ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމާ ގުޅޭ ގޮތުން އިދިކޮޅު އިއްތިހާދުން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖޭޕީގެ އަލީ ހުސައިން ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/ހުސައިން ސުނައިން)

ގާސިމް ދެކޮޅު ހެދިޔަސް ޗާގޯސް އެއްވުމުގައި ޖޭޕީގެ ގިނަ ބަޔަކު ބައިވެރިވާނެ: އިއްތިހާދު

ެއުޝާމް ވިދާޅުވީ ޖޭޕީގެ ކައުންސިލް މެމްބަރުން ވެސް ނުރަސްމީ ސިފައެއްގައި އެ މަސައްކަތުގައި ބައިވެރިވާ ކަމަށް

ބައިނައަލްއަގުވާމީ ކަނޑުތަކާ ބެހޭ ޓްރައިބިއުނަލް (އިޓްލޮސް) އިން ޗާގޯސް މައްސަލާގައި ކުރި ހުކުމާ ދެކޮޅަށް މާދަމާ ބާއްވަން ނިންމާފައިވާ އެއްވުމުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ މެމްބަރުން ބައިވެރިނުވާން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އިލްތިމާސްކުރެއްވިޔަސް، އެ ޕާޓީގެ ގިނަ ބަޔަކު އެ ޖަލްސާއިން ފެނިގެންދާނެ ކަމަށް އެ ޖަލްސާ އިންތިޒާމްކުރާ 'ކަނޑު ވިއްކުމާ ދެކޮޅު' ކޯލިޝަނުން މިއަދު ބުނެފި އެވެ. 

އެނގުން މުހިއްމު - މިދިޔަ އޭޕްރިލްގައި އިޓްލޮސް އިން ނިންމި ނިންމާ ގުޅިގެން ދެކުނުގެ އިގްތިސާދީ ސަރަހައްދުން ބައެއް ގެެއްލުނު ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާ ބުނުމަށް ތާއީދުކޮށް، ބައެއް ސިޔާސީ ޕާޓީތަކުގެ އިތުރަށް ކުރީގެ ބައެއް ވަޒީރުންނާއި ކުރީގެ ބަންޑާރަނައިބުން ބައިވެރިވާ އިދިކޮޅު އިއްތިހާދެއް އުފައްދައިގެން ސަރުކާރާ ދެކޮޅަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ވީ ކިހިނެއް؟ - ޗާގޯސް މައްސަލައިގައި އިޓްލޮސްގެ ނިންމުމާ، މި ސަރުކާރުގެ ކޯލިޝަންގައި ހިމެނުނަސް އަންނަ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމާފައިވާ ޖޭޕީން ދެކޮޅެވެ. އެކަމަކު، 'ބާނާބާނާ ތިއްބާ ކަނޑުތައް ވިއްކާލީ'ގެ ނަމުގައި އިދިކޮޅު ކޯލިޝަނުން އިސް ނަގައިގެން ބާއްވާ މުޒާހަރާގައި އެ ޕާޓީން ބައިވެރި ނުވާން މިދިޔަ އަންގާރަ ދުވަހު ގާސިމް އިލްތިމާސްކުރެއްވީ "މާޒީގެ ތަޖުރިބާއަށް ބައްލަވާފަ"އެވެ. 

ބުނީ ކީކޭ؟ - އެ އިއްތިހާދުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ގާސިމް އެގޮތަށް އިލްތިމާސްކުރައްވާފައި ވަނިކޮށް އެ ޕާޓީގެ ބައިވެރިވުމެއް ޖަލްސާގައި އޮންނާނެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް، ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މިހާރު ވެސް ޖޭޕީން މަސައްކަތް ކުރަމުންދަނީ އެ އިއްތިހާދާ އެކު ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ޖުމްހޫރީ ޕާޓީ އަޅުގަނޑުމެން މި މަސައްކަތް ފެށިއިރު ވެސް އެ ބޭފުޅުންގެ ފަރާތްޕުޅުން ލިބެމުންދިޔަ އެހީތެރިކަމާއި އެއްބާރުލުން އަޅުގަނޑުމެންގެ މި މޫވްމެންޓް ގެންދާހާ ހުރިހާ ދުވަހެއްގައި ލިބޭނެ ކަމަށް،" ޖޭޕީގެ އެއްވެސް ބޭފުޅަކު ބައިވެރިނުވާ ނޫސްވެރިންގެ ބައްދަލުވުމުގައި ޝިޔާމް ވިދާޅުވި އެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް: އެއްވުމުގައި ބައިވެރިނުވާން ގާސިމް ވަނީ އިލްތިމާސްކުރައްވާފައި. (ދައުރު ފޮޓޯ/ހުސައިން ސުނައިން)

ޗާގޯސް މައްސަލައިގައި ޖޭޕީން ދެކޭ ގޮތް ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ އިޓްލޮސްގެ ނިންމުމަކީ ރައްޔިތުންނަށް ބޮޑު ގެއްލުމެއް ލިބޭ ކަމަކަށް ވާއިރު، އެ ޕާޓީން އޮންނާނީ އެ އިއްތިހާދާ އެކު ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. 

އެމްއެންޕީގެ ނައިބު ރައީސް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވެސް ވިދާޅުވީ ގާސިމް އެ ގޮތަށް އިލްތިމާސްކުރެއްވި ނަމަވެސް، އެ ޕާޓީގެ ކައުންސިލް މެމްބަރުން ވެސް ނުރަސްމީ ސިފައިގައި އެ އިއްތިހާދާ އެކު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"ޖުމްހޫރީ ޕާޓީން މި ކަމުގައި ރަސްމީ ސިފައެއްގައި ބައިވެރިނުވި ކަމުގައިވީ ނަމަވެސް ޖުމްހޫރީ ޕާޓީގެ އިސްކޮށް އުޅުއްވާ ބޭފުޅުންގެ ތާއީދު އަޅުގަނޑުމެން ކުރިއަށް ގެންދާ ހަރަކާތަށް އެބައޮތް އެހެންވީމާ އަޅުގަނޑު ގަބޫލުކުރަނީ ޖުމްހޫރީ ޕާޓީން ރަސްމީ ސިފައެއްގައި އަޅުގަނޑުމެންނާ ނުގުޅުނު ކަމުގައި ވިޔަސް އެ ބޭފުޅުންގެ ބޮޑު ޕަސެންޓޭޖެއް، ގިނަ ބޭފުޅުންގެ ތާއީދު މި ކަމުގައި އޮތް ކަމަށް،" އުޝާމް ވިދާޅުވި އެވެ.

މި މައްސަލައިގައި ޖޭޕީން ހިޔާލު ތަފާތުވެ، ދެފަޅިވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ވާހަކަދެއްކެވުމަށް އޭނާ އުޒުރުވެރިވެވަޑައިގެންނެވި އެވެ.

އެނގުން މުހިއްމު - 'ބާނާ ބާނާ ތިއްބާ ތިޔަވިއްކާލީ ކަނޑު'ގެ ނަމުގައި އޮންނަ ޖަލްސާ ބާއްވަނީ ކާނިވާ ސަރަހައްދުގައި ރޭގަނޑު 8:30ގަ އެވެ. އެ ޖަލްސާއަކީ "ގައުމީ އަދި ވަތަނީ" އެއްވުމެއްގެ ގޮތުގައި އެ އިއްތިހާދުން ސިފަކުރާއިރު، އެ ބޭފުޅުން ގެންދަވަނީ އިޓްލޮސްގެ ނިންމުމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރަމުންނެވެ. މިއަދު އެ ބޭފުޅުން ވިދާޅުވީ މިހާތަނަށް 60،000 މީހުން އެ ޕެޓިޝަންގައި ސޮއިކޮށްފައިވާ ކަމަށެވެ.

ކޮމެންޓް (2)

ހައްޕު

1 ޖޫން 2023
ތިކަން ކުރާ ބޮޑޭންނަށް އެނގޭ ، މިއީ އިންތިޚާބާއި ދިމާކޮށް ކޮށްލާ ، ތާކުންތާކު ނުޖެހޭ ކަމެއްކަން . އެކަމަކު ތިބުނާ 60000 މީހުންނަކީ މިފަދަ ކަންކަން ރޭކާލާ ބައެއް ނޫންހެން ހީވަނީ . ކާކުތަ ކަނޑު ވިއްކާލީ ؟ އެންމެ ފަހުން ފ.އަތޮޅު ކަނޑާއެކު ވިއްކާލަން އުޅުނީ އަދުރޭމެންގެ ބޮސް. ސަލާމް
0 0

ނަމަސްތޭ

1 ޖޫން 2023
ނުވާނެ. ތިއީ ކުށްހީއެެއް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް