ކުޑަގިރި ޕިކްނިކް އައިލެންޑް. (ފޮޓޯ/ ރައީސް އޮފީސް)

ކުޑަގިރި

ހަފްތާ ބަންދުގައި ކުޑަގިރިއަށް ބުކިން ނުހަދައި ދެވޭ ގޮތް ހަމަޖައްސައިފި

ހަފްތާ ބަންދުގައި ދެން ކުޑަގިރިއަށް މީހުންނަށް ދެވޭނީ 'ފަސްޓް ކަމް ފަސްޓް ސާވް' ނުވަތަ ފުރަތަމަ ދާ ބަޔަކަށް ފުރަތަމަ ހިދުމަތް ދޭ އުސޫލުން
27 ފެބްރުއަރީ 2023

ހަފްތާ ބަންދު ދުވަސްތަކުގައި ބުކިން ނުހައްދައި ކުޑަގިރިއަށް ދެވޭނެ ގޮތް ހަމަޖައްސައިފި އެޗްޑީސީން މިއަދު އެވެ.

ވީ ކިހިނެއް؟ - ކުޑަގިރި އާންމުންނަށް ހުޅުވާލީ މި މަހު 15ގަ އެވެ. މިހާތަނަށް އެ ރަށަށް ދެވެން އޮތީ މޮބައިލް އެޕްލިކޭޝަނާއި ވެބްސައިޓް މެދުވެރިކޮށް ދުރާލައި ބުކިން ހައްދައިގެންނެވެ.

ތަފްސީލު - ނަމަވެސް، ކުޑަގިރި ފެރީ ޝެޑިއުލްއަށް ބަދަލު ގެނެސް، ބުކިން ނުހައްދައި ދެވޭ ގޮތަށް ވަނީ ބަދަލު ގެނެސްފަ އެވެ. އެޗުޑީސީއިން މިއަދު ބުނީ ބުކިން ނުހައްދައި ކުޑަގިރިއަށް ދެވޭނީ ހަމައެކަނި ހަފްތާ ބަންދު ދުވަސްތަކުގައި ކަމަށެވެ.

ކުޑަގިރީގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން މިއަދު އާ ފެރީ ޝެޑިއުލްއާ އެކު ކުރި ޕޯސްޓުތަކުގައި ބުނެފައިވަނީ، ދެން ކުޑަގިރިއަށް މީހުންނަށް ދެވޭނީ 'ފަސްޓް ކަމް ފަސްޓް ސާވް' ނުވަތަ ފުރަތަމަ ދާ ބަޔަކަށް ފުރަތަމަ ހިދުމަތް ދޭ އުސޫލުން ކަމަށެވެ.

ފެރީ ޝެޑިއުލް މިހާރު އެކުލަވާލާފައިވާ ގޮތަކީ:

މާލެ - ކުޑަގިރި

  • ފެރީ ގަޑިތަކަކީ ހެނދުނު 6:30، 7 އަދި 8

  • ހުޅުމާލެ-މާލެ-ކުޑަގިރި ފެރީ އޮންނާނީ މެންދުރު 2:20ގައި

  • ފެރީ ނައްޓާލާނީ ހެންވޭރު ފެރީ ޓާމިނަލުން

ހުޅުމާލެ - ކުޑަގިރި

  • ފެރީ ގަޑިތަކަކީ ހެނދުނު 6:30، 7 އަދި 8

  • ހުޅުމާލެ-މާލެ-ކުޑަގިރި ފެރީ އޮންނާނީ މެންދުރު 2ގައި

  • ފެރީ ނައްޓާލާނީ ހުޅުމާލެ ފެރީ ޓާމިނަލުން

ކުޑަގިރި - މާލެ

  • ކުޑަގިރި-މާލެ-ހުޅުމާލެ: މެންދުރު 2

  • ކުޑަގިރި-މާލެ: ހަވީރު 4:30

  • ކުޑަގިރި-މާލެ-ހުޅުމާލެ: ހަވީރު 5:30

  • ކުޑަގިރި-މާލެ: ރޭގަނޑު 7

ކުޑަގިރި - ހުޅުމާލެ

  • ކުޑަގިރި-މާލެ-ހުޅުމާލެ: މެންދުރު 2

  • ކުޑަގިރި-ހުޅުމާލެ: ހަވީރު 4:30

  • ކުޑަގިރި-މާލެ-ހުޅުމާލެ: ހަވީރު 5:30

  • ކުޑަގިރި-ހުޅުމާލެ: ރޭގަނޑު 7

ހަފްތާ ބަންދު ދުވަސްތަކުގައި ބުކިން ނުހައްދައި ކުޑަގިރިއަށް ދެވޭ ގޮތް ހަމަޖެއްސިއިރު، އެހެން ދުވަސްތަކުގައި އެ ރަށަށް ދިއުމުގެ ކަންކަން އޮންނާނީ ކުރިން ވެސް އޮތް ގޮތަށް، އެޕުން ނުވަތަ ވެބްސައިޓުން ދުރާލައި ބުކިން ހައްދައިގެންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް