ފައުންޑޭޝަނުން ފާހަގަކުރި ގޮތުގައި ޗަސްބިމުގެ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ދިރިއުޅުމަށް ނަފާ ހޯދަމުން ދިޔަ ގިނަ އަންހެނުންގެ އާމްދަނީއަށް ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ވަރަށް ބޮޑަށް އަސަރުކުރި އެވެ.

ގުދުރަތީ މާހައުލުތަކުން ލިބޭ ވަސީލަތްތައް ބޭނުންކޮށްގެން ނަފާ ހޯދާ އަންހެނުން ރާއްޖޭގައި ގިނަ

އެ ޖަމިއްޔާއިން ބުނީ ރަށުން ލިބެން ހުރި ގުދުރަތީ ވަސީލަތްތަކުން އާމްދަނީ ހޯދާ ގޮތުގެ ރަނގަޅު އަދި އިލްމީ ދިރާސާތަކެއް ހެދިފައި ނެތުމުން އަންހެނުންނަށް އެކަށީގެންވާ ބަދަލު ލިބެން ދަތިތަކެއް ހުރި ކަމަށެވެ.

  

އިތުރު އާޓިކަލް

އިތުރު އާޓިކަލް