ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަކުރަން ބޭއްވި ހެލްތު ސްކްރީނިން ޕްރޮގްރާމްގެ ތެރެއިން -- ފޮޓޯ/ އާބަންކޯ

ސިއްހަތު

ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަކުރަން ހެލްތު ސްކްރީނިން ޕްރޮގްރާމެއް

ހުޅުމާލޭގައި ހިންގަމުން އަންނަ ހޮސްޕިޓަލްތަކާ ގުޅިގެން މި ޕްރޮގްރާމް އިންތިޒާމުކޮށްފައިވަނީ އާބަންކޯ އިން

ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށިތާ 19 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ހަރަކާތްތަކުގެ ތެރެއިން އާބަންކޯ އާއި ހުޅުމާލޭގައި ހިންގަމުން އަންނަ ހޮސްޕިޓަލްތައް ގުޅިގެން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހެލްތު ސްކްރީނިން ޕްރޮގްރާމްތަކެއް މިއަދު ކުރިއަށް ގެންގޮސްފި އެވެ.

ވީ ކިހިނެއް؟ - އާބަންކޯއިން މީޑިއާތަކަށް ފޮނުވި ބަޔާނެއްގައި ބުނި ގޮތުގައި:

  • އިއްޔެ ހަވީރު 4 އިން އިރުއޮއްސި 6އާ ހަމައަށް ހުޅުމާލޭގެ ދެ ސަރަހައްދެއްގައި މި ޕްރޮގްރާމް ކުރިއަށްދިޔަ 

  • އެއީ ހުޅުމާލެ ފޭސް އެކެއްގެ ރުއްގަނޑު 1 ސަރަހައްދު އަދި ރުށްގަނޑު 3 ސަރަހައްދު

ތަފްސީލް - މި ޕްރޮގްރާމް މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައި ވަނީ ރާއްޖޭގައި އާންމުކޮށް ފެންނަ ގައިން ގަޔަށް ނާރާ ބަލިތަކަށް ކަމަށް އާބަންކޯ އިން ބުންޏެވެ. އެގޮތުން:

  • މި ތިން ސަރަހައްދުގައި ވެސް މިފަދަ ބަލިތަކުގެ ހިރާސް ދެނެގަތުމުގެ ޓެސްޓުތައް ހެދި

  • އޭގެ ތެރޭގައި ހަކުރު ޓެސްޓާއި ޕްރެޝަރު އަދި ބީއެމްއައި ބަލައި މިކަންކަމާ ގުޅުންހުރި މައުލޫމާތު އާންމުންނަށް ފޯރުކޮށްދިން

  • ރުށްގަނޑު 1 ސަރަހައްދުގައި ހުޅުމާލެ ހޮސްޕިޓަލުގެ ފަރާތުން ބަލާފައިވަނީ ހިތުގެ ބަލިތަކުގެ ހިރާސްތައް

  • ރުށްގަނޑު 3 ސަރަހައްދުގައި ހިޔާ މެޑިކަލް ސެންޓަރުގެ ފަރާތުން ކުޑަކުދިންގެ ހެދިބޮޑުވުމާއި ދަތުގެ ފަރުވާގެ ޗެކަޕްތައް ހަދާފައި

"ހުޅުމާލޭގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިކަހަލަ ހަރަކާތެއް ކުރިއަށްގެންދިއުމުގެ މައިގަނޑު މަގްސަދަކީ ހުޅުމާލޭގެ ރައްޔިތުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ ބަޔަކަށް ހަދައި މިކަން ކަމަށް އާންމުން އަހުލުވެރި ކުރުވުން،" އާބަންކޯ އިން ބުންޏެވެ.

އެނގުން މުހިއްމު - ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށިތާ 19 އަހަރު ފުރިފައިވަނީ މި މަހުގެ 12 ވަނަ ދުވަހު އެވެ. އެ ދުވަސް ފާހަގަކުރުމަށްޓަކައި އާބަންކޯ އިން ގިނަ ހަރަކާތްތަކެއް އިންތިޒާމުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް