އެމެރިކާ އިން ރާއްޖެއަށް ދޭ އެހީ އިތުރުކުުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން (ފޮޓޯ/ފޮރިން މިނިސްޓްރީ)

ޔޫއެސްއެއިޑް

އެމެރިކާ އިން ރާއްޖެއަށް އިތުރު 7 މިލިއަން ޑޮލަރުގެ އެހީ ދޭން އެއްބަސްވެއްޖެ

އެމެރިކާއިން 2019 އިން ފެށިގެން ރާއްޖެއަށް ފޯރުކޮށްދޭ އެހީގެ އަދަދު 36 މިލިއަން ޑޮލަރަށް އަރާނެ

އެމެރިކާ އިން ރާއްޖެއަށް އިތުރު 7.2 މިލިއަން ޑޮލަރު (110.8 މިލިއަން ރުފިޔާ)ގެ އެހީ ފޯރުކޮށްދޭން ނިންމައި، އެކަމުގެ ލިއުން މިއަދު ބަދަލުކޮށްފި އެވެ.

ވީ ކިހިނެއް؟ - ޔޫއެސްއޭއައިޑީ މެދުވެރިކޮށް އެމެރިކާ އިން ރާއްޖެއަށް ފޯރުކޮށްދޭ އެހީ އިތުރުކުރުމުގެ އެއްބަސްވުމުގައި އެމެރިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޝާޖޭ ޑި އެފެއާޒް ގެބްރިއަލް ގްރައު އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަހުމަދު ހަލީލެވެ.

ތަފްސީލު - މި އެއްބަސްވުމުގެ ދަށުން ދޭ 7.2 މިލިއަން ޑޮލަރުގެ އެހީއާ އެކު 2019 ގައި ފުރަތަމަ ސޮއިކުރި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ދޭ އެހީގެ މިންވަރު 36 މިލިއަން ޑޮލަރަށް (554.4 މިލިއަން ރުފިޔާ) އަރާނެ އެވެ.

މި އެހީގެ ދަށުން އެހީތެރިކަން ފޯރުކޮށްދޭނެ ދާއިރާތަކަކީ؛

  • ޑިމޮކްރެޓިކް ހިންގުންތެރިކަން

  •  އަމިއްލަ ފަރުދުންނާއި މުޖުތަމައުގެ ވިލުންވެރިކަން 

  • ތިމާވެށި ހިމާޔަތްކުރުމާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުން

މި އެއްބަސްވުމުގެ ދަށުން އެމެރިކާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ފުޅާވެ، ދެ ގައުމުން އިސްކަންދޭ ކަންކަން ކުރިއަރުވަން އެހީވެދޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް