ސްޓެލްކޯގެ އިންޖީނުގެތަކުގެ ވެރިންނަށް ކުރިއަށް ގެންދިޔަ ތަމްރީނު ޕްރޮގްރާމު ނިންމުން (ފޮޓޯ/ސްޓެލްކޯ

ސްޓެލްކޯ

ސްޓެލްކޯގެ އިންޖީނުގެތަކުގެ ވެރިން ތަމްރީނުކޮށްފި

ދެ ދުވަހަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި 31 ފަރާތަކުން ބައިވެރިވި

ސްޓެލްކޯ އިން އަތޮޅުތެރޭގައި ހިންގާ އިންޖީނުގެތަކުގެ ވެރިން ތަމްރީނުކޮށްފި އެވެ.

ވީ ކިހިނެއް؟ - އއ. އުކުޅަހުގައި ދެ ދުވަހަށް ކުރިއަށް ގެންދިޔަ އެ ޓްރެއިނިން ކުރިއަށް ގެންދިޔައީ 'ލީޑާޝިޕް މެނޭޖުމެންޓް އެންޑް ކެޕޭސިޓީ ބިލްޑިން'ގެ ނަމުގަ އެވެ.

ތަފްސީލު - ސްޓެލްކޯ އިން ބުނީ، ދެ ދުވަހަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި 31 ފަރާތަކުން ބައިވެރިވި ކަމަށެވެ.

ތަމްރީނު ޕްރޮގްރާމު ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ، ސްޓެލްކޯއިން އެ ކުންފުނީގެ މުވައްޒަފުުން ބިނާކޮށް ގާބިލް ބަޔަކަށް ހެދުމަށް މަސައްކަތް ކުރާ ކަމަށެވެ.

ޝަރީފް ވިދާޅުވީ، ސްޓެލްކޯގެ ލީޑަޝިޕްގައި ތިބޭ މީހުންނަކީ:

  • މާހައުލަށް ލޯހުޅުވޭ ބަޔަކަށް ވާންޖެހޭ 

  • މިފަދަ ޓެރެއިނިންތަކުގެ ބޭނުމަކީ، ރައްޔިތުންނަށް ދެމުން އަންނަ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުން 

  • މި ޓްރޭނިން އަކީ އެ ރަށެއްގެ މާހައުލަކަށް ފެތޭ ގޮތަށް އިސްވެރިންގެ ސިކުނޑިއާއި ލޯ ހުޅުވާލަދޭނޭ ޕްރޮގްރާމެއް

  • ދިމާވާ މައްސަލަތަކަށް ހައްލު ހޯދަން ދަސްކޮށްދޭނެ 

"ސްޓެލްކޯގެ މެނޭޖަރުން ވާންޖެހޭނީ ރަށުފެންވަރުގައި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ނަމޫނާ ބަޔަކަށް ކަމަށް. ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރެވޭ ކޮންމެ ކަމެއްވެސް ލީޑު ކުރަންވަންޖެހޭނެ. އެ ރަށެއްގައި ލީޑަރުންގެ ގޮތުގައި ހަރަކާތްތެރިވާ އެންމެ އިސް ފަރާތްތަކުގެ ތެރޭގައި ސްޓެލްކޯގެ ސްޓޭޝަން މެނޭޖަރުން ހިމެނެންޖެހޭނެ،" ޝަރީފް ވިދާޅުވި އެވެ.

އެމްޑީ އިތުރަށް ވިދާޅުވީ އެ ކުންފުނީގެ ޓެކްނިކަލް އިންޗާޖުންނާއި، ސްޓޭޝަން މެނޭޖަރުންނަށް އެކަޑަމިކް ވެއިޓޭޖެއް އޮއްނަ ވަކި ހާއްސަ ޓްރެއިނިންތަކެއް މޯލްޑިވްސް ޕޮލިޓެކްނިކާ ގުޅިގެން ހިންގާނެ ކަމަށެވެ.

admin@stelco.com.mv
3320982

އިތުރު އާޓިކަލް

އިތުރު އާޓިކަލް