ރަށެއްގެ އަތިރިމަތީގައި އާއިލާއެއް ހިތްހަމަ ޖައްސާލަން މަޑުކޮށްލައިގެން (ދައުރު ފޮޓޯ/އައިމިނަތު ޝިފްލީން)
ބޯހިމެނުން 2022: ގިނަ ދިވެހިން މިހާރު 2 ކުދިންނަށް ވުރެ އިތުރަކަށް ނުހޯދާ
މީގެ 30ހަކަށް އަހަރާ އަޅާބަލާއިރު ރާއްޖޭގައި އަންހެނުން ދަރިން ހޯދާ ނިސްބަތްް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމާއި މިހާރު ގިނަ މީހުން ދެ ދަރިންނަށް ވުރެ އިތުރަށް ނުހޯދާ ކަމަށް ބޯހިމެނުމުގެ ތަފާސްހިސާބުތަކުން އެނގިއްޖެ އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގައި އެންމެ ފަހުން ބޯހިމެނުމުގެ މައުލޫމާތު އެއްކޮށްފައިވަނީ މިދިޔަ އަހަރެވެ. އެއިން ދައްކާ ގޮތުން، އޭގެ ކުރިން އެންމެ ފަހުން ބޯހިމެނި 2014 އަހަރާ ބަލާއިރު ދިވެހިންގެ އާބާދީއަށް ބޮޑު ބަދަލެއް ވަނީ އައިސްފަ އެވެ.
އެގޮތުން:
-
2014 ވަނަ އަހަރު ދިވެހިންގެ އާބާދީގައި ހިމެނެނީ 338،434 މީހުން
-
2022 ވަނަ އަހަރު ދިވެހިންގެ އާބާދީގައި އުޅެނީ 382،639 މީހުން
-
އަށް އަހަރުގެ ތެރޭގައި ރާއްޖޭގެ އާބާދީއަށް އިތުރުވީ 44،205 މީހުން
ތަފްސީލް - މިދިޔަ އަހަރުގެ ބޯހިމެނުމުން ދައްކާ ގޮތުގައި، އެވްރެޖްކޮށް އަންހެނަކު ކުދިން ހޯދާ ނިސްބަތް ނުވަތަ ޓީއާރުއެފް ވަނީ، މީގެ ކުރީގެ ބޯހިމެނުން ތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެގޮތުން:
-
1990 ވަނަ އަހަރު އެވްރެޖްކޮށް ދަރިން ހޯދާ ނިސްބަތް އުޅެނީ 6.4ގައި
-
އޭގެ މާނައަކީ މީގެ 30ހަކަށް އަހަރު ކުރިން ގިނަ އަންހެނުން އެވްރެޖްކޮށް ހޯދަނީ 6-7 ކުދިން
-
އެކަމަކު މިހާރުގެ ޓީއާރުއެފްއަށް ބަލާއިރު، އެވްރެޖްކޮށް ގިނަ އަންހެނުން ހޯދަނީ 1.7 ކުދިން
-
ގިނަ މީހުން ހޯދަނީ އެއް ކުއްޖަކު ނުވަަތަ ދެ ކުއްޖަކު؛ ދަރިން ހޯދާ އަދަދު މިހާރު ދެއަކަށް ވުރެ އިތުރެއް ނުވޭ
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ވޭތުވެ ދިޔަ ހަތަރު އަހަރުގެ ބޯހިމެނުމުގައި ވެސް ފެންނަނީ، ޓީއާރުއެފް ދަށްވަމުން ދިޔަ ތަނެވެ. އެގޮތުން:
-
1990 - ކުދިން ހޯދާ ނިސްބަތް އުޅެނީ 6.4ގައި
-
2000 - ކުދިން ހޯދާ ނިސްބަތް، ރެކޯޑު އަދަދަކަށް ތިރިވި. އޭރު ފެނުނީ އެވްރެޖްކޮށް 2.8 ކުދިން ހޯދާ ކަމަށް
-
2006 - ކުދިން ހޯދާ ނިސްބަތް އުޅެނީ 2.2ގައި
-
2014 - ކުދިން ހޯދާ ނިސްބަތް އުޅެނީ 2.5ގައި
-
2022 - އެވްރެޖްކޮށް ހޯދަނީ 1.7 ކުދިން
ބޯހިމެނުމުގައި ބުނި ގޮތުގައި، ރާއްޖޭގައި ދަރިމައިވުމުގެ ނިސްބަތް މިހާރު ވަނީ 'ބިލޯ ރިޕްލޭސްމެންޓް ލެވެލް' ނުވަތަ އާބާދީ އިތުރުވާ ނިސްބަތް ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.
އެނގުން މުހިއްމު - ރާއްޖޭގެ އާބާދީ ދަށްވާ މިންވަރާ މެދު، ކަމާ ބެހޭ އިދާރާތަކުން ވެސް މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. މާހިރުންގެ ނަޒަރުގައި، ދަރިން ހޯދުން މަދުވެފައިވަނީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާއި ސިއްހީ ގޮތުން ވެސް ދަރިމައިނުވުމުގެ މައްސަލަތައް ގިނަވެގެންނެވެ.
ޓްރީޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ކެއާ ކްލިނިކް ހުޅުވައިދެއްވަމުން މިދިޔަ މެއި މަހުގެ ތެރޭގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ވާހަކަފުޅު ދެއްކެވި އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް، ދަރިމައި ނުވުމުގެ މައްސަލަ ކުރިމަތިވެފައި ވާއިރު، އެ ކަމަށް ވަނީ ހައްލެއް ހޯދަން ޖެހިފަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި:
-
ދަރިމައިވުމުގެ ސިއްހަތާ ގުޅިފައިވާ އަސްލު މައްސަލަ ދެނެގަންނަން ޖެހޭ
-
އެއީ ކާބޯތަކެއްޗާ ގުޅުން ހުރި ކަމެއްތޯ ނުވަތަ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުން ހުރި މައްސަލައެއްތޯ ދެނެގަންނަން ޖެހޭ
-
މައްސަލަ ހައްލުކުރުމަށް ފަސޭހަވާނީ، އޭގެ މޫ އޮތީ ކޮން ހިސާބެއްގައިކަން ދެނެވިގެންވޭ
ކޮމެންޓް (2)
ދދދދ
ގޮރޭ