ބަންގަލަދޭޝްގެ ބޮޑު ވަޒީރު ޝޭހް ހަސީނާ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް 23 ޑިސެމްބަރު 2021ގައި ބޭއްވި ޖަލްސާ ފެއްޓުމުގެ ކުރިން މަޖިލީހުގެ އިއްޒަތްތެރިން ސޮއި ކުރާ ފޮތުގައި ސޮއި ކުރައްވަނީ (ފޮޓޯ/މަޖިލިސް)

ބަންގްލަދޭޝްގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ދިގު މުއްދަތުގެ ވިސާ ދޭން ނިންމައިފި

ބަންގްލަދޭޝްއަކީ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން މެޑިސިން ކިޔަވަން ދާ ގައުމެއް

ބަންގްލަދޭޝްގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ދިގު މުއްދަތުގެ ވިސާ ދޭން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.

ފަސްމަންޒަރު - ރައީސް އިބްރާހިިމް މުހައްމަދު ސޯލިހް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާއާ މިދިޔަ ޑިސެމްބަރު މަސްތެރޭ ބައްދަލުކުރެއްވި އިރު، ދިވެހި ދަރިވަރުންނަށް ދިގު މުއްދަތުގެ ސްޓޫޑަންޓް ވިސާ އަދި ބަންގްލަދޭޝްއަށް ދާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ހަމަޖައްސައިދެއްވުމަށް އެދިވަޑައިގެންނެވި އެވެ.

ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމަށް ފަހު ދެއްވި ބަޔާނުގައި، ބަންގްލަދޭޝްއަށް ދަތުރުކުރާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޭން ނިންމާފައިވާކަން އިއުލާނު ކުރެއްވި ނަމަވެސް ދަރިވަރުންނަށް ދިގު މުއްދަތުގެ ވިސާ ދިނުމާ މެދު ހަސީނާ އެ ދުވަހު ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. 

ތަފްސީލް - ދިވެހި ދަރިވަރުންނަށް ދިގު މުއްދަތުގެ ވިސާ ދިނުމަށް ބަންގްލަދޭޝް ސަރުކާރުން ނިންމާފައިވާކަން ހާމަކުރީ މިއަދު ފޮރިން މިނިސްޓްރީންނެވެ. އެ މިނިސްޓްރީން ބުނީ އެކަމުގެ ޔަގީންކަން އެ ގައުމުގެ ސަރުކާރުން ދީފައިވާ ކަމަށެވެ. 

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް މިއަދު ވަނީ މިކަން ހާމަކުރައްވައި ޓުވީޓު ކުރައްވާފަ އެވެ.

ބުނީ ކީކޭ - އެ ވިސާ ހަމަޖައްސައިދިނުމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު ޑރ. އޭކޭ އަބްދުލް މޮމެން ކޮށްދެއްވި މަސައްކަތަަށްޓަކައި އަދި ވިސާ ހަމަޖައްސައިދިން ކަމަށްޓަކައި އެ ގައުމުގެ ސަރުކާރަށް ޝާހިދު ޝުކުރު އަދާކުރެއްވި އެވެ.

އެނގުން މުހިންމު - ބަންގްލަދޭޝްއަކީ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން މެޑިސިން ކިޔަވަމުންދާ ގައުމެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް