ރާއްޖެ އާއި ޖަޕާނާ ދެމެދު އެއްބަސްވުން ބަދަލު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/ ފޮރިން މިނިސްޓްރީ)

ރާއްޖެ-ޖަޕާން

ދައުލަތުގެ ވެރިންނަށް ވިސާއާ ނުލާ ޖަޕާނަށް ދެވޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

މިއީ ހުރިހާ ދިވެހިންނަށް ވެސް ވިސާއާ ނުލާ ޖަޕާނަށް ދިޔުމަށް އެޅުނު ފުރަތަމަ ފޔަވަޅު ކަމަށް ފޮރިން މިނިސްޓްރީން ބުނި

ދައުލަތުގެ އިސް ވެރިންނަށް ވިސާއާ ނުލާ ޖަޕާނަށް ދަތުރުކުރެވޭ ގޮތަށް ނިންމާ، ރާއްޖޭގެ ދަރިވަރުން ޖަޕާނުގައި ކިޔެވުމަށް ސްކޮލަޝިޕް ދިނުމަށް، ދެގައުމުގެ ދެމެދުގައި އެއްބަސްވުންތަކެއް ބަދަލުކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ބަދަލުކުރެވުނު އެއްބަސްވުންތަކުގައި ސޮއި ކުރައްވާފައިވަނީ:

  • ރާއްޖޭގެ ފަރާތުން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިިނިސްޓަރު އަހުމަދު ހަލީލް

  • ޖަޕާންގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ތަކެއުޗީ މިޑޯރީ

ތަފްސީލް - އެ އެއްބަސްވުންތަކުގެ ދަށުން:

  • 122 މިލިއަން ޔެންގެ ހިލޭ އެހީގެ ދަށުން 2023 ވަނަ އަހަރު ޖަޕާނުން ރާއްޖެއަށް އިތުރު ހަ ސްކޮލަޝިޕްގެ ފުރުސަތު ދިނުމަށް ނިންމާފައިވޭ

  • ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓް އޮންނަ ފަރާތްތަކުން ވިސާއާ ނުލާ 90 ދުވަހަށް ޖަޕާނަށް ދަތުރުކުރެވޭނެ

މި އެއްބަސްވުމުގެ ދަށުން ވިސާއާ ނުލާ ދަތުރުކުރެވޭނީ ދައުލަތުގެ އިސްވެރިންނަށް އެކަނި ނަމަވެސް، ފޮރިން މިނިސްޓްރީން ބުނީ މިއީ ހުރިހާ ދިވެހިންނަށް ވިސާއާ ނުލާ ޖަޕާނަށް ދަތުރުކުރަން އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް