އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މަޖިލީހުގެ މިއަދުގެ ޖަލްސާގައި. (ފޮޓޯ/މަޖިލިސް)

ޒަކާތު ފަންޑުން 3 އަހަރު ތެރޭ ބޭސްފަރުވާއަށް 35 މިލިއަން ރުފިޔާ ހަރަދުކޮށްފި

ފުދުންތެރިކަން ނެތް ފަރާތްތަކަށް ބޭސްފަރުވާ ކުރުމަށް ޒަކާތު ފަންޑުން ތިން އަހަރުގެ ތެރޭގައި 35 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ހަރަދުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޒަކާތު ފަންޑުން ބޭސްފަރުވާއަށް ކުރި ހަރަދުތަކުގެ ތަފްސީލް މިނިސްޓަރު ދެއްވީ، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ކުރެއްވި ސުވާލުތަކަށް ލިޔުމުން ފޮނުއްވި ޖަވާބުގަ އެވެ.

ބުނީ ކީކޭ؟ - މިނިސްޓަރު ވިދާޅުވީ ޒަކާތު ފަންޑުން އެހީއަށް އެދޭ ފަރާތްތަކަށް ހަރަދުކުރަނީ ޒަކާތުގެ ބެހެނިވެރިންގެ ތެރޭގައި ހިމެނޭ ފަގީރުންނާއި މިސްކީނުންގެ ބައިން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، 2019 އިން 2021އަށް އެ ފަންޑުން ބޭސްފަރުވާއަށް 35.8 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. އެގޮތުން:

  • 2019 - 22.5 މިލިއަން ރުފިޔާ

  • 2020 - 6.3 މިލިއަން ރުފިޔާ

  • 2021 - 7 މިލިއަން ރުފިޔާ

އެނގުން މުހިންމު - ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިވުމަށް ހިންގާ ޒަކާތު ފަންޑުން ބޭސްފަރުވާގެ އިތުރުން އެހެނިހެން ކަންކަމަށް ވެސް ހަރަދުކުރެ އެވެ. އެގޮތުން، މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށާއި ތައުލީމަށް ވެސް އެ ފަންޑުން ހަރަދުކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް