އައްޑޫ ގަން އިންޓަނޭޝަނަލް އެއަޕޯޓު މަސައްކަތް ފެށުމަށް ބޭއްވި ރަސްމިޔާތު ތެރެއިން

އައްޑޫ އެއާޕޯޓް ބޮޑު ކުރުމުގެ މަޝްރޫއު ފަށައިފި

މި މަޝްރޫއު ނިންމަން ދީފައިވަނީ ދެ އަހަރު

ރާއްޖޭގެ އެންމެ ދުވަސްވީ، އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ރަސްމީކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ފަށްޓަވައިދެއްވައިފި އެވެ.

ވީ ކިހިނެއް؟ - ގަން އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކޮށް، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން އިންޑިއާގެ ރެނާޓަސް ޕްރޮޖެކްޓްސްއާ ހަވާލުކޮށް، އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކުރީ  މިދިޔަ މާޗު މަހު އެވެ.

ގަން އެއާޕޯޓު ތަރައްގީކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ދޫކޮށްފައިވާ ލައިން އޮފް ކްރެޑިޓްގެ ދަށުން، 17 މިލިއަން ޑޮލަރު (272.2 މިލިއަން ރުފިޔާ) ހަރަދުކޮށްގެންނެވެ.

ތަފްސީލް - މިއަދު އޮތް ރަސްމިޔާތުގައި ރައީސް ސޯލިހް އަރިހުގައި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އަދި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް ގެ ސްޓޭޓް މިނިސްޓަރު ވީ. މުރަލީދަރަން ވެސް ބައިވެރިވެ ވަޑައިގަތެވެ.

އެއާޕޯޓް މަސައްކަތް ފެށުމުގެ ރަސްމިޔާތުގައި އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވީ އެއާޕޯޓްގެ ތަރައްގީއާއެކު ކުރެވޭ އުންމީދަކީ އައްޑޫގެ އާއިލާތައް ރަށުގައި ވަޒަންވެރިވެ، ފަސޭހަ ދިރިއުޅުމެއް އުޅެވޭނެ މާހައުލެއް ބިނާވެގެން ދިއުން ކަމަށެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓު މަޝްރޫއު

  • އަގު: 29.7 މިލިއަން ޑޮލަރު (455.9 މިިލިއަން ރުފިޔާ)

  • ނިންމަން ދީފައިވާ މުއްދަތު: ދެ އަހަރު

  • އަހަރަކު 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ވަރުގެ ޒަމާނީ ވަސީލަތްތަކާ އެކު އިންޓަނޭޝަނަލް ޓާމިނަލެއް ތަރައްގީކުރާނެ

  • އާ ކޮންޓްރޯލް ޓަވަރެއް އިމާރާތްކުރާނެ

  • ފަޔާ ސްޓޭޝަނެއް އިމާރާތްކުރާނެ

  • އެއާޕޯޓަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖާ އެކު ކާގޯ ވަސީލަތްތައް ތަރައްގީކުރާނެ

  • އެއާޕޯޓުގެ މަގުތަކާއި ޕާކިން ސަރަހައްދެއް ތަރައްގީކުރާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް