އިރުއޮއްސެމުން ދިޔަ ވަގުތު އާއިލާއެއް ވިލިމާލޭގެ ބަނދަރުމަތީގައި މަޑުކޮށްލައިގެން (ދައުރު ފޮޓޯ/ އަހުމަދު ނާއިފް)

ވިލިމާލެ އިން 13 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީ

އެ ކުއްޖާ ގެއްލުނީ ރޭ އިރާކޮޅުގެ ވަގުތެއްގައި

ވިލިމާލޭގައި 13 އަހަރުގެ އަންހެން ކުއްޖަކު ރޭ ގެއްލިގެން ފުލުހުން ހޯދަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - އެނގިފައިވާ ގޮތުގައި އެ ކުއްޖާ ގެއްލުނީ ރޭ އިރާކޮޅުގެ ވަގުތެއްގަ އެވެ. އެކަމަކު ފުލުސް އޮފީހަށް ރިޕޯޓުކޮށްފައިވަނީ، އެ ތަނުން ބުނި ގޮތުގައި، ރޭ ދަންވަރު 1:30ގަ އެވެ. 

"ފުލުހުން ދަނީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން،" މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވި އެވެ.

އެ ކުއްޖާ ގެއްލިގެން އާއިލާއިން ވަނީ، ފޮޓޯއާ އެކު އެ މައުލޫމާތު ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

އެނގުން މުހިއްމު - ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރިން ވިދާޅުވެފައިވާ ގޮތުގައި، މިދިޔަ ދެ އަހަރުގެ ތެރޭގައި 31 ކުއްޖަކު ގެއްލިގެން 63 ފަހަރު ފުލުހުންނަށް ހުށަހެޅި އެވެ. އޭގެ ތެރެއިން އެއް ކުއްޖަކު 11 ފަހަރަށް ގެއްލިގެން ހޯދި ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް