ނައީމާ ދިރިއުޅެމުން ދިޔަ އަންނާރުމާގެ ކައިރި

ނައީމާ މަރާލުމަށް ބޭނުންކުރި ދެ ވަޅި ހޯދައިފި

އެތަކެތި ހޯދާފައި ވަނީ ވަޅެއް ކޮނެ އަންދާލުމަށް ފަހު ފަސް އަޅައި ފޮރުވާފައި ހުއްޓާ

ނ. މަނަދޫގައި، މިދިޔަ މަހުގެ ކުރީކޮޅު ގެއެއްގެ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު ނައީމާ މޫސާ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރާއި ހަމަލާދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެންތިބި އަންނައުނު ފުލުހުން އެ ރަށުން ހޯދައިފި އެވެ.

ވީ ކިހިނެއް؟ - ނައީމާގެ މަރުގައި ތުހުމަތުކުރެވޭ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބިކަން ފުލުހުންގެ ކޮމިޝަނަރު މުހައްމަދު ހަމީދު ވަނީ މިއަދު ހާމަކުރައްވާފަ އެވެ. އަދި މައްސަލައިގެ ތަހުގީގަށް މުހިންމު ހެކިތަކެއް ހުރިކަމަށް ބެލެވޭ ތަނެއް ފުލުހުން ބަލާ ފާސްކުރަމުން އަންނަ ކަމަށް ވެސް ކޮމިޝަނަރު މީގެ ދެ ގަޑިއިރެއް ހާއިރު ކުރިން ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވި އެވެ.

ބުނީ ކީކޭ؟ - އެ މައްސަލައިގެ ފަހުގެ މައުލޫމާތު ދެއްވަމުން ސީޕީ ދާދި ދެންމެއަކު ކުރެއްވި ޓުވީޓެެއްގައި ވިދާޅުވީ:

  • ނައީމާ މަރާލުމަށް ބޭނުންކުރިކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރު ހޯދިފައިވޭ

  • ހަމަލާދިން ވަގުތު އެކަމުގައި ބައިވެރިވި މީހުން ލައިގެން ތިބި އަންނައުނު ހޯދިފައިވޭ

  • އެތަކެތި ހޯދީ، ވަޅުގަނޑެއް ކޮނެ އެތަކެތި އަޅާ، އަންދާލުމަށްފަހު ފަސްއަޅާ ފޮރުވާފައިވާތަން ކޮނެގެން 

ފާހަގަކޮށްލެވޭ - ފުލުހުން އެތަކެތި ހޯދާފައި ވަނީ މަނަދޫ "ނާމަގު" ކިޔާ ސަރަހައްދު ހޭޅިފަށާ ދިމާލުން ކަމަށް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.

އެނގުން މުހިއްމު- އިތުބާރު ހުރި މަސްދަރަކުން 'ދައުރު'އަށް ކަށަވަރުވެފައިވާ ގޮތުގައި:

  •  މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 20-25 އަހަރުގެ ދެ ޒުވާނުން

  • އެ ދެ މީހުންނަކީ ރަށު ތެރޭ ގްރޫޕް ހަދައިގެން މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުވާ ބައެއް

  • އޭގެ ތެރެއިން އެކަކު ވަނީ މީގެ ދެތިން ދުވަހެއް ކުރިން ހައްޔަރުކޮށްފައި؛ އޭނާ ވަނީ ނައީމާގެ މަރުގައި ބައިވެރިވި ކަމަށް ތަހުގީގުގައި ބުނެ، އެކަމާ ގުޅޭ ބައެއް ހެކިތައް ހުރި ތަންތަން ފުލުހުންނަށް ކިޔައިދީފަ

  • ފުލުހުން ފާސްކުރީ އެ ތަން 

އިތުރު އާޓިކަލް

އިތުރު އާޓިކަލް