މި އިމާރާތުގެ މަތިން ވެއްޓުނު ދަގަނޑު ހޮޅިއަކުން ޖެހި ސައިކަލު ދުއްވާފައިވާ ދިޔަ މީހެއްގެ ފައިގެ ބޮޑުވާ އިނގިލި ވަނީ ޗިސްވެފައި. (ދައުރު ފޮޓޯ/ހުސައިން ސުނައިން)

މާލޭގައި އިމާރާތަކުން ދަގަނޑު ހޮޅިއެއް ވެއްޓި މީހެއްގެ އިނގިލި ޗިސްވެއްޖެ

ގާތްގަނޑަކަށް 10 ފަންގިފިލާ ހުންނަ އެ އިމާރާތުގެ މަސައްކަތް ކުރަމުން އަންނަނީ އެންމެ މަތީ ދެ ފަންގިފިލާގައި

މާލޭގައި ހަދަމުންދާ އިމާރާތަކުން އިއްޔެ ދަގަނޑު ހޮޅިއެއް ވެއްޓި، މީހެއްގެ ފައިގެ ބޮޑުވައިއިނގިލި ޗިސްވެއްޖެ އެވެ.

ވީ ކިހިނެއް؟ - ފުލުހުން ބުނީ އެ ހާދިސާގައި އަނިޔާ ލިބުނީ 38 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ.

ތަފްސީލު - ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ޗާނދަނީމަގުގައި އިމާރާތް ކުރަމުންދާ ގެއެއްގެ މަތިން، ސައިކަލެއްގައި ދިޔަ މީހެއްގެ ގަޔަށް އެއްޗެއް ވެއްޓި އަނިޔާވެފައިވާ ކަމަށް އިއްޔެ ހަވީރު 3:37 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވެ އެވެ.

  • ގާތްގަނޑަކަށް 10 ފަންގިފިލާ ހުންނަ އެ އިމާރާތުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދަނީ އެންމެ މަތީ ދެ ފަންގިފިލާގައި

  • މަސައްކަތް ކުރަނީ ކޮން ކުންފުންޏަކުން ކަމެއް ފުލުހުން ނުބުނޭ؛ ނަމަވެސް، 'ދައުރު'ން ބެލި ބެލުމުން އެއީ ބެޗް ކޮންސްޓްރަކްޝަން ކަން ވަނީ އެނގިފައި

މި އިމާރާތުގެ ޗާނދަނީމަގާ ވީ ފަޅިއަށް ދާ ޖަހާފައެއް ނެތް. (ދައުރު ފޮޓޯ/ހުސައިން ސުނައިން)
މި އިމާރާތުގެ މަތިން ވެއްޓުނު ދަގަނޑު ހޮޅިއަކުން ޖެހި ސައިކަލު ދުއްވާފައިވާ ދިޔަ މީހެއްގެ ފައިގެ ބޮޑުވާ އިނގިލި ވަނީ ޗިސްވެފައި. (ދައުރު ފޮޓޯ/ހުސައިން ސުނައިން)

އިމާރާތް ހުރި ގޮތަށް ބަލާއިރު، މަސައްކަތް ކުރާ ފަންގިފިލާތަކުގެ އަރިމައްޗަށް ވާ ގޮތަށް ދާ ޖަހާފައި ހުރި ނަމަވެސް، އިމާރާތުގެ ޗާނދަނީމަގަށް ވާ ފަޅިއަށް ދާ ޖަހާފައެއް ނެތެވެ.

ބުނީ ކީކޭ؟ - އަނިޔާ ލިބުނު މީހާގެ އާއިލާއިން 'ދައުރު'އާ ވާހަކަދެއްކި މީހަކު މިއަދު ބުނީ ދަގަނޑުހޮޅިއެއް ވެއްޓުނީ ޗާނދާނީމަގުގައި ޔޫރޯ ސްޓޯރު ފިހާރަ ހިންގާ އިމާރާތުން ކަމަށެވެ.

ފުލުހުންނާއި އާއިލާއިން ވެސް ބުނީ އަނިޔާ ލިބުނު މީހާއަށް އޭޑީކޭގައި އިތުރު ފަރުވާދެމުން އަންނަ ކަމަށެވެ.

"ފަޔަށް އަނިޔާ ލިބުނީ. ބޮޑުވާ އިނގިލި އޮތީ އެއްކޮށް ޗަސްވެފައި. ރޭގައި އެއް ސާޖަރީކުރި،" އާއިލާގެ މެމްބަރަކު ބުންޏެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އެނގުން މުހިންމު - މިފަދަ ހާދިސާއެއް ހިނގިއިރު، ޗާނދަނީމަގުގައި ގިނަ އަދަދެއްގެ ފިހާރަތަކުގެ އިތުރުން ސްކޫލްތައް ވެސް ހުންނާތީ، މިއީ ގިނަ އަދަދަކަށް މީހުން ހިނގައި އުޅަނދުފަހަރު ދަތުރުކުރާ ކާރުބާރު ބޮޑު މަގެކެވެ.

ކޮމެންޓް (1)

ޙިލްމާ

11 ޖޫން 2023
ކިހާ ބޮޑު ގެއްލުމެއް މީހަކަށް ތިޔަ ދެވެނޯ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް