އިނގިރޭސި ރަސްގެފާނު ޗާލްސް ރަސްކަމަށް ކޮލިލުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އިނގިރޭސިވިލާތަށް ފުރާވަޑައިގަތުމަށް ރައީސްގެ ދެކަނބަލުން އަދި ނައިބު ރައީސް ފައިސަލް ނަސީމް މިރޭ އެއާޕޯޓުގައި. (ފޮޓޯ/ރައީސް އޮފީސް

ޗާލްސް ރަސްކަމަށް ކޮލިލުމުގެ ރަސްމިއްޔާތަށް ރައީސް އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި

ރަސްގެފާނު ޗާލްސް ރަސްކަމަށް ކޮލިލުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ ހޮނިހިރު ދުވަހު
3 މޭ 2023

އިނގިރޭސި ރަސްގެފާނު ޗާލްސް ތިން ވަނަަ ރަސްކަމަށް ކޮލިލުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން މިރޭ އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި އެވެ.

އެނގުން މުހިއްމު - ރަސްގެފާނު ޗާލްސް ރަސްކަމަށް ކޮލިލުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީހުން މިރޭ ނެރުނު ކުރު ބަޔާނެއްގައި ވަނީ ރައީސްގެ ދެކަނބަލުން ފުރާވަޑައިގެންނެވި ކަމަށް ބުނެފަ އެވެ. ނަމަވެސް، އެ ދެކަނބަލުން އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ދުވަހެއް އެ އޮފީހަކުން ނުބުނެ އެވެ.

ތަފްސީލް - ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ހެނދުނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި:

  • މި ދަތުރުފުޅުގައި، ކޮމަންވެލްތު ގައުމުތަކުގެ ލީީޑަރުންގެ ހަރަކާތެއްގައި ވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެ 

  • ބޭރުގެ އިއްޒަތްތެރިންނަށް ބާއްވާ ހަފްލާގައި ވެސް އެ މަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ

ރަސްގެފާނު ޗާލްސް، އިނގިރޭސި ތަހުތަށް ވަޑައިގަތީ މަންމާފުޅު، ކުއީން އެލިޒަބަތު މިދިޔަ ސެޕްޓެމްބަރު މަހު އަވަހާރަވުމުންނެވެ. ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ވެސް ރައީސް ސޯލިހު އޭރު ލަންޑަނަށް ވަޑައިގެންނެވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް