ރ. އިނގުރައިދޫ. (ފޮޓޯ/އައިލްސް.އެމްވީ

ރ. އިނގުރައިދޫ

އިނގުރައިދޫގައި ސަފާރީއެއްގެ ބުރަފަތީގައި ބޯ ޖެހިގެން މީހަކު މަރުވެއްޖެ

އަވަހާރަވީ ރަސްކަތީމު ރަށު ކައުންސިލުގެ ކުރީގެ ނައިބު ރައީސް މުހައްމަދު އިބްރާހިމް؛ އޭނާ މޫދަށް ފޭބީ ސަފާރީގެ ބުރަފަތީގައި ވަލެއް އޮޅިގެން އެ ނައްޓަން

ރ. އިނގުރައިދޫ ފަޅުތެރޭގައި އޮތް ސަފާރީއެއްގެ ބުރަފަތީގައި ޖެހިގެން، އެ އަތޮޅު ރަސްކަތީމު ރަށު ކައުންސިލުގެ ކުރީގެ ނައިބު ރައީސް މުހައްމަދު އިބްރާހިމް މިއަދު އަވަހާރަވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރަސްކަތީމު ކައުންސިލްގެ މިދިޔަ ދައުރު ނައިބު ރައީސްކަން ކުރެއްވި މުހައްމަދު އިބްރާހިމް، 55، އަވަހާރަވީ މިއަދު ހަވީރު 5:30 ހާއިރު އެވެ. މުހައްމަދު އަވަހާރަވީ އޭނާ މިހާރު މަސައްކަތްކުރަމުން އަންނަ ސަފާރީ އިނގުރައިދޫ ފަޅުގައި އެޅުމަށް މޫދަށް ފައިބާ އުޅެނިކޮށް، އެ ސަފާރީގެ ބުރަފަތީގައި ޖެހިގެންނެވެ.

ތަފްސީލް - އިނގުރައިދޫ ކައުންސިލުގެ ރައީސް މުހައްމަދު ޖަލީލު މިރޭ 'ދައުރު'އަށް ވިދާޅުވީ، މުހައްމަދު މޫދަށް ފޭބީ ސަފާރީގެ ބުރަފަތީގައި ވަލެއް އޮޅިގެން އެ ނައްޓަން ކަމަށެވެ.

  • އޭނާ ފޭބިއިރު ބުރަފަތި އިނީ ކަނޑާނުލާ

  • މޫދުން ނެގިއިރު ވެސް ވަނީ އަވަހާރަވެފައި

  • ބޮލުގެ ސިކުނޑި ވަޅާ ދިމާލުން މެދުން އެއްކޮށް ވަނީ ކޮށައިގެން ގޮސްފައި

  • މޫދުން ނެގި ގޮތަށް، ހަވީރު 5:50 ހާއިރު އޭނާ އިނގުރައިދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައިވޭ

  • އޭނާގެ ހަށިގަނޑު އަދި އޮތީ ސިއްހީ މަރުކަޒުގައި

އެނގުން މުހިންމު - މި މައްސަލައިގެ ތަހުގީގު ފުލުހުން ފަށާފައި ވާއިރު، މުހައްމަދުގެ އާއިލާގެ ބައެއް މީހުން މިހާރު އިނގުރައިދޫގައި އެބަތިއްބެވެ. އެ މީހުން ބޭނުންވަނީ، އެނގިފައިވާ ގޮތުގައި، މޫނުދައްކާ ނިމުމުން ވީހާ ވެސް އަވަހަކަށް މުހައްމަދުގެ ޖަނާޒާ ބާއްވާށެވެ. 

އެ ހާދިސާ ހިނގިއިރު އެ ސަފާރީގެ ފަޅުވެރިއެއް ގޮތަށް މަސައްކަތް ކުރަމުން އައި މުހައްމަދުގެ އަންބަކާއި އެއް ކުއްޖަކު ދުނިޔޭގައި އެބަތިއްބެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް