މީމު އެއާޕޯޓުގެ ރަންވޭ މަސައްކަތް ކުރަނީ. (ފޮޓޯ/އެމްޓީސީސީ

މީމު އެއާޕޯޓުގެ ރަންވޭގެ މަސައްކަތް ފަށައިފި

އެ މަޝްރޫއުގެ ދަށުން 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ހަދާނެ

މ. އަތޮޅުގައި ތަރައްގީކުރާ 'މީމު އެއާޕޯޓް' މަޝްރޫއުގެ ދަށުން، އެ އެއާޕޯޓުގެ ރަންވޭގެ މަސައްކަތްތައް އިއްޔެ ފަށައިފި އެވެ. 

ވީ ކިހިނެެއް؟ - މި އެއާޕޯޓުގެ ރަންވޭގެ އޭބީސީ މަސައްކަތްތައް އިއްޔެ ފެށިއިރު، އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނީ، އެ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާ އަލިފާން ނިއްވާ އިމާރާތުގެ %90 މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ.

'މީމު އެއާޕޯޓް' މަޝްރޫއު

ޖުމްލަ 230.10 މިލިއަން ރުފިޔާގެ 'މީމު އެއާޕޯޓު' ތަރައްގީކުރަނީ އެ އަތޮޅު މުލީގަ އެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 28 ފެބްރުއަރީ 2021ގަ އެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް އެ ކުންފުނިން ފެށީ އެ އަހަރުގެ އޭޕްރީލް މަހު އެވެ.

މި މަޝްރޫއުގެ ދަށުން:

  • 14 ހެކްޓަރުގެ ބިން ހިއްކާނެ

  • 1812 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރާނެ

  • 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއެއް ގާއިމުކުރާނެ

  • ޓެކްސީވޭއަކާއި އޭޕްރަންއެއް ހެދުމުގެ މަސައްކަތް ވެސް ކުރާނެ 

އެނގުން މުހިންމު - މ. އަތޮޅަކީ، މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ފުރައިގެން 30 މިނެޓުން އެއާޕޯޓަކަށް ނުދެވޭ ހަމައެކަނި އަތޮޅެވެ. އެ އަތޮޅުގައި މީހުން ދިރިއުޅޭ އަށް ރަށް އޮންނައިރު، އަތޮޅުގެ އާބާދީއަކީ 77،000 މީހުންނެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް