އަދާލަތު ޕާޓީގެ އަލީ ޒާހިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު. (ފައިލް ފޮޓޯ/އަދާލަތު

ޖޭޕީއާ ނުލާ ވެސް ރައީސް ސޯލިހަށް ފަސޭހަކަމާ އެކު އިންތިހާބު ކާމިޔާބު ކުރެވޭނެ: އަލީ ޒާހިރު

އަލީ ޒާހިރު މިގޮތަށް ވިދާޅުވީ، މި ސަރުކާރުގެ ކޯލިޝަންގައި އޮތް ޖޭޕީން އެ މަނިކުފާނާ އެކު ކޯލިޝަން ނުހެދުމަށް ނިންމުމާ ގުޅިގެން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެ ވަނަ ދައުރަކަށް އިންތިހާބުކުރުމަށް ކޯލިޝަން ހެދުމަށް މިހާރު ނިންމާފައިވާ ދެ ޕާޓީއާ އެކު، އެ މަނިކުފާނަށް ފަސޭހައިން އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމަށް ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މިރޭ ވިދާޅުުވެއްޖެ އެެވެ.

ވީ ކިހިނެއް؟ - ރައީސްއާ އެކު ދެ ވަނަ ދައުރަކަށް ވެސް ކޯލިޝަން ހެދުމަށް ނިންމާފައިވާ އަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ އަލީ ޒާހިރު މިގޮތަށް ވިދާޅުވީ، މި ސަރުކާރުގެ ކޯލިޝަންގައި އޮތް ޖުމްހޫރީ ޕާޓީ (ޖޭޕީ)ން އެ މަނިކުފާނާ އެކު ކޯލިޝަން ނުހެދުމަށް ނިންމުމާ ގުޅިގެން މިރޭ ކުރެއްވި ޓުވީޓެއްގަ އެވެ. ޖުމްހޫރީ ޕާޓީން ނިންމީ އެ ޕާޓީގެ ކެންޑިޑޭޓަކު ނެރުމަށެވެ.

ބުނީ ކީކޭ؟ - "ރައީސް ސޯލިހްގެ ލީޑާޝިޕްގައި އެމްޑީޕީ އިސްވެ އޮވެ، އަދާލަތު ޕާޓީ އާއި އެމްޑީއޭ ހިމެނޭ ކޯލިޝަން އެކުގައި މަސައްކަތްކޮށްގެން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ފަސޭހަކަމާ އެކު ކާމިޔާބު ކުރެވޭނެކަން ޔަގީން،" ޖޭޕީގެ ނިންމުމާ ވިދިގެން، އޭގެ ކުޑަ އިރުކޮޅެއްގެ ތެރޭގައި އަލީ ޒާހިރު ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.

އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ޖަލްސާއެްގައި އެޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ އަރިހުގައި އަލީ ޒާހިރު ފޮޓޯ/ އަދާލަތު ޕާޓީ)

ފަސްމަންޒަރު - އަލީ ޒާހިރު ނިސްބަތްވެވަޑައިގަންނަވާ އަދާލަތު ޕާޓީން، މިހާތަނަށް ބޭއްވި ކޮންމެ ރިޔާސީ އިންތިހާބެއްގައި ވެސް މަސައްކަތްކޮށްފައި ވަނީ ޖުމްހޫރީ ޕާޓީއާ އެކު އެވެ. އެގޮތުން:

  • ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް 2008 އަދި 2013ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އިރު ވެސް އަދަލާތު ޕާޓީން ޖޭޕީއާ އެކު ކޯލިޝަން ހެދި 

  • ޖުމްހޫރީ ޕާޓީން މި ފަހަރުގެ ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ގޮތެއް ނުނިންމަނީސް، އަދާލަތުން ވަނީ ރައީސް ސޯލިހަށް ތާއީދުކުރުމަށް މިިދިޔަ މަހުގެ ފަހުކޮޅު ނިންމާފައި

އެނގުން މުހިންމު - ޖުމްހޫރީ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 49 މެންބަރުންގެ ތެރެއިން 48 މެންބަރުންގެ ވޯޓުން މިއަދު ނިންމީ އެ ޕާޓީން ރައީސް ސޯލިހާ އެކު ކޮލިޝަން ނުހަދައި ވަކިން ކެންޑިޑޭޓަކު ނެރުމަށެވެ. ޖުމްހޫރީ ޕާޓީން ވާދަކުރާނެ ކަމަށް ބެލެވެނީ އެ ޕާޓީގެ ލީޑަރު ގާސިމް އެވެ.

ކޮމެންޓް (3)

ކިލަމިން

15 މާރިޗު 2023
އެއްބުރު ފޯމިއުލާގެ އަޑު ކެނޑި ފޮށިތަންމަތި ބަނުމުގެ އަޑު ގަދަވެއްޖެ ހިނދެވެ
0 0

ކޯޅޭޝަން

15 މާރިޗު 2023
ޕަބްލިކް ސާވިސް މީޑިއާގައި ރައީސްގެ އިސްތިހާރު މާގިނައިން ދައްކާކަމަށާ ކުރިން ފުރުސަތު ނުލިބޭ އެމްޑީއޭއަށް މިހާރު ބޭނުންވަރަކަށް ދައުލަތުގެ މީޑިއާއިން ފުރުސަތު ލިބޭކަމަށް މަޖިލިސް މެންބަރަކު ވިދާޅުވެއްޖެ. ދައުލަތުގެ މީޑީއާއަށް ނުފޫޒު ފޯރުވުމުގެ އިތުރަށް އިލެކްޝަން މޮނިޓަރކުރުމަށް ވަދެވޭ ނޫސްވެރިންގެ އަދަދު މަދުކުރުމަށް މިހާރު ހުށަހަޅާފައިވާ ބިލާއި މިކަންކަމާއި މެދު ދައުރުގެ ރިޕޯޓެއް ކިޔާލާ ހިތުން މިހިރީ
1 0

އަހުމަދު

14 މާރިޗު 2023
ފަސޭހަވަނީ ކޮންގޮތަކުން ވިސްނީމަ، ބާ!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް