މޭޑޭ ހިނގާލުން (ދައުރު ފޮޓޯ/ހުސައިން ސުނައިން

މޭ ޑޭ

މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ގޮވާލާ މޭޑޭ ހިނގާލުން ބާއްވައިފި

މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަސް، މޭޑޭއާ ގުޅިގެން ރާއްޖޭގެ އެކި މަސައްކަތްތެރިންގެ ޔޫނިއަންތަކުން އެއްވެ، މާލޭގައި މިއަދު ހިނގާލުމެއް ބާއްވައިފި އެވެ. އެ ހިނގާލުމުގެ ބައިވެރިން ގޮވާލާފައިވަނީ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށެވެ.

ވީ ކިހިނެއް؟- މަސައްކަތްތެރިންގެ ޔޫނިއަންތައް ތަމްސީލްކުރާ، މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ)އިން އިންތިޒާމްކޮށްގެން މިއަދު ހަވީރު 4-6 އަށް ބޭއްވި މި ހިނގާލުމުގައި ރާއްޖޭގައި ހިންގާ އެކި މަސައްކަތްތެރިންގެ ޖަމިއްޔާތަކުން ވަނީ ބައިވެރިވެފަ އެވެ. 

އެ ހިނގާލުން ކުރިއަށް ގެންދިޔައީ ރަސްފަންނުން ފެށިގެން މަޖީދީ މަގުން އާޓިފިޝަލް ބީޗް ސަރަހައްދާ ހަމައަށެވެ.

މޭޑޭ ހިނގާލުން (ދައުރު ފޮޓޯ/ހުސައިން ސުނައިން
މޭޑޭ ހިނގާލުން (ދައުރު ފޮޓޯ/ހުސައިން ސުނައިން

ތަފްސީލް- މޭޑޭ ރެލީގެ ނަމުގައި ބޭއްވި މި ހިނގާލުމުގައި ބައިވެރިވި މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތުކުރާ ޖަމިއްތަކުން ގޮވާލާފައިވަނީ:

ޓޫރިޒަމް އެމްޕްލޯއީޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)

  • ރިސޯޓު މުވައްޒަފުންނަށް ހަފްތާއަކު ދެ ދުވަހު އޮފް ދިނުން

  • ރިސޯޓު މުވައްޒަފުންނަށް ތުނބުޅި ބެހެއްޓޭގޮތަށް އުސޫލު ބަދަލުކުރުން

  • ރިސޯޓު މުވައްޒަފުންގެ %55 އަކީ ދިވެހިންނަށް ހެދުން

  • މަސައްކަތްތެރިންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުންް

މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސްް ޔޫނިއަން

  • ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ސިއްހީ ހިދުމަތްތެރިން ހަމަކުރުން

  • ވަޒީފާގެ ކުރިއެރުން ލިބޭ އޮނިގަނޑަށް ސަޕޯޓް ސްޓާފުން ހިޖުރަކޮށްދިނުން

  • ހޮސްޕިޓަލްތަކުގައި ޗައިލްޑް ކެއާ ފެސިލިޓީސް ގާއިމުކުރުން

  • ހެލްތު ފައިނޭންސިންގެ އެކައުންޓަބިލިޓީ އަދި ޓްރާންސްޕޭރެންސީ ކަށަވަރުކުރުން

  •  ފަންނީ ތައުލީމާ ތަމްރީނު ހަމަހަމަކަމާ އެކު ފޯރުކޮށްދިނުން  

  • ހޮސްޕިޓަލްތަކުގެ ހިންގުން ސިޔާސީ ނުފޫޒުން މިނިވަންކުރުން

  • މުވައްޒަފުންނަށް ހަފްތާއަކު ދެ ދުވަސް އޮފް ދިނުން

މޯލްޑިވްސް ޕޯޓްސް ވޯކާޒް ޔޫނިއަން

  • އެމްޕީއެލް ފްލެޓުތަކުގެ އަގު ކުޑަކޮށްދިނުން

  •  މިނިމަމް ވޭޖު ކަނޑައެޅުމުގައި ބޮޑެތި ކުންފުނިތަކާ އެއްވަރަށް ބޭސިކް ސެލެރީ ދިނުން

  • މަސައްކަތުގެ ގަޑިއިރު 7 ގަޑިއިރަށް ކުޑަކޮށްދިނުން

  • ހަފްތާއަކު އެއް ދުވަސް އޮފް ދިނުން

މޭޑޭ ހިނގާލުން (ދައުރު ފޮޓޯ/ހުސައިން ސުނައިން
މޭޑޭ ހިނގާލުން (ދައުރު ފޮޓޯ/ހުސައިން ސުނައިން

ޓީޗާާޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް

  • ކޮންމެ ޓީޗަރަކަށް އިށީންނާނެ ގޮނޑިއަކާ މޭޒެއް ދިނުން

  • މަސައްކަތުގެ އިތުރު ގަޑި ލިމިޓްނުކުރުން

  • ކޮންމެ މުދައްރިސަކަށް ހަފްތާއަކު އެއް ދުވަސް އޮފް ދިނުން

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން

  • ކަންނެލި ގަނެވޭނެ އެންމެ ދަށް އަގު ކަނޑައެޅުން

  • މިފްކޯއިން ކަންނެލި ގަންނަން ފެށުން

މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)

  • ތަޖުރިބާ ލިބިފައިވާ ނުވަތަ ގްރެޗުއޭޓް ނޫސްވެރިންގެ ފެށޭ މުސާރައަކަށް އެންމެ މަދުވެގެން 15،000ރ. ދިނުން 

  • ނޫސްވެރިންގެ ރަސްމީ މަސައްކަތުގަޑީގެ ބޭރުން މަސައްކަތް ކުރާ ވަގުތުތަކަށް އިތުރުގަޑީގެ ފައިސާ ދިނުން

  • ނޫސްވެރިންގެ މުސާރަ އުނިކުރުމުގައި ގެންގުޅޭ ބޭއިންސާފު ގޮތްތަކަށް ނިމުމެއް ގެނައުން

  • ޖިންސީ ތަފާތުކުރުންތައް ނައްތާލައި އިންކްލޫސިވް ނިއުސްރޫމްތައް ގާއިމްކުރުން

  • ނޫސްވެރިކަމުގެ މިނިވަންކަން ނަގާލުމާއި ނޫސްވެރިންނާ ދެކޮޅަށް ހިންގޭ ޖަރީމާތަކުގެ މައްސަލަތައް އަވަސް، ހަރުދަނާ ގޮތެއްގައި ބަލައި ތުހުމަތުވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސްދިނުމަށް 

  • އެގްރިމަންޓެއް ނެތި ނޫސްވެރިން ލައްވާ މަސައްކަތް ކުރުވުން ހުއްޓާލުން

  • ނޫސްވެރިންގެ މަސައްކަތުގެ ސަބަބުން އެ މީހުންނަށް ކުރިމަތިވާ ނުރައްކާތަކުން ސަލާމަތްތެރިކަން ލިބޭނޭ ގައުމީ ނިޒާމެއް ގާއިމްކޮށްދީ

  • ގާނޫނުން ކަށަވަރުކޮށްދީފައިވާ އޮފް ޑޭތަކާއި ޗުއްޓީތައް ނޫސްވެރިންނަށް ވެސް ލިބިދިނުން 

އިތުރު އާޓިކަލް

އިތުރު އާޓިކަލް