ވިޔަފާރިތައް ހޭލުންތެރިކުުރުމަށް ފުލުހުން ކުރިއަށްގެންދިޔަ ޕްރޮގްރާމެއް ފޮޓޯ/ފުލުހުން)

ފުލުހުން

ވައްކަމާއި ފޭރުން މަދުކުރަން މުދަލަށް ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފި

ކޮންމެ ރޯދަމަހަކާ ދިމާކޮށް ވައްކަމާއި ފޭރުމުގެ އަމަލުތައް ގިނަވާ ކަމުގެ ޝަކުވާ އާންމުން ކުރޭ

މި ރޯދަމަހު ވެސް ވައްކަމާއި ފޭރުން މަދުކުރުމަށް އަމިއްލަ މުދަލަށް ސަމާލުވާން ފުލުހުން މިއަދު އިލްތިމާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - މި އަހަރުގެ ރޯދަމަސް މިއަދު ފެށިފައި ވާއިރު، ކޮންމެ ރޯދަމަހަކާ ދިމާކޮށް ވައްކަމާއި ފޭރުމުގެ އަމަލުތައް ގިނަވާ ކަމުގެ ޝަކުވާ އާންމުން ކުރެ އެވެ. އެހެންވެ، ފުލުހުން ވަނީ އެ ކަންކަން މަދުކުރުމަށް އާންމުންގެ އެއްބާރުލުމަށް އެދިފަ އެވެ.

ތަފްސީލު - ފުލުހުން ވަނީ ރޯދަމަހު، ވައްކަމުގެ މައްސަލަތައް މަދުކުރުމަށް ކޮންމެ މީހަކު ވެސް އެ މީހެއްގެ އަމިއްލަ މުދަލަށް ރައްކާތެރިވުމަށް މަސައްކަތްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އެގޮތުން، ފުލުހުން އެދިފައިވަނީ:

  • ދުވާލު ނުވަތަ ރޭގަނޑު ވެސް ގެ ހުސްކޮށްފައި ބޭރަށްދާ ނަމަ، ދިއުމުގެ ކުރިން ގޭގެ ހުރިހާ ކުޑަދޮރުތަކާއި ބެލްކަނި ދޮރާއި ފެންލައިޓު އަދި ވައިގޮޅި ފަދަ ތަންތަން ރަނގަޅަށް ތަޅުލުން

  • ފޯނާއި ލެޕްޓޮޕާއި ޓެބްލެޓާއި ވޮލެޓާއި އަތުކުރީގަޑި އަދި ފައިސާ އާއި އެހެނިހެން ސާމާނު އާންމުކޮށް ފެންނާނެހެން ގޭތެރޭގައި ނުބެހެއްޓުން

  • މަގުމަތީ އުޅޭއިރު، ފޭރުމުގެ އަމަލެއް ހިންގުމަށް މަގުފަހި ނުވާނޭހެން ގެންގުޅޭ ތަކެއްޗަށް ރައްކާތެރިވުން 

  • އަޅުކަންކުރުމަށް މިސްކިތުގައި ހޭދަކުރާ ވަގުތުތަކުގައި ވެސް ފޯނު، ވޮލެޓު އަދި ދަބަސް ފަދަ ތަކެއްޗަށް ސަމާލުވުން 

  • އޮފީސްތަކާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށާއި ފިހާރައިގެ ތެރޭ ފައިސާ ނުބެހެއްޓުން

ބުނީ ކީކޭ؟ - 

އިތުރު އާޓިކަލް

އިތުރު އާޓިކަލް