ތިމަރަފުށި މަތިން ނަގާފައިވާ ފޮޓޯއެއް

ޖިންސީ ގޯނާ

ތިމަރަފުށީގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރަން އުޅުނު މައްސަލައެއް ބަލަނީ

އެ މީހާގެ ގެއަށް ދަންވަރު މީހަކު ވަދެ ގޯނާކުރަން އުޅުނު ކަމަށް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައި

ތ. ތިމަރަފުށީގައި މަސައްކަތްކުރާ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރަން އުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ތަފްސީލް - ފުލުހުން ބުނީ، އެ ރަށުގައި ބިދޭސީ އަންހެނަކު ދިރިއުޅޭ ގެއަކަށް ރޭ ދަންވަރު މީހަކު ވަދެ، ޖިންސީ ގޯނާ ކުރަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އާންމުކޮށް ޖިންސީ ގޯނާއާ ގުޅޭ މައްސަލަތަކުގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެ އަންހެން މީހާ އަށް ތ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައިވެ އެވެ.

ކޮމެންޓް (2)

ހަސަން

19 ޖުލައި 2023
ގޯނާކުރަން އުޅުނަސް ފަރުވާ ދޭން ޖެހޭ؟
1 0

ބޯޅަކިންކިރި

19 ޖުލައި 2023
@ހަސަން ހެހެހެހެހހެެހ....
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް