އައްޑުއަށް ޓްރާންސިޓުކުރި ކްރޫޒް ލައިނާ އިން މިއަދު ފޭދުއަށް ފޭބި ފަތުރުވެރިންތަކެއް. (ދައުރު ފޮޓޯ)
2 ކްރޫޒް ލައިނާއިން އައްޑުއަށް 1،200 ފަތުރުވެރިން
ރާއްޖެއިން ފުރުމުގެ ކުރިން އައްޑުއަށް ޓްރާންސިޓުކުރި ދެ ކްރޫޒް ލައިނާއަކުން 1،200 އެއްހާ ފަތުރުވެރިން އެ މިއަދު އަތޮޅަށް ފައިބައިފި އެވެ.
ވީ ކިހިނެއް؟ - އައްޑުއަށް ދިޔަ ދެ ކްރޫޒް ލައިިނާ އަކީ ޖަރުމަނުގެ 'އާޓޭނިއާ' އާއި އޮސްޓްރޭލިއާގެ 'ކޮރަލް އެކްސްޕެޑިޝަން' އެވެ. އެ ކްރޫޒް ލައިނާތަކުން ފޭދުއަށް ފަތުރުވެރިން ފޭބީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
ތަފްސީލު - އައްޑޫގެ މޭޔަރު އަލީ ނިޒާރު މިއަދު 'ދައުރު'އަށް ވިދާޅުވީ:
-
އެ ދެ ކްރޫޒް ލައިނާ އިން ގާތްގަނޑަކަށް 1،200 ފަތުރުވެރިން އައިސްފައިވޭ
-
އެ މީހުންނަށް މަރުހަބާ ކިޔަން ފޭދޫ ބަނދަރުގައި އެކި ބޮޑުބެރު ފަދަ އެކި ހަރަކާތްތައް އޮންނާނެ
އަލީ ނިޒާރު ވިދާޅުވި ގޮތުގައި، އައްޑުއަށް ފައިބާ ފަތުރުވެރިން އެކި ރިސޯޓުތަކުގައި އެއް ދުވަހަށް މަޑުކުރާނެ އެވެ.
އައްޑޫގައި މި ވަގުތު ހިންގަމުން އަންނަ ރިސޯޓުތަކަކީ:
-
ގަމުގައި ހިންގާ އީކުއޭޓާ ވިލެޖު
-
ސައުތު ޕާމް
-
ކެނެރީފް ރިސޯޓް
އައްޑޫގައި ދުއްވާ ޓެކްސީތަކާއި އެމްޓީސީސީގެ އާރުޓީއެލް ބަހުގައި އައްޑޫގެ ޓުއާއެއް ވެސް އެ މީހުންނަށް ވަނީ ދީފަ އެވެ.