ގއ. ކަނޑުހުޅުދޫ: އެ ރަށުން މަރުވެފައި އޮއްވާ ފެނުނީ އުމުރުން 24 އަހަރުގެ ޒުވާނެއް.

ކަނޑުހުޅުދޫން ގެއްލުނު ޒުވާނަކު ސައިކަލާ އެކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އޭނާ މޫދުން ނަގައިގެން އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި

ގއ. ކަނޑުހުޅުދޫން ގެއްލިގެން ހޯދަމުން ދިޔަ ޒުވާނަކު، އޭނާގެ ސައިކަލާ އެކު އެ ރަށު ބަނދަރު ސަރަހައްދުގެ ފަޅުތެރޭގައި މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.

ވީ ކިހިނެއް؟ - އުމުރުން 24 އަހަރުގެ އެ ޒުވާނާ ގެއްލިގެން ހޯދަމުން ދިޔައީ މިއަދު ފަތިހު 4:25 ހާއިރު ގެއިން ނިކުމެގެން ދިޔަ ފަހުން ހަބަރެއް ނުވެގެންނެވެ. އާއިލާ އިން އެ ކަމުގެ ރިޕޯޓު 4:45 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.

ތަފްސީލް - ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި، އޭނާ އެ ރަށުގެ ބަނދަރު ސަރަހައްދުގެ ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނީ އާއިލާ އާއި ފުލުހުން ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.

ފުލުހުން ބުނި ގޮތުގައި:

  • އޭނާ ފެނިފައިވަނީ ސައިކަލާ އެކު ރަށުގެ ބަނދަރު ސަރަހައްދުގެ ފަޅުތެރޭ މޫދުން

  • އޭނާ މޫދުން ނަގައިގެން އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި

  • އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް