ޗީފް ވަރަންޓް އޮފިސަރުގެ މަގާމަށް އައްޔަނުކުރެވުނު ފުރަތަމަ އަންހެން އޮފިސަރާއި ލިޔުން ހަވާލުކުރަނީ )ފޮޓޯ/އެމްއެންޑީއެފް

އެމްއެންޑީއެފް

އެމްއެންޑީއެފްގެ ފަސް ބޭފުޅަކަށް މުޅިން އަލަށް ޗީފް ވަރަންޓް އޮފިސަރުކަން ދީފި

އެ ރޭންކްއަށް ޕްރޮމޯޓްކުރި ސިފައިންގެ ތެރޭގައި އަންހެނަކުވެސް ހިމެނޭ

މޯލްޑިވްސް ނެޝަަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ފަސް ބޭފުޅަކަށް މިއަދު ޕްރޮމޯޝަން ދީފި އެވެ. 

ވީ ކިހިނެއް؟ - މަގާމުގެ ކުރިއެރުން ލިބުނު ފަސް ބޭފުޅުންނަށް މަގާމުގެ ލިޔުން ހަވާލުކުރީ މިއަދު ހެނދުނު ސިފައިންގެ މައި މަރުކަޒު، ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތެެއްގަ އެވެ.

އެ ފަރާތްތަކާއި ލިޔުން ހާވާލު ކޮށްދެއްވީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ. ރޭންކް ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އެވެ.

ޗީފް ވަރަންޓް އޮފިސަރުކަމަށް އައްޔަނުކުރެވުނު ބޭފުޅުންނާއި މިނިސްޓަރު މާރިޔާއާއި ސިފައިންގެ އިސްވެރިން ބައްދަލުކުރައްވަނީ (ފޮޓޯ/އެމްއެންޑީއެފް

އެނގުން މުހިއްމު- މަގާމުގެ ކުރިއެރުން ލިބުނު ފަސް ބޭފުޅުންގެ ތެރޭގައި އަންހެނެއް ވެސް ހިމެނެ އެވެ. އެ ބޭފުޅުންގެ ނަމެއް އެމްެއެންޑީއެފުން އަދި ހާމަ އެއް ނުކުރެ އެވެ.

ބުނީ ކީކޭ؟ - މަގާމުގެ ކުރިއެރުން ލިބުނު ފަރާތްތަކަށް މަރުހަބާ ވިދާލުވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، މިއީ އެ މުއައްސަސާގެ 130 އަހަރު ތެރޭގައި އެ މުވައްސަސާގައި ފުރަތަމަ ފަހަރަށް ޗީފް ވޮރަންޓް އޮފިސަރުގެ ރޭންކަށް މީހުން އައްޔަނުކުރި ފުރަތަމަ ފަހަރު ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް