މި އަހަރުގެ 'ދައުރު ކުއިޒް'ގެ އިނާމުތައް.

ދައުރު

ދައުރު ރޯދަ ކުއިޒް: މި ފަހަރު މާ ގަދަކޮށް، މާ އަގުހުރި އިނާމުތަކާ އެކު

މި އަހަރުގެ ރޯދަ ކުއިޒްގައި އެއް ވަނައަށް ހޮވޭ ފަރާތަކަށް ލިބޭނީ ލިޓަސްއިން ހުށަހަޅާފައިވާާ ހޮންޑާ ވޭވް 125އައި ސައިކަލެއް

މި އަހަރު ވެސް ރޯދަމަހަށް ހާއްސަކޮށް 'ދައުރު'ން އަގުހުރި އިނާމުތަކަކާ އެކު ކުއިޒް މުބާރާތެއް މިއަދު ފަށައިފި އެވެ.

ވީ ކިހިނެއް؟ - 'ދައުރު ރޯދަ ކުއިޒް'އަށް މިދިޔަ އަހަރުގެ ރޯދަމަހުގައި ވެސް ކިޔުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. އެހެންކަމުން، މި އަހަރުގެ ރޯދައަށް މި ކުއިޒް އެނބުރި މި ގެނައީ މިދިޔަ އަހަރަށް ވުރެ މާ އަގުހުރި އިނާމުތަކާ އެކު އެވެ.

'ދައުރު ކުއިޒް'

ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ސައިކަލު އެތެރެކޮށް، ވިއްކާ ލިޓަސް އޮޓޯމޮބައިލްސްއާ ގުޅިގެން ކުރިއަށްގެންދާ 'ދައުރު ކުއިޒް'ގެ އިނާމުތަކަކީ:

  • އެއް ވަނައަށް - ލިޓަސްއިން ހުށަހަޅާފައިވާ ހޮންޑާ ވޭވް 125އައި ސައިކަލެއް

  • ދެ ވަނައަށް - މޯލްޑިވްސް ބިޒްނަސް ސްކޫލްގެ މާސްޓާސް ޑިގްރީ ކޯހެއް ހިލޭ ކިޔެވުމުގެ ފުރުސަތު

  • ތިން ވަނައަށް - ކޮޕިއާ ޕްލަސްއިން ހުށަހަޅާ ބްރަދާ ބްރޭންޑުގެ އިންކްޖެޓް ކަލާ ޕްރިންޓަރެއް

'ދައުރު'ގެ ވެބްސައިޓުގައިވާ ރޯދަ ސެކްޝަނުން ނުވަތަ މި ލިންކުން ދައުރު ކުއިޒްގައި ބައިވެރިވެވޭނެ އެވެ.

މި އަހަރުގެ 'ދައުރު ކުއިޒް'ގެ އިނާމުތައް.

ކުއިޒް ކުރިއަށްދާ ގޮތް:

  • ކުއިޒްގައި ޖުމްލަ 25 ސުވާލު ހިމެނޭނެ؛ އޭގެ ތެރޭގައި، އާންމު މައުލޫމާތު، ތާރީހު، ކުޅިވަރު، ރޯދަމަހާ ގުޅޭ އެކި ސުވާލުތައް، ފޮޓޯ އަރަތް އަދި ފޮޓޯ ސުވާލުތައް ވެސް ހިމެނޭ

  • ކުއިޒްގެ ސްޕޮންސަރު ލިޓަސްއާ ގުޅޭ ބައެއް ސުވާލުތައް ވެސް ކުއިޒްގައި ހިމެނޭ

  • ކުއިޒްގެ ސުވާލުތަކަށް ޖަވާބު ދޭން އެއް ފަހަރަށް ވުރެ ގިނަ ފަހަރު ވެސް މަސައްކަތް ކުރެވިދާނެލ 25 ސުވާލު އަންނާނީ ރެންޑަމްކޮށް، އެކި ފަހަރު އެކި ސުވާލު

  • ވަނަތައް ހޮވުމުގައި ބަލާނީ ކުއިޒްގެ ސުވާލުތަކަށް ޖަވާބު ދިނުމުގެ އަވަސް މިނަށް؛ އެއް ވަނައަށް ހޮވޭނީ އެންމެ އަވަހަށް އެންމެ ގިނަ ސުވާލަށް ރަނގަޅު ޖަވާބު ދޭ ފަރާތް

  • ކުއިޒް ކުރިއަށް ދާނީ އަންނަ މަހުގެ 22ގެ ރޭގަނޑު 11:59ގެ ނިޔަލަށް

އެނގުން މުހިންމު - މި ކުއިޒްގެ އިތުރުން 'ދައުރު' ޓީމުން ރޯދަމަހަށް ހާއްސަކޮށް ކިޔުންތެރިންނަށް ގެނެސްދޭ ހާއްސަ ބައިތައް، 'ދައުރު'ގެ ވެބްސައިޓުގައިވާ ރޯދަ ސެކްޝަނުން ބަލައިލެވޭނެ އެވެ.

ރޯދަ ސެކްޝަންގައި މި ފަހަރު ހިމެނެނީ:

  • ދައުރު ކުއިޒް

  • ވާހަކަ ބައި: ރޯދަމަހަށް ހާއްސަކޮށް ދުވާލަކު އެއް އެޕިސޯޑު ނުކުންނަ ބިރުވެރި ވާހަކަ 'ރާގީ' އާއި ކުރު ވާހަކަތައް (އޯޑިއޯއާ އެކު)

  • ފުޑް ރިވިއު އަދި ޒުވާނުންނާ ގުޅޭ ވީޑިއޯ ޝޯތަކެއް

ކޮމެންޓް (1)

ޭއިންމަ

25 މާރިޗު 2023
ޝުކުރިއްޔާ! މިއީ ކޮންމެ ރޯދަމަހެއްގަ އަރަމެން ވަރަށް ފޯރީގައި އުޅެކަމެށް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް