އައިޖީއެމްއެޗު ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

އައިޖީއެމްއެޗުން އަހަރަކު 17،000 އަށް ވުރެ ގިނަ މީހުންނަށް ނަފްސާނީ ފަރުވާދެވޭ

2019 އިން މިދިޔަ މަހުގެ ނިޔަލަށް 63،389 މީހަކަށް ފަރުވާދިން

މި ސަރުކާރުން އައިޖީއެމްއެޗްގައި ގާއިމުކުރި ނަފްސާނީ ފަރުވާދޭ މަރުކަޒު، ނޭޝަނަލް ސެންޓަ ފޯ މެންޓަލް ހެލްތް އަށް ހަތަރު އަހަރުވީ އިރު، އަހަރެއްގެ މައްޗަށް 17،000 އަށް ވުރެ ގިނަ ބަލި މީހުންނަށް އެތަނުން ފަރުވާދޭ ކަމަށް އެ ސެންޓަރުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟- އެ ސެންޓަރަށް 4 އަހަރު ފުރުމާ ގުޅިގެން މިއަދު އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ، މި ފާއިތުވި އަހަރުތަކުގައި އެ ހޮސްޕިޓަލްގެ ނަފްސާނީ ހިދުމަތް ދޭ ސެންޓަރަށް އަންނަ ގިނަ އަދަދެއްގެ ފަރާތްތަކަށް ފަރުވާދިނުމުގެ އިތުރަށް ރަށް ރަށުގެ ސިއްހީ މަރުކަޒުތަކުން ރެފާ ކުރާ ފަރާތްތަކަށް ވެސް ފަރުވާ ދެމުން އަންނަ ކަމަށެވެ.

ތަފްސީލް- އައިޖީއެމްއެޗުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން:

  • 2019 ގައި 7246 ކޮންސަލްޓޭޝަން ކުރިއަށް ދިޔަ

  • އަހަރަކު ގާތްގަނޑަކަށް 17،861 ކޮންސަލްޓޭޝަން ކުރިއަށްދޭ

  • 2019އިން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް 63،389 ކޮންސަލްޓޭޝަން ކުރިއަށް ގެންދެވިފައިވޭ

  • 2021 ގައި 16-18 މަހާ ދެމެދުގެ މުއްދަތަކަށް ޑޮކްޓަރަކަށް ދެއްކުމަށް މަޑުކުރަން ޖެހުނު ނަމަވެސް މިހާރު އެ މުއްދަތު 3-2 މަހަށް ވަނީ ކުޑަކުރެވިފައި

  •  ކެއާ ޔުނިޓް ހުޅުވި ފަހުން މިދިޔަ ޑިސެމްބަރުގެ ނިޔަލަށް 188 މީހުން އެޑްމިޓުކޮށްގެން ފަރުވާދީފައިވޭ

  • މިއަހަރުގެ މިހާތަނަށް 66 މީހުންނަށް އެޑްމިޓުކޮށްގެން ފަރުވާދީފައިވޭ

އެނގުން މުހިއްމު- ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް ރާއްޖޭގައި ވަށާ ޖެހޭ ފަރުވާގެ ނިޒާމެއް ނެތުމުން ފަރުވާ ހޯދަން ބޭނުންވެ އެ ހިދުމަތް ނުލިބޭކަމުގެ ޝަކުވާ އަދިވެސް ގިނަ ބަޔަކު ކުރެ އެވެ. ނަފްސާނީ ފަރުވާއަށް އޮތް ޑިމާންޑާ އެއްވަރަށް އެ ހިދުމަތް އަތްފޯރާ އަގުގައި ނުދެވޭއިރު، ގަވާއިދުން ޑޮކްޓަރަށް ދައްކާ ފަރުވާ ހޯދޭނެ ގޮތެއް އަދިވެސް ގިނަ ބަޔަކަށް ނެތެވެ.

ކޮމެންޓް (2)

ހާލުފޮޅި ފޮޅި

27 މާރިޗު 2023
ހިދުމަތް ހޯދަން ގޮސްގެން ނަފްސާނީ ވަނީ ކިތަށް ހާސް މީހުންބާ؟؟
0 0

ޢަލިޔާ

27 މާރިޗު 2023
ދުވާލަކު ކިތަށް މީހުންނަށް ތި ފަރުވާ ދެވުނީ.. އަހަރަކު 365 ދުވަސް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް