ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން އދ. ފެންފުށި ޕްރީސްކޫލުގައި ހެދި ޕާކު. (ފޮޓޯ/ބީއެމްއެލް

ބީއެމްއެލް

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ފެންފުށި ޕްރީސްކޫލުގައި ޕާކެއް ހަދައިފި

މި ޕާކު މިހާރު ވަނީ ޕްރީސްކޫލު ކުދިންނަށާއި އާންމުންނަށް ހުޅުވާލާފައި
14 މޭ 2023

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުގެ ދަށުން އދ. ފެންފުށި ޕްރީސްކޫލު މަރާމާތުކޮށް، އެ ތަނުގައި ކުޑަކުދިންގެ ޕާކެއް ތަރައްގީކޮށްފި އެވެ.

ވީ ކިހިނެއް؟ - މި މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ ފެންފުށީގައި ހިންގަމުން އަންނަ ޖަމިއްޔާއެއް ކަމަށްވާ ފެންފުށި ޒުވާނުންގެ ދިރުމުގެ ފަރާތުންނެވެ. މި ޕާކު މިހާރު ވަނީ ޕްރީސްކޫލު ކުދިންނަށާއި އާންމުންނަށް ހުޅުވާލާފަ އެވެ.

ބުނީ ކީކޭ؟ - ފެންފުށި ޒުވާނުންގެ ދިރުމުގެ ރައީސް އަހުމަދު އަބްދުލް މުހުސިން ވިދާޅުވި ގޮތުގައި، މި މަޝްރޫއުގެ ދަށުން އެ ޖަމިއްޔާގެ އެންމެ ބޮޑު މަގުސަދަކަށްވީ ޕާކު ތަރައްގީކޮށް، ހިތްހަމަޖެހުމާއި އުފަލުގެ ތެރެއިން އެކުވެރި، ބަދަހި އާއިލާތަކެއް އުފައްދައި އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުމެވެ.

"މި ރަށުގައި ކުޑަކުދިންގެ ޕާކެއް ނުހުރޭ. އެހެންކަމުން، ޖަމިއްޔާގެ ފަރާތުން ރައްޔިތުންނަށް މިވަރުގެ ހިދުމަތެއް ކޮށްދެވުނީތީ ވަރަށް އުފާކުރަން. މި ފުރުސަތުގައި ބީއެމްއެލްއިން މުޖުތަމައިގެ ލާބައާއި މަންފާއަށް ކުރަމުންދާ މަސައްކަތަށް ޝުކުރު އަދާކުރަން،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ ދަށުން އދ. ފެންފުށި ޕްރީސްކޫލުގައި ހެދި ޕާކު. (ފޮޓޯ/ބީއެމްއެލް

އެނގުން މުހިންމު - ބީއެމްއެލް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް