ސައިނަސް ތެރެއިން ދަތުގެ އެތިކޮޅު ނެގީ އެއީއެޗްގެ ސާޖަނުންގެ ޓީމަކުން

20 އަހަރު ކުރީން މީހެއްގެ ސައިނަސް ތެރެއަށްދިޔަ ދަތުގެ އެތިކޮޅެއް ނަގައިފި

މިއީ އޭއީއެޗްގައި ކުރި މިފަދަ ފުރަތަމަ ސާޖަރީ

މީގެ 20 އަހަރު ކުރިން މީހެއްގެ ސައިނަސް ތެރެއަށް ދިޔަ ދަތުގެ އެތިކޮޅެއް މިއަދު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)އިން ނަގައިފި އެވެ.

ވީ ކިހިނެއް؟ ދަތުގެ ބައެއް މީހެއްގެ ސައިނަސް ތެރެއަށް ދިޔައީ، މީގެ 20 އަހަރު ކުރިން މާލޭގެ ހޮސްޕިޓަލަކުން މީހެއްގެ ދަތެއް ނެގުމުގެ ތެރޭގަ އެވެ. އެ އެތިކޮޅު ނެގީ އޭއީއެޗްގެ އީއެންޓީ ސާޖަނުންގެ ޓީމަކުން ނެވެ.

ތަފްސީލް- އެ ޓީމުން އެ އެެތިކޮޅު ނެގީ، ގާތްގަނޑަކަށް ދޮޅުގަޑިއިރެއްހާއިރުގެ ސާޖަރީއަކަށް ފަހު އެންޑޮސްކޯޕީ މެދުވެރިކޮށެވެ. އޭއީއެޗްގެ އީއެންޓީ ސާޖަނުންނާއި ހޭނައްތާ ޑޮކްޓަރުން އަދި ނަރުހުންގެ ޓީމުން ހަރަކާތްތެރިވެގެން ކުރި މި ސާޖަރީއަކީ އެ ހޮސްޕިޓަލުގައި ކުރި މިފަދަ ފުރަތަމަ ސާޖަރީ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

ސައިނަސް ތެރެއިން ނެގި ދަތުގެ އެތިކޮޅު

ފާހަގަކޮށްލެވޭ ކަމެއް - ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އޭއީއެޗްއިން ވަނީ ސިއްހީ ބޮޑެތި ކުރިއެރުންތައް ހޯދާފަ އެވެ. އެގޮތުން ކުރިން ނެހެދޭ އެތައް ބޮޑެތި ސާޖަރީތައް މިހާރު އޭއީއެޗްއިން ކުރެވެ އެވެ. އެގޮތުން، ލެޕްރޮސްކޯޕިކް ކޮލެސިސްޓެކްޓޮމީ، ހިސްޓެރެކްޓޮމީ އާއި ކަކުލު ހުޅުބަދަލުކުރުން ފަދަ ސާޖަރީަތައް މިހާރު އެ ހޮސްޕިޓަލުގައި ކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް