ދުވާފަރު ކައުންސިލް

ރ. ދުވާފަރު

ކައުންސިލެއްގެ އެންމެ ބޮޑު ހިޔާނާތް: އެކަމަކު ޕީޖީގެ ވިސްނުން ދައުވާނުކޮށް އެއްބަސްވުމެއް ހަދަނީ

2 މިލިއަން ރުފިޔާގެ މައްސަލާގައި ޖިނާއީ ދައުވާއެއް އުފުލަން ޖެހޭ ވަރުގެ ކަމެއް ނުފެނުނު

ރ. ދުވާފަރު ކައުންސިލުގެ 2 މިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލައިގައި އަށް މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވި ނަމަވެސް ދައުވާ ނުކުރަން އެ އޮފީހުން ނިންމައިފި އެވެ. 

ވީ ކިހިނެއް؟ ދުވާފަރު ކައުންސިލުން 2 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ހިޔާނާތް ހިންގައި ކައުންސިލް މެމްބަރުންގެ އަމިއްލަ އެކައުންޓުތަކަށް ފައިސާ ޖަމާކުރި މައްސަލަ ފާހަގަވީ، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކުރި ހާއްސަ އޮޑިޓަކުންނެވެ. އެ މައްސަލަ ބެލުމަށް ފަހު އެލްޖީއޭ އިން ވަނީ އެ ކައުންސިލްގެ ހުރިހާ މެމްބަރުން ސަސްޕެންޑުކޮށްފަ އެވެ. އެކަމަކު ތަހުގީގަށް ފަހު ހުރިހާ މެމްބަރުން މިހާރު ވަޒީފާއަށް ނުކުންނަވަ އެވެ.

އެއްވެސް ލިޔެކިއުމެއް ނެތި ޖަމާކޮށްފައިވާ ފައިސާގެ އަދަދުތައް:

  • އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅު - 711،6174ރ.

  • ކައުންސިލް މެމްބަރު މުހައްމަދު ޝާމް (އެމްޑީޕީ) - 447،837ރ.

  • ކައުންސިލްގެ ނައިބު ރައީސް އިޒްމީލް އަހުމަދު (ޕީޕީއެމް) - 237،548ރ.

  • ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހު - 165،200ރ.

  • ކައުންސިލް މެމްބަރު ޒުހުދާ އާދަމް (ޕީޕީއެމް) - 127،058ރ.

  • ކައުންސިލް މެމްބަރު އައިމިނަތު ސަލާހު (ޕީޕީއެމް) - 84،035ރ.

  • އަންހެނުންގެ ކޮމިޓީ ރައީސް އައިމިނަތު އަހުމަދު- 65،700ރ.

  • ކޮންޓްރެކްޓް މުވައްޒަފު އަހުމަދު ޝާމިލް - 5،000ރ.

  • މާލިއްޔަތު ގަވައިދާ ހިލާފަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުންގެ އަމިއްލަ އެކައުންޓުތަކަށް 1.7 މިލިއަން ރުފިޔާ ޖަމާކޮށްފައިވޭ

އެ މައްސަލައިގައި މިދިޔަ މާޗު މަހުގެ ތެރޭ:

އެ އަށް މީހުންނަކީ:

  • 1- ކައުންސިލްގެ ރައީސް ހަސަން ހަކީމް

  • 2- ކައުންސިލްގެ ނާއިބު ރައީސް އިޒްމީލް އަހުމަދު

  • 3- ކައުންސިލްގެ އޭރުގެ މެމްބަރު އަހްމަދު ސަމޫހު

  • 4- ކައުންސިލްގެ މެމްބަރު މުހައްމަދު ޝާމް

  • 5- ކައުންސިލްގެ މެމްބަރު ޒުހުދާ އާދަމް

  • 6- ކައުންސިލްގެ މެމްބަރު އާމިނަތު ސޮލާހު

  • 7- ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހު

  • 8- ކައުންސިލް އިދާރާގެ އޭރުގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅު

މި އެންމެންގެ މައްޗަށް ވެސް ކޮށްދިނުމަށް އެދިފައިވާ ދައުވާތަކަކީ:

  • ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ

  •  ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ

  •  ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ

ތަފްސީލް - އެ މައްސަލާގައި ދައުވާ ނުކުރަން ނިންމާފައިވާކަން ފާހަގަކޮށް ޕީޖީ އޮފީހުން 'ދައުރު' އަށް ވިދާޅުވީ، ވިސްނުން ހުރީ އިއުތިރާފުގެ އެއްބަސްވުމެއް ނުވަތަ ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް ކަމަށެވެ.

"އަދި ނިންމުން ފައިނަލެއް ނުވޭ. ދުވާފަރު ކޭސްގައި ހުރީ ޕްރޮސީޖަރަލް މައްސަލަތަކެއް. ފައިސާ ބެލެހެއްޓުމުގައި ހުރި އުސޫލީ މައްސަލަތަކެއް،" ދައުވާ ނުކުރަން ނިންމި ސަބަބާ ބެހޭ ގޮތުން ސުވާލުކުރުމުން ޕީޖީ އޮފީހުން ބުންޏެވެ.

އެނގުން މުހިންމު - މި މައްސަލަ މިދިޔަ އަހަރުގެ ޖުލައި މަހު އޭސީސީއަށް ހުށައެޅުމާ އެކު، ހާއްސަ ޓީމަކުން އެ ރަށަށް ގޮސް، ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރި އެވެ. އަދި، ދެ މަސް ތެރޭގައި މައްސަލަ ނިންމައި ޑިއުޓީ ޕްރޮސިކިއުޝަނަށް ފޮނުވާފައިވެ އެވެ.

އެލްޖީއޭ އިން ކުރިން އާންމުކުރި މޮނިޓަރިން ރިޕޯޓުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަން:

  • ނަގުދު ފައިސާ އިން އެއްވެސް ހުއްދައެއް އަދި ލިޔެކިއުމެއް ނެތި ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުންނާއި ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހަވާލުކޮށްފައިވޭ

  • ޒަކާތަށް ދޭން ޖެހޭ ގާތްގަނޑަކަށް 400،000ރ. ވެސް ޖަމާކޮށްފައިވަނީ މެމްބަރުންގެ އަމިއްލަ އެކައުންޓްތަކަށް

  • ދައުލަތުގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި ގެންގުޅުމާއި ހިސާބުތައް ބެލެހެއްޓުމަށް ކައުންސިލަރުންނާއި މުވައްޒަފުން ވަނީ އިހުމާލުވެފައި

  • އެއްވެސް ލިޔެކިއުމެއްގައި ސޮއިކުރުމެއް ނެތި ކައުންސިލަރުންނަށާއި އަންހެނުންގެ ކޮމިޓީގެ ބޭނުމަށް ކައުންސިލުން ފައިސާ ދޫކޮށްފައިވަނީ ކޮން ބޭނުމަކަށްކަން އެނގޭކަށް ނެތް؛ އެއްވެސް ލިޔެކިއުމެއްނެތ ި142،321.08ރ ވަނީ ދޫކޮށްފައި

  • މުސާރައިން އުނިކުރެވޭ ގޮތަށް ކައުންސިލްގެ މުވައްޒަފުންނަށް ނަގުދު ފައިސާ ދޫކޮށްފައިވޭ

ކޮމެންޓް (1)

ބްރިޓޯ

26 މޭ 2023
ޕީޖީއަކީ ރާއްޖޭގެ ތާރީޚުގައި ރަންއަކުރުން ފަވާލެވޭ އެންމެ ބޮޑަށް ކޮރަޕްޓް ވެފައިހުރި މީހާ. ދެން ކިހިނެއްތޯވާނީ. އަދީބުގެ މުސާރަ ވެރިއެއް. ތިޔަޖުޑިޝަރީއަށް ހޮނުއެޅިގެން ނޫން ގޮތަކަށް ތިތަން ރަގަޅެއްނުވާނެ. މިއީ 100 ޕަސެންޓް އިސްލާމް ޤައުމެކޭ ކިޔާ ދަޢުވާ ތަނެއް. ލަދުވެސް ގަނޭ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް