މަރުކޮމިޝަންގެ ރައީސާއަށް ރައީސް މަގާމުގެ ފަތްކޮޅު މީގެ ކުރިން ހަވާލުކުރައްވަނީ

މަރު ކޮމިޝަން

މަރު ކޮމިޝަންގެ ރިޕޯޓު މިއަދު ރައީސްއަށް އަރުވަނީ

ރައީސްއަށް ރިޕޯޓު އެރުވި ނަމަވެސް، މި ރިޕޯޓު އާންމުކުރާނެ ކަން ކަށަވަރެއް ނޫން
15 ޑިސެމްބަރު 2022

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސް އެކުލަވާލި ރިޔާސީ ކޮމިޝަން (މަރު ކޮމިޝަން)އިން ތަހުގީގުކުރި މައްސަލަތަކުގެ ރިޕޯޓްގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަތްޕުޅަށް އަރުވަން ތައްޔާރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މަރު ކޮމިޝަނުން ތަހުގީގުކުރަމުން އަންނަ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:

  • މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުން

  • ބްލޮގަރު ޔާމީން ރަޝީދު މަރާލުން

މަރު ކޮމިޝަންގެ ރިޕޯޓު ރައީސްއަށް އަރުވަން ތައްޔާރު މިވަނީ، މި މައްސަލަތަކުގެ ތަހުގީގު ދިގުލައިގެން ސަރުކާރާއި މަރު ކޮމިޝަނަށް ގިނަަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ތަފްސީލް - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި ރައީސްއާ މި ރިޕޯޓު ހަވާލުކުރާނެ އެވެ. ކޮމިޝަނުން ރިޕޯޓު ހަވާލުކުރި ނަމަވެސް، މި ރިޕޯޓު އާންމުކުރާނެތޯ ނުވަތާ ނޫންތޯ ކަށަވަރެއް ނޫނެވެ.

ރިލްވާން (ކ) އަދި ޔާމީން.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި، މަރު ކޮމިޝަނުން ރިޕޯޓު މި ނިންމާލީ، އެ ކޮމިޝަނުން މައްސަލަތައް ތަހުގީގުކުރަމުންދާތާ ތިން އަހަރު ފަހުންނެވެ. ރިޕޯޓު ނުނިމުނު ނަމަވެސް، މިދިޔަ ޖޫން ކޮމިޝަނުން ވަނީ ރިލްވާން ގެއްލުވާލުމާއި ބްލޮގަރު ޔާމީން މަރާލުމުގެ މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށް، ޓެރަރިޒަމްގެ ދައުވާތައް އުފުލާފަ އެވެ. އެއީ:

  • އަހުމަދު އިސްމާއިލް (އަހަނދު)، 39 - މއ. ފާގަފިލާގެ (ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުން، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން)

  • އިސްމާއިލް އަބްދުލްރަހީމް އާދަމް (އިސޫ)، 30 - މ. ލެގޫންވިއު (ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވުމުގެ ދެ ދައުވާ)

  • އަހްމަދު މުއާޒު (ގަޓު މުއާ)، 40 - މާލޭ ދަފްތަރު (ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުން)

މި މައްސަލަތަކުގެ ޝަރީއަތް ފަށައިގެން މިހާރު ކުރިޔަށްދިޔަ ނަމަވެސް، މިއީ ސިއްރުކޮށްގެން ގެންދާ މައްސަލަތަކަކަށް ވާތީ ޝަރީއަތުގެ އިތުރު ތަފްސީލެއް ނުލިބެ އެވެ. ކްރިމިނަލް ކޯޓުން ވަނީ މި އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް