ޓޭލާސް ޔުނިވާސިޓީގެ ރާއްޖޭގެ އަލަމްނައި ގޮފި އިފްތިތާހުކުރަން ބޭއްވި ހަފްލާ. (ފޮޓޯ/ވިލާ ކޮލެޖު
ޓޭލާސް ޔުނިވާސިޓީގެ ރާއްޖޭގެ އަލަމްނައި ގޮފި އިފްތިތާހުކޮށްފި
މެލޭޝިއާގެ ޓޭލާސް ޔުނިވާސިޓީން ކިޔަވާފައިވާ ދިވެހިން ބައިވެރިވާ، އެ ޔުނިވަސިޓީގެ ރާއްޖޭގެ އަލަމްނައި ގޮފި އިއްޔެ އިފްތިތާހުކޮށްފި އެވެ.
ވީ ކިހިނެއް؟ - އެލަމްނީ ޗެޕްޓާ އިފްތިތާހު ކުރުމަށް ވިލާ ކޮލެޖުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެންނެވީ:
-
ޓޭލާސް ޔުނިވާސިޓީގެ ސޯޝަލް ސައިންސަސް އެންޑް ލެޝާ މެނޭޖުމެންޓް ފެކަލްޓީގެ އެގްޒެކެޓިވް ޑީން ޕްރޮފެސަރު ނީތިއާނަންތަން އަރީ ރާގަވަން
-
ޓޭލާސް އަލަމްނައި މޯލްޑިވްސް ޗެޕްޓާގެ ލީޑް މުހައްމަދު ރިޒާ
-
ޓޭލާސް އަލަމްނައި ޗެޕްޓާގެ އެކްސްކޯ މަލިޖް ރިޒްވާން
ތަފްސީލް - އެ ރަސްމިއްޔާތުގައި:
-
ވިލާ ކޮލެޖުގެ ވައިސް ރެކްޓަރު ޑރ. އަލީ ނަޖީބު ވަނީ ޓޭލާސް ޔުނިވާސިޓީގެ ސްކޫލް އޮފް ހޮސްޕިޓަލިޓީ، ޓޫރިޒަމް އެންޑް އިވެންޓްސްގެ އެސޯސިއޭޓް ޕްރޮފެސަރުގެ މަގާމަށް އައްޔަނުކޮށްފައި
-
ޓޭލާސް ޔުނިވާސިޓީން ކިޔެވި ބައެއް ދިވެހި ދަރިވަރުންނަށް އަގު ވަޒަންކުރުމުގެ އެވޯޑުތަކެއް ވެސް ދީފައިވޭ
'އައުޓްސްޓޭންޑިން ޑިސްޓިންގުއިޝްޑް އަލަމްނައި' އެވޯޑު ލިބިވަޑައިގަތީ:
-
ޓޫރިޒަމް ދާއިރާގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ ގައިސަރު ނަސީމް
-
ޓޫރިޒަމް އަދި މީޑިއާގެ ދާއިރާގައި ހަރަކާތްތެރިވެވަޑައިގަންނަވާ މުހައްމަދު ފުރާތު
'ޔަންގް ޑިސްޓިންގުއިޝްޑް އަލަމްނައި އެވޯޑު' ލިބިވަޑައިގަތީ:
-
ހުސައިން އަހުސަން
-
އާމިނަތު އިޝްރަތު
-
ޝުޖާއު މުހައްމަދު
އެނގުން މުހިންމު - ޓޭލާސް ޔުނިވާސިޓީން ވަނީ މެލޭޝިއާގެ އިތުރުން ޗައިނާ އަދި އިންޑޮނޭޝިއާގައި އަލަމްނައި ގޮފިތައް ގާއިމްކޮށްފަ އެވެ. ކުރިއަށް އޮތް ތަނުގައި ދެކުނު ކޮރެއާ އާއި ބަންގްލަދޭޝް އަދި ސްރީ ލަންކާގައި ވެސް އެ ޔުުނިވާސިޓީގެ އަލަމްނައި ގޮފިތައް ގާއިމް ކުރާނެ އެވެ.
ގުޅުން ހުރި ކަމެއް - ވިލާ ކޮލެޖުގައި ކިޔަވައިގެން ޓޭލާސް ކޮލިފިކޭޝަންގެ ސެޓްފިކެޓަކާ އެކު ގްރެޖުއޭޓް ވުމުގެ ފުރުސަތު އެބައޮތެވެ. އެގޮތުން، ވިލާ ކޮލެޖާއި އެ ޔުނިވާސިޓީ ގުޅިގެން ފަސް ޕްރޮގްރާމެއް ވިލާ ކޮލެޖުގައި ކުރިއަށް ގެންދެ އެވެ. އެއީ:
-
މާސްޓާސް އިން އިންޓަނޭޝަނަލް ހޮސްޕިޓަލިޓީ މެނޭޖުމެންޓު
-
މާސްޓާސް އިން ކޮމިޔުނިކޭޝަން
-
ބެޗެލާސް އޮފް އިންޓަނޭޝަނަލް ހޮސްޕިޓަލިޓީ މެނޭޖުމެންޓް
-
ބެޗެލާސް އޮފް ކަލިނަރީ މެނޭޖުމެންޓް
-
ބެޗެލާ އޮފް މާސް ކޮމިޔުނިކޭޝަން