ފުވައްމުލަކު މަތިން ނަގާފައިވާ ފޮޓޯއެއް. (ފޮޓޯ/މޯލްޑިވްސް ވާޗުއަލް ޓުއާ)

ފުވައްމުލައް

ފުވައްމުލަކު ވިޔަފާރިތަކަށް ހާއްސަ 'ރަށި ބާޒާރޮ' މި މަހު ބާއްވަނީ

މި ބާޒާރު އޮންނާނީ އަންނަ ހުކުރު، ހޮނިހިރު، ހޯމަ، އަންގާރަ އަދި ބުދަ ދުވަހު

ފުވައްމުލަކުގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކާއި އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތައް އަދި ގޭގައި ކާބޯތަކެތި ހަދައިގެން ވިއްކާ މީހުންގެ ވިޔަފާރިތަކުން ވިއްކާ އެއްޗެހި އެއް ތަނަކުން ލިބޭނެ ބާޒާރެއް ބާއްވަން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - 'ރަށި ބާޒާރޮ 2023'ގެ ނަމުގައި ކުރިއަށްގެންދާ އެ ބާޒާރަކީ ފުވައްމުލަކު ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށްް މަސައްކަތްކުރާ ކޮމެޓީންް އިންތިޒާމުކޮށްގެން ބާއްވާ ހަރަކާތެކެވެ.

ތަފްސީލް- އެ ރަށު ޒުވާނުންގެ މަޒުކަޒުގައި އެ ބާޒާރު ކުރިއަށްދާނީ:

  •  އަންނަ ހުކުރު، ހޮނިހިރު، ހޯމަ، އަންގާރަ އަދި ބުދަ ދުވަހު

  • އެ ދުވަސްތަކުގެ ރޭގަނޑު 8 އިން 11އަށް

ބުނީ ކީކޭ؟ - ފުވައްމުލަކު ސިޓީ ކައުންސިލުގެ މެންބަރު އާމިނަތު އިނާޔާ ވިދާޅުވީ، އެފަދަ ބާޒާރެއް ބޭއްވުމުގެ މަގުސަދަކީ އާންމުކޮށް ލިބެން ހުންނަ އަގަށް ވުރެ ހެޔޮ އަގުގައި، ތަފާތު އެކި ކަހަލަ މުދާ އެއް ތަނަކުން ރައްޔިތުންނަށް ގަނެވޭނެ މަގުފަހިކޮށްދިނުން ކަމަށެވެ.

"އެ ދުވަސްވަރަކީ ފުވައްމުލަކުގައި އެތްލެޓިކްސް މުބާރާތް ވެސް ކުރިއަށްދާ ދުވަސްވަރަކަށް ވާތީ، ރަށުން ބޭރުން ވެސް ގިނަ ބަޔަކު ޒިޔާރަތް ކުރާނެ ކަމަށް ބަލަނީ،" އިނާޔާ ވިދާޅުވި އެވެ.

  • މި ބާޒާރުގައި 52 ވިޔަފާރިއަކުން ބައިވެރިވެފައިވޭ

'ރަށި ބާޒާރޮ 2023'ގައި ލިބެން ހުންނާނެ ތަކެތީގެ ތެރޭގައި:

  • ބަދިގޭގައި ބޭނުންކުރާ ސާމާނު

  • ގޭތެރެ ޒީނަތްތެރިކުރުމަށް ބޭނުންކުރާ ތަކެތި

  • ހާޑްވެއާ ސާމާނު 

  • ލިޔެކިޔުމަށް ބޭނުންކުރާ ތަކެތި

  • ކެއިންބުއިމަށް ހާއްސަ ސްޓޯލް

  • ކެންޓީން 

އެނގުން މުހިންމު - މިއީ ފުވައްމުލަކުގައި މިފަދަ ގޮތަކަށް ބާއްވާ އެންމެ ފުރަތަމަ ބާޒާރެވެ. އެ ތަނަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ކޮންމެ ރެއަކު ގުރުއަތު ނަގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް ތަފާތު އިނާމުތައް ދޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް