ދައުރު ވޯލްޑް ކަޕް ކުއިޒުގެ ނަސީބުވެރިންނަށް އިނާމު ހަވާލުކުރަނީ (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

'ދައުރު' ވޯލްޑް ކަޕް ކުއިޒުގެ އިނާމުތައް ހަވާލުކޮށްފި

ވޯލްޑް ކަޕްގެ ތާރީހާއި އެކި ރިކޯޑުތަކާއި ޓީމުތަކުގެ އިތުރުން ކުޅުންތެރިންނާ ބެހޭ ސުވާލުތަކާ އެކު ކުރިއަށް ގެންދިޔަ މި ކުއިޒުގެ އެންމެ ގިނަ އަދި އެންމެ އަވަހަށް ރަނގަޅު ޖަވާބު ދިން ތިން ބައިވެރިންނަށް އިއްޔެ ވަނީ އިނާމު ހަވާލުކޮށްފައި

ގަތަރު ވޯލްޑް ކަޕް 2022އަށް ހާއްސަކޮށްގެން 'ދައުރު'އިން ކުރިއަށް ގެންދިޔަ ކުއިޒުގެ އިނާމުތައް އިއްޔެ ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - ވޯލްޑް ކަޕްގެ ތާރީހާއި އެކި ރިކޯޑުތަކާއި ޓީމުތަކުގެ އިތުރުން ކުޅުންތެރިންނާ ބެހޭ ސުވާލުތަކާ އެކު ކުރިއަށް ގެންދިޔަ އެ ކުއިޒުގެ އެންމެ ގިނަ އަދި އެންމެ އަވަހަށް ރަނގަޅު ޖަވާބު ދިން ތިން ބައިވެރިންނަށް އިއްޔެ ވަނީ އިނާމު ހަވާލުކޮށްފަ އެވެ.

ދައުރު ވޯލްޑްކަޕް ކުއިޒުގެ ނަސީބުވެރިންނަށް އިނާމު ހަވާލުކުރުން (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

ތަފްސީލު -

  • އެއް ވަނަ: 5،000ރ. އާއި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ މާސްޓާސް ޑިގްރީ ކޯސްތަކުގެ ތެރެއިން އެ މީހަކު ބޭނުން ކޯހެއްގައި ހިލޭ ކިޔެވުމުގެ ފުރުސަތު ލިބުނީ ސާރާ ބިންތި އަބްދުﷲ އިހުސާންއަށް

  • ދެ ވަނަ: 3،000ރ. އާއި ފަހާފޮށި ލިބުނީ ސަލްވާ މުހައްމަދު ލަތީފްއަށް

  • ތިން ވަނަ: 2،000ރ. އާއި ވެލިގާ ހާޑްވެއާގެ ގިފްޓް ވައުޗަރު ލިބުނީ އަބްދުﷲ އިހުސާންއަށް

ދައުރު ވޯލްޑްކަޕް ކުއިޒުގެ ނަސީބުވެރިންނަށް އިނާމު ހަވާލުކުރުން (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

މި ކުއިޒްގެ މެއިން ސްޕޮންސަރަކީ މޯލްޑިވްސް ބިޒްނަސް ސްކޫލް އެވެ. އިތުރު ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ ކޮޕިއާ ޕްލަސް އާއި ވެލިގާ ހާޑްވެއާ އެވެ.

ވޯލްޑް ކަޕްއާ އެކު 'ދައުރު'އިން ގެނެސްދިން 'ފޯރިފޯރި' ކަވަރޭޖުގެ ތެރެއިން އަގުހުރި ގިނަ އިނާމުތައް ހޯދުމުގެ ފުރުސަތު ހުޅުވާލި އެވެ. މި ކުއިޒްގެ އިތުރުން ސްކޯ ޕްރެޑިކްޝަން މުބާރާތަކާއި މި މުބާރާތަށް ހާއްސަ ފެންޓަސީ ލީގެއް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް