މަގުމަތީގައި ޑްރަގު ވިއްކި ކަމަށް ބުނާ ވީޑިއޯގެ ސްކްރީންޝޮޓެއް.

މަގުމަތީގައި ޑްރަގު ވިއްކި ކަމަށް ބުނާ މީހާ ހައްޔަރުކޮށްފި

އޭނާގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައި

މަގުމަތީގައި މަސްތުވަތާކެތި ކަމަށް ބެލެވޭ އެއްޗެހި ވިއްކި ވީޑިއޯއިން ފެންނަ މީހާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ވީ ކިިހިނެއް؟ - އިއްޔެ ސޯޝަލް މިޑިއާގައި ދައުރުވި ވީޑިއޯއިން ފެންނަ ގޮތުގައި، ހުދު ކުލައިގެ ގަމީހެއް ލައިގެން ހުރި ޒުވާނަކު، މާލޭ މަގުމަތީގައި ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ޑްރަގު ކަމަށް ބެލެވޭ އެއްްޗެހި ވިއްކާ މަންޒަރު ފެނެ އެވެ. ޖުމްލަ 40 ސިކުންތުގެ އެ ވީޑޯއިން، އެ ތަކެތި ގަތުމަށް ތިން މީހަކު އޭނާއަށް ފައިސާދޭ ތަން ފެނެ އެވެ. ކޮންމެ އައިސް ދިނީ 100ރ.ގެ ނޫޓެކެވެ. ބަދަލުގައި އޭނާ އެ މީހުންގެ އަތަށް ޕެކެޓެއް ދެ އެވެ.

ތަފްސީލު - ފުލުހުންގެ ތަރުޖަމާނަކު މިއަދު 'ދައުރު'އަށް ވިދާޅުވީ، ވީޑިއޯއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ވިއްކަނިކޮށް ފެންނަ އުމުރުން 25 އަހަރުގެ ދިވެހި ފިރިހެން މީހާ އިއްޔެގެ ވަގުތެއްގައި ހަޔަރުކޮށްފައިވާ ކަމަށެވެ.

"އޭނާ ހައްޔަރުކޮށް، ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 15 ދުވަސް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ މިއަދު އަމުރުކޮށްފައި،" ތަރުޖަމާނު ވިދާޅުވި އެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ.

ދުވާލު ގަޑީގައި އެހާ ހާމައަށް ޑްރަގު ވިޔަފާރި ކުރާ ކަމެއް ބުނެ، އާންމުންގެ ފާޑުކިޔުން އަމާޒުވި އެވެ. މި ފަހަރު، ވީޑިއޯއަކުން މި މަންޒަރު ފެނިގެން ފުލުހުން އޭނާ ހައްޔަރުކުރިއިރު، މިކަމަކީ މިހާރު ވަރަށް އާންމު ކަމެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް